ހުޅަނގު އައްސޭރީގެ އުތުރު ރަށެއް ކަމުގައިވާ ޖަނީނަށް އިސްރާއީލު ސިފައިން މިއަދު އަރައި ފަލަސްޠީނުގެ ދެ މީހަކު ޝަހީދުކޮށްލައި އެތައް ބަޔަކު ޒަޚަމުކޮށްލައިފިއެވެ.
ޢާއްންމު ގޮތެއްގައި އިސްރާއީލު ސިފައިން އެމީހުންގެ ދީނީ އިޢުތިޤާދާ އެއްގޮތްވާ ގޮތުގެ ހޮނިހިރު ޙަމަލާއެއް ނުދޭނެއެވެ. ހޮނިހިރު ދުވަހަކީ ގޭގައި ތިބޭ ދުވަހެކެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ނެރުނު ކުރު ބަޔާނެއް ބުނާގޮތުގައި އިސްރާއީލު ސިފައިން ޖަނީނަށް ވަދެ ޙަޤީޤީ ވަޒަން ބޭނުންކުރުމުގެ ސަބަބުން 11 މީހަކު ޒަޚަމުވިއެވެ. ބައެއް މީހުން ޒަޚަމުވެފައިވަނީ ކަރަށް ދީފައިވާ ސީދާ ޙަމަލާތަކުގެ ސަބަބުންނެވެ.
އިސްރާއީލު ސިފައިން ޖަނީނަށް ހަމަ އެރުމާއެކު ފަލަސްޠީނުގެ ފިދާއީން އެމީހުންނާ ކުރިމަތިލިއެވެ. މި ކަމުގެ ސަބަބުން ދެ ފަރާތުގެ ދެމެދުގައި ޙަމަލާތައް ބަދަލުކުރެވުނެވެ.އަދި ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރެވުނެވެ.
ފަލަސްޠީނުގެ ޚަބަރާ ބެހޭ އޭޖެންސީތައް ބުނާގޮތުގައި އިސްރާއީލު ސިފައިން ޖަނީނަށް އެރީ އެމީހުން ކުރިން ހައްޔަރުކޮށް ދޫކޮށްލައިފައިވާ ފަލަސްޠީނުގެ ފިދާއީއެއް ކަމުގައިވާ ޞަލާޙު އަބޫ ޒީނަތު ހައްޔަރު ކުރުމަށެވެ. އިސްރާއީލު ސިފައިން ޞާލިޙު އަބޫ ޒީނާގެ ގެ ޙިޞާރުކޮށް ޙަމަލާ ދިނުމުން ފަލަސްޠީނު މީހުންނާ އިސްރާއީލު ސިފައިންނާ ދެމެދުގައި ކުރިމަތިލުންތައް ފެށުނެވެ. މި ކަމާ ބެހޭ ޚަބަރުތައް ހޯދުމަށް ދިޔަ ފަލަސްޠީނުގެ މީޑިއާތަކަށް އިސްރާއީލު ސިފައިން ހުރަސްއެޅިއެވެ. އިސްރާއީލު ސިފައިން ޞާލިޙު އަބޫ ޒީނާގެ ގެ ޙިޞާރު ކުރުމުން ހިނގި ކުރިމަތިލުންތައް ނައްތައިލުމަށް ޓަކައި އިސްރާއީލު ސިފައިން ކަރުނަ ގޭހާއި ރަބަރު ވަޒަނާއި ޙަޤީޤީ ވަޒަން ބޭނުން ކުރިއެވެ. އެމީހުން ފަލަސްޠީނުގެ އެންބިއުލެންސްތަކަށް ވެސް ހުރަސްއެޅިއެވެ. މި ކަމުގެ ސަބަބުން ޒަޚަމުވި މީހުން ހަސްފަތާލަށް ގެންދިޔުން ލަސްވެގެން ދިޔައެވެ.
ފަލަސްޠީނުގެ ސަރާޔާ އަލްޤުދްސު ޖަމާޢަތުން އިސްރާއީލުގެ މި ޙަމަލާ ކުށްވެރި ކުރިއެވެ.



advertisment