Support Us

ބުރުގާއެޅުން ޔޫރަޕްގައި މަނާކޮށްފި

ޔޫރަޕްގެ "މިނިވަން" ޤައުމުތަކުގައި މުސްލިމާއިންނަށް ބުރުގާ އަޅައިގެން މަސައްކަތުގެ ދާއިރާގައި އުޅުމާ ބެހޭގޮތުން އެތައް އަހަރެއް ވާންދެން ޖަދަލުތައް ހިނގުމަށްފަހު، ބުރުގާ އަޅައިގެން މަސައްކަތުގެ ދާއިރާގައި އުޅުން މަނާކުރެވިދާނެ ކަމަށް ޔޫރަޕްގެ އެންމެ މަތީ ކޯޓުން ނިޔާ އިއްވައިފިއެވެ.

މި ކޯޓުން ބުނާގޮތުގައި ވަކި މީހަކު ތަފާތު ނުކުރާގޮތަށް އެންމެންނަށް ޢާންމުވާ ގޮތަށް މަސައްކަތުގެ ދާއިރާގައި ބުރުގާއެޅުން މަނާކުރެވިދާނެއެވެ.

މި މަސްއަލަ ކޯޓަށް ހުށަހެޅީ ބެލްޖިއަމްގައި ކުންފުންޏަކުން ހަ ހަފުތާގެ ތަމްރީނު ބުރެއްގައި މުސްލިމާއަކު ބުރުގާ އަޅައިތީ ބައިވެރި ނުކުރުމުންނެވެ. އެ ކުންފުނި ބުނާގޮތުގައި މި ކަމުގައި އެ ކުންފުނި ވަކި ފަރާތަކަށް ބުރައެއް ނުވެއެވެ. އެއީ އެންމެން ތަބާވާން ޖެހޭ އުޞޫލެކެވެ. އެ ކުންފުނި ބުނާގޮތުގައި ބޯ ނިވާކުރުމަށް ޓަކައި ތާކިހަލެއް ވެސް ތޮތްޕެއްވެސް ޚިމާރެއް ވެސް ބުރުގާއެއް ވެސް ނޭޅެއެވެ.

މި މުސްލިމާ މި މަސްއަލަ ބެލްޖިއަމުގެ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ޔޫރަޕްގެ އެންމެ މަތީ ކޯޓަށް މަޝްވަރާ ހޯދުމަށް ޓަކައި ހުށަހެޅީއެވެ. ލަކްސަމްބަރގްގައި ހުންނަ މި ކޯޓުން ނެރުނު ނިޔާ ބުނާގޮތުގައި ވަކި މީހަކަށް ވަކި ގޮތެއް ނަހަދާނަމަ އެ ޤަވާޢިދަށް ޢަމަލު ކުރެވިދާނެއެވެ.

ކޯޓުގެ ބަހަނާ

މި ކޯޓުގެ ޤާޟީން އެބޭފުޅުންގެ ނިންމެވުމަށް ދަލީލު ދައްކަވަމުން ވިދާޅުވިއެވެ. "ދީނީ ނުވަތަ ފަލްސަފީ ނުވަތަ ރޫޙީ އެއްވެސް ޢަލާމާތެއް ދައްކުވައިދޭ އެއްޗެއް އިޤްތިޞާދީ ޙަރަކާތެއްގެ ތެރޭގައި ބޭނުންކުރުން މަނާކުރާ އެތެރޭގެ ގަވާއިދެއް އޮވެ މި ގަވާއިދު ތަނުގެ އެންމެންގެ މައްޗަށް އެއްވެސް ޚާއްޞަ ކުރުމެއް އަދި ތަމްޔީޒެއް ނެތި ތަންފީޒު ކުރާނަމަ އެއީ ވަކި މީހަކާ ދެކޮޅަށް ހިންގައިފައިވާ ޢަމަލެއް ކަމަކަށް ނުބެލެވޭނެއެވެ."

މި ކޯޓުން މި ދިޔަ އަހަރު ބުނެފައިވާ ގޮތުގައި ޔޫރަޕްގެ އިއްތިޙާދުގެ ކުންފުނިތަކުން އެ ތަންތާނގެ މުވައްޒަފުންނަށް ބޯ ނިވާކުރުން މަނާ ކުރެވިދާނެއެވެ.

ޖަރްމަނުގައި މުސްލިމު އަންހެނުން މަސައްކަތް ކުރާއިރު ބޯ ނިވާކުރުމުގެ މަސްއަލަ ވަނީ ވަރަށް ބޮޑުވެފައެވެ.

ޔޫރަޕްގައި މުސްލިމުންގެ އެންމެ ބޮޑު އަޣްލަބިއްޔަތެއް އޮންނަ ފަރަންސޭސި ވިލާތުގައި ސަރުކާރުގެ މަދަރުސާތަކުގައި މުސްލިމު އަންހެން ދަރިވަރުންނަށް ވަނީ 2004 އިން ފެށިގެން ބޯ ނިވާކުރުން މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *