Support Us

ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް

ކިޔީވްގެ ނިޒާމުގެ ނުރައްކާތެރިކަން ބޭޒާރުވެއްޖެ: މޮސްކޯ

ރައްކައުތެރިކަމުގެ ޙަމަލާއެއް ރަޝިޔާއާ ދެކޮޅަށް ދިނުމަށް ޔުކްރޭންގެ ރައީސް ޒިލެންސްކީ ގޮވައިލެއްވި ގޮވައިލެއްވުމުން އެ ނިޒާމަކީ ރަޝިޔާގެ އަމްނަށާއި ސަލާމަތަށް އޮތް ނުރައްކަލެއްކަން ކަށަވަރުވެއްޖެ ކަމަށް ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވި ގޮތުން އެހެންކަމުން ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ފަށައިފައިވާ ޢަސްކަރީ ޚާއްޞަ މަސައްކަތް ކުރިއަށް ގެންދިޔުން މޮސްކޯއަށް ލާޒިމުވެއެވެ.

މޮސްކޯގައި މިއަދު ވާހަކަފުޅު ދައްކަވަމުން ލެވްރޯވް ވިދާޅުވިއެވެ. "ޒިލެންސްކީ އޭނާގެ ހުޅަނގުގެ ސާހިބުންނަށް ރަޝިޔާއަށް އިސްވެ ނިޔުކްލިއަރ ޙަމަލާއެއް ދިނުމަށް ދަނީ ގޮވައިލައްވަމުންނެވެ. މި ގޮވައިލުމުން އޭނާ ދުނިޔެއަށް މި އަންގަވައި ދެއްވަނީ ކިޔީވްގެ ސަރުކާރަކީ މުޅި ދުނިޔެއަށް އޮތް ބިރެއްކަމެވެ. މޮސްކޯއިން މި ނިޒާމާ ދެކޮޅަށް ޢަސްކަރީ ޚާއްޞަ ޢަމަލުތަކެއް ފަށަން ޖެހުނީ މި ނިޒާމުގެ ބާރު ކަޑުވައިލާން ޖެހޭތީއެވެ."

ޔުކްރޭނުގައި ހިނގަމުންދާ އަރާރުމުގެ ތެރެއަށް ހުޅަނގު އިތުރަށް ނުވަނުމަށް ރޫސީ ޚާރިޖީ ވަޒީރު އިންޒާރު ކުރެއްވިއެވެ. އޭނާ ވދާޅުވިގޮތުގައި އެމެރިކާއާއި ހުޅަނގުން މަސައްކަތްކުރަމުންދަނީ އެއްވެސް މިންގަނޑަކާއި އުޞޫލަކާނުލައި ކިޔީވަށް ވާގިވެރިވެގެން މުޅި ދުނިޔެ ނިރުބަވެރި ކުރުމަށެވެ.

ލެވްރޯވް ވިދާޅުވިއެވެ. "އަދިވެސް އެއްފަހަރު އަހުރެމެން އެމެރިކާއަށާއި ކިޔީވްގެ މި ނިޒާމު ދަމަހައްޓަން މަސައްކަތްކުރާ ފަރާތްތަކަށް އިންޒާރު މި ދެނީ މި މަސްއަލައިގެ ތެރެއަށް އިތުރަށް ޣަރަޤު ނުވުމަށެވެ. އަހުރެމެން ތަކްރާރުކޮށް މި ބަޔާން ކުރަނީ އަހުރެމެންގެ ސިޔާސަތެވެ. އަހުރެމެންގެ ޢަސްކަރީ ޢަޤީދާއާއި ނިޔުކްލިއަރ މައިތިރިއާ ބެހޭގޮތުން އަހުރެމެންގެ ދައުލަތުގެ ސިޔާސަތަށް ބަދަލެއް ނާދެއެވެ."

އޭނާ ވިދާޅުވިއެވެ. "އެމެރިކާއިން އަހުރެމެންގެ ސިޔާސަތު އޮޅުވައިލުމަށް ކުރާ މަސައްކަތުގެ އަމާޒަކީ ބައިނަލް އަޤްވާމީ މުޖްތަމަޢު ބިރުގެންނެވުމެވެ. އަދި އެއީ ކިޔީވަށް ވާގިވެރިވުމުގައި ހުޅަނގުން ގެންގުޅޭ ސިޔާސަތުގެ ވަށަލަ އޮޅުވައިލުމަށާއި އިތުރު އާހިތައަކަށް ކުރިމަތިލުމަށް ކުރާ ބޭކާރު މަސައްކަތެކެވެ."

ލެވްރޯވް ވިދާޅުވިއެވެ. "ކިޔީވް ނިޒާމުގެ ޝަހިއްޔާ (އެޕިޓައިޓް) ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ." އޭނާ ވިދާޅުވިއެވެ. "ޒިލެންސްކީ މިހާރު އެ ދަނީ އޭނާގެ ޝަރްޠުތައް ނޭޓޯއާއި ޔޫރަޕްގެ އިއްތިޙާދުގެ މައްޗަށް ވެރިކޮށް ކަންތައް ކުރާންވީ ގޮތް ވެސް ކިޔައިދެމުންނެވެ."

ލެވްރޯވް އިންޒާރު ކުރައްވާ ވިދާޅުވިއެވެ. "ކިޔީވްގެ ނިޒާމުގެ ތަޞައްރުފާތުތަކުގެ މަޠުލަބަކީ ނުރައްކާތެރިކަން ބޮޑު ހަތިޔާރުތައް ބޭނުންކުރުމަށް މަގުތައް ހުޅުވުމެވެ."

އޭޝިޔާއާއި އެޓްލާންޓިކް ކަނޑުގެ ޙާލަތު

ރޫސީ ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި އޭޝިޔާއާއި އެޓްލާންޓިކް ކަނޑުގެ ޙާލަތާމެދު ވެސް ބައްލަވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ އެއްވެސް ފިއްތުމަކީ މޮސްކޯ ތާއީދު ކުރާނެ ކަމެއްނޫނެވެ. މި ސަރަޙައްދުގައި ބައިބައިވުން އުފެއްދުމަށް ޓަކައި ފިއްތުންތައް ފިއްތުމަކީ މޮސްކޯ ކުށްވެރިކުރާ ޢަމަލެއް ކަމަށް ލެވްރޯވް ވިދާޅުވިއެވެ.

ވޮޝިންގްޓަނުން މި ގެންގުޅޭ ސިޔާސަތަކީ ޗައިނާއާ އިދިކޮޅު ސިޔާސަތެއް ކަމަށާއި އެއީ ރަޝިޔާ ޢަޒްލުކުރުމަށް (ދުރަށްލައި ފެއްސުމަށް) ކުރާ މަސައްކަތެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. ލެވްރޯފް ވިދާޅުވި ގޮތުގައި އެމެރިކާގެ ސިޔާސަތަކީ ބަންދުވެފައިވާ ސިޔާސީ ޖަމާޢަތްތަކެއް އުފެއްދުމެވެ. މިއީ މި ސަރަޙައްދު މަޑުމަޑުން ފަޅިފަޅިކޮށްލުމަށް ޓަކައި ރާވައިފައިވާ އިސްތިރާތީޖީއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޫސީ ޚާރިޖީ ވަޒީރު އިޝާރާތް ކުރެއްވި ގޮތުގައި މިއީ އޭޝިޔާއާއި އެޓްލާންޓިކް ކަނޑުގެ ސަރަޙައްދުން ރަޝިޔާ ބޭރަށްލުމަށް ހުޅަނގުގެ ޤައުމުތައް ގުޅިގެން ކުޅޭ ކުޅިގަނޑެކެވެ. އެހެނަސް މި ސަރަޙައްދުގެ ގިނަ ޤައުމުތައް ރަޝިޔާއާއެކު އެއްބާރުލުމަށް އެދޭކަމަށް ލެވްރޯވް ވިދާޅުވިއެވެ.

ލެވްރޯވް ވިދާޅުވި ގޮތުގައި އަޙްފޫރީ (ފޮސިލް) ހަކަތައިގެ މުއްސަނދިކަން ބޭނުންކުރުން ޤައިދު ކުރުމާ މޮސްކޯ ދެކޮޅު ހަދައެވެ. އޭނާ ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކަށާއި އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ބުރޫނާރާ ގޮތަށް ހުރިހާ ބޭނުންތަކެއް ތަވާޒުނު ކުރުން ދިފާޢު ކުރުމަށް މޮސްކޯއިން އެއްބާރުލާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *