Support Us

ހޮންކޮންގާއި ވާވޭއަށްފަހު ބޭޖިންގާއި ލަންޑަނާ ދެމެދު އިތުރު ދެބަސްވުމެއް

އިނގިރޭސިވިލާތުގެ ވައިގެ ބާރުގައި މަސައްކަތް ކޮށްފައިވާ އަދި މަސައްކަތް ކުރަމުންދާ ޕައިލެޓުން ލައްވާ ޗައިނާގެ ޢަސްކަރީ ޕައިލެޓުންނަށް އިތުރު ތަމްރީނުދިނުމަށް ޗައިނާއިން މަސައްކަތްކުރާން ފެށުމުން އިނގިރޭސިވިލާތުން އެކަމާ ދެކޮޅަށް "ހަރުކަށި ފިޔަވަޅުތަކެއް" އަޅާން ފަށައިފިއެވެ. 

އިނގިރޭސިވިލާތުގެ ޢަސްކަރީން ދާއިމީ ސިފައެއްގައި ބޭރު ޤައުމުތަކުގެ ޢަސްކަރީންނާއެކު ތަމްރީނު ބުރުތަކުގައި ބައިވެރިވި ނަމަވެސް ޗައިނާއެކު އެއްވެސް ބާވަތެއް އެއްބާރުލުމެއް ޤާއިމު ކުރުމާ ލަންޑަން ދެކޮޅު ހަދައެވެ. ލަންޑަން ބުނާގޮތުގައި ޤައުމީ އަދި ބައިނަލްއަޤްވާމީ އަމްނަށާއި ސަލާމަތަށް އޮތް އެންމެ ބޮޑު ބިރަކީ ޗައިނާއެވެ.

ފްރާންސް ޕްރެސްއަށް އިނގިރޭސި ދިފާޢީ ވުޒާރާއިން  ބުނިގޮތުގައި ޗައިނާއިން އިނގިރޭސީން އެ ޤައުމުގެ ސިފައިންގެ ޚިދްމަތަށް ގެންދާން ކުރާ މަސައްކަތާ ދެކޮޅަށް ލަންޑަނުން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. ޗައިނާގެ މި މަސައްކަތަކީ އެ ޤައުމުގެ ޢަސްކަރީ ބާރުތައް ތަމްރީނުކޮށް ޒަމާނީކުރުމަށް ރާވައިފައިވާ ރޭވުމުގެ ދަށުން ކުރާ މަސައްކަތެކެވެ. 

އިނގިރޭސިވިލާތުގެ މީޑިޔާތައް ބުނާގޮތުގައި އިނގިރޭސިވިލާތުގެ ތިރީހަކަށް ޕައިލެޓުން ވަނީ ޗައިނާގެ ހުށައެޅުން ޤަބޫލުކޮށްފައެވެ. މި މީހުންގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ ޢުމުރުން ފަންސާސް އަހަރު ފުރުމުން ޚިދްމަތުން ވަކިކުރެވިފައިވާ މީހުންނެވެ. އެމީހުންނަށް މަހަކު 20 ހާސް ޕައުންޑްގެ ބޮޑު މުސާރައެއް ދެވެއެވެ. ޗައިނާއިން މި މަސައްކަތް 2019ގައި ފަށައިފައިވާ ކަމަށް ލަންޑަނުން ބުނެއެވެ. އެހެނަސް ފަހަކަށް އައިސް ޗައިނާއިން ވަނީ މި ޕްރޮގްރާމު މާ ބާރަށް ކުރިއަށް ގެންދާން ފަށައިފައެވެ. 

ލަންޑަނުން ބުނާގޮތުގައި އިނގިރޭސިވިލާތުން މިހާރު ދަނީ މިފަދަ ސިއްރު ޢަޤްދުތަކާއި ސިއްރު އެއްބަސްވުންތައް މުރާޖާ ކުރަމުންނެވެ. ލަންޑަން ބުނާގޮތުގައި ދައުލަތުގެ ސިއްރުތައް ބޭރުގެ ބާރަކާއެކު ޙިއްޞާ ކުރުމަކީ ޤާނޫނު ހުއްދަދޭ ކަމެއްނޫނެވެ.

ޗައިނާ– އިނގިރޭސިވިލާތުގެ ގުޅުން އެތައް މަސްއަލަތަކަކާ ހެދި ނުތަނަވަސްވެފައިވާ ކަން ފާހަގަ ކުރެވެއެވެ. އޭގެތެރޭގައި ހޮންގްކޮންގް މަސްއަލައާއި ޗައިނާގެ ފަންނިއްޔަތުގެ ބިޔަ ވާވޭ ކުންފުނިން އިނގިރޭސިވިލާތުގެ ނެޓް ޚިދްމަތުގައި ފަސްވަނަ ޖީލުގެ ޚިދްމަތް ދިނުމުގެ މަސްއަލައާއި ތައިވާނުގެ މަސްއަލަފަދަ ބޮޑެތި އެތައް މަސްއަލަތަކެއް ވެއެވެ. އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާގެ ޑިރެކްޓަރު ޖެރެމީ ފިލެމިންގ ވިދާޅުވާ ގޮތުގައި ޗައިނާގެ  ފަންނިއްޔަތުގެ އަތްގަދަކުރުމަކީ ހުޅަނގުގެ ދައުލަތްތަކާ ކުރިމަތިލާން ޖެހިފައިވާ ބޮޑު ގޮންޖެހުމެކެވެ. އޭނާ ހުޅަނގަށް އެބައިމީހުންގެ އަގުތަކާއި ނުފޫޒު ދިފާޢު ކުރުމަށް ޓަކައި ތެދުވުމަށް ގޮވައިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *