Support Us

ޗައިނާގެ ޒުވާންކަން އައުކުރުމަށް ޢަސްކަރީ އަދި ފަންނިއްޔާތުގެ ތަރައްޤީ އަވަސްކުރަންޖެހޭ: ޝީ 

ޗައިނާގެ އުންމަތް ޒުވާންކުރުމަށް ޢަސްކަރިއްޔާއާއި ފަންނިއްޔާތު ތަރައްޤީކުރުން އަވަސް ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގޮވައިލައްވައިފިއެވެ.

ކޮމްޔުނިސްޓް ޕާޓީގެ 20ވަނަ ޢާންމު ބައްދަލުވުން ހުޅުއްވާ ދެއްވަމުން ރައީސް ޝީ ދެއްވި ޚިޠާބުގައި ވިދާޅުވިއެވެ. "ޗައިނާގެ ކަރާމަތާއި އަސާސީ މަޞްލަޙަތުތައް ޙިމާޔަތްކޮށްދިނުމަށް ޓަކައި ޕާޓީގެ ޢަސްކަރީ ފިޔަ (ޕީޕަލްސް ލިބަރޭޝަން އާރމީ) ވަނީ  ތަރައްޤީ ކުރާން ޖެހިފައެވެ." 

ޖުމްލަ 100 މިނެޓްގެ ދިގު މި ޚިޠާބުގައި އޭނާ ވިދާޅުވިއެވެ. "އަހުރެމެން ޢަސްކަރީ ނަޒަރިއްޔާއާއި ފަރްދުންނާއި ހަތިޔާރުތައް ތަރައްޤީ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާނަމެވެ. ލަޝްކަރުގެ އިސްތިރާތީޖީ ޤާބިލުކަން ހަރުދަނާ ކުރާނަމެވެ."

އެމެރިކާ ނަގައިފައި ދުނިޔޭގެ ދިފާޢީ އެންމެ ބޮޑު ބަޖެޓް ލިބިފައިވާ ޤައުމަކީ ޗައިނާއެވެ. ޗައިނާއިން ދަނީ އެ ޤައުމުގެ ބޮލިސްޓިކް މިސައިލް ޕްރޮގްރާމާއި މަތިންދާބޯޓު އުފުލާ އުޅަނދުތައް ތަރައްޤީކޮށްގެން އެ ޤައުމުގެ ނުފޫޒު ވަރުގަދަ ކުރަމުންނެވެ. 

ޝީ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޕާޓީން ފަންނިއްޔާތު ތަރައްޤީކޮށް ކުރިއަރުވާނެއެވެ. އަމްނު ޖާމިނު ކުރާނެއެވެ. ކާބޯތަކެތީގެ މަޞްދަރުތަކާއި ކާބޯތަކެތި އެތެރެކުރުމަށާއި ބޭރުކުރުމަށް ބޭނުންވާ ވަސީލަތްތައް ރައްކައުތެރިކޮށް ވަރުގަދަ ކުރާނެއެވެ." އޭނާ ވިދާޅުވި ގޮތުގައި "އަމިއްލަ ފައިމައްޗަށާއި އަމިއްލަ ބާރުގެ މައްޗަށް ބަރޯސާވެވޭވަރުގެ ޤައުމަކަށް ޗައިނާ ހަދާނަމެވެ. ފަންނިއްޔާތުގެ މައިދާނުގައި އަމިއްލަ ފުދުންތެރިކަން ޙާޞިލުކޮށް ޤައުމު ބާރުވެރި ކުރާނަމެވެ. ތަޢުލީމީ ނިޒާމު ރަނގަޅުކޮށް ބޭރުގެ ތަޖްރިބާކާރުން ޤައުމަށް ގެންނާން ފިޔަވަޅު އަޅާނަމެވެ." 

ޝީ ވިދާޅުވި ގޮތުގައި ދިގު ރާސްތާގެ ވަޠަނީ ބޮޑެތި މަޝްރޫޢުތަކެއް ބޭޖިންގުން ފަށާނެއެވެ. ނަމަވެސް މި މަޝްރޫޢުތަކާ ބެހޭ ގޮތުން ތަފްޞީލެއް ނުދެއްވައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *