ވަގުންގެ އުނދަގޫ ބޮޑުވެގެން، މުޅި ކެޔޮގަނޑުގައި "ވަގާ" ޖަހައިގެން އުޅެނިކޮށްވެސް، އައްޑޫސިޓީ މަރަދޫ ދަނޑުވެރިޔާގެ ކެޔޮގަނޑު ވަގުކަލޭގެ ރޭ ގެންގޮސްފިއެވެ.
ކެޔޮގަނޑު ކަނޑާލައިގެން ގެންގޮސްފައިވަނީ ރޭ ދެ ނަމާދު ދޭތެރޭގައި، އެންމެ ވިއްސާރަ ބޯވި ވަގުތު ކަމަށްވެއެވެ.
މިއާއެކު، ދޮންކެޔޮވަކެއްގެ ފޮނިމީރުކަން އިހުސާސްކޮށްލަން ދަނޑުވެރިޔާ އާއި އޭނާގެ އާއިލާ ކުރި އިންތިޒާރު އަނެއްކާވެސް ނިމުމަކަށް އައީއެވެ.



advertisment