Support Us

ގޭސް ހޮޅި ގޮއްވައިލުމަކީ އެމެރިކާގެ ކަމެއް: ރަޝިޔާ

ކަނޑު އަޑީގައި އޮންނަ ރަޝިޔާގެ ނޯރޑް ސްރީމް 1 އާއި ނޯރޑް ސްޓްރީމް 2 ގެ ހޮޅި ގޮއްވައިލުމުގެ ސަބަބުން މި ދެ ހޮޅިން 800 މިލިއަން ކޮޑި މީޓަރުގެ ގޭސް ބޭރަށް ނުކުމެފައިވާ ކަމަށް އެ ކުންފުނީގެ ތަރްޖަމާނު ސަރގީ ކޮޕްރިޔާނޯވް ހާމަކުރައްވައިފިއެވެ. ރަޝިޔާއިން ތުހްމަތު ކުރާ ގޮތުގައި މިއީ އެމެރިކާއިން ހިންގައިފައިވާ ޚަރާބު ކުރުމުގެ ޢަމަލެކެވެ.

ޓާސް ނޫސް އޭޖެންސީ ބުނާގޮތުގައި ގޭސްޕްރޯމްގެ ތަރްޖަމާނު ރޭ ވަނީ މި ކަން އދ ގެ ޢާންމު ޖަމްޢިއްޔާގައި ހާމަކުރައްވައިފައެވެ. އޭނާ ވިދާޅުވިގޮތުގައި މި ދެ ހޮޅިން ބޭރުވެފައިވާ ގޭހުގެ މިންވަރު ޑެންމާރކަށް ފޮނުވޭ ތިން މަހުގެ ގޭހާ އެއްވަރެވެ.

ރޫސީ ރައީސް ޕޫޓިން އިއްޔެ ވަނީ މި ދެ ހޮޅިއަށް ދިން ޙަމަލާގެ މަސްއޫލިއްޔަތު އެމެރިކާއާއި އެމެރިކާގެ ބައިވެރީންގެ ބޮލުގައި އަޅުއްވައިފައެވެ. ރޫސީ ރައީސް މި ކަމާ ބެހޭގޮތުން އެއްވެސް ހެއްކެއް ނުދައްކަވައެވެ. އޭނާ ވިދާޅުވިއެވެ. "ޔޫރަޕްގެ ހަކަތައިގެ ބިނާރަށް ޙަމަލާ ދިނުމުން ފައިދާ ލިބެނީ އެމެރިކާއަށެވެ."

ޕޫޓިން އިތުރަށް ވިދާޅުވިއެވެ. "އެންގްލޯ ސެކްސަނުންނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ނުފުދުނެވެ. މިހެންވެ އެމީހުން މިހާރު އެ ފެށީ ޚަރާބު ކުރުމަށެވެ.މިއީ ޤަބޫލު ކުރަން ވެސް ދަތި ޙަޤީޤަތެކެވެ. އެހެނަސް ޙަޤީޤަތަކީ މިއެވެ. އެ ދެ ހޮޅި ގޮއްވައިލީ އެމީހުންނެވެ."

މި މަސްއަލައިގައި އެމެރިކާއިން އަދި އެއްޗެއް ނުބުނެއެވެ. ޔޫރަޕުން ބުނާގޮތުގައި ގޭސް ބޭރުވެފައިވަނީ ޚަރާބުގެ ޢަމަލެއްގެ ސަބަބުންނެވެ. އެހެނަސް ޔޫރަޕުން ވަކި ފަރާތަކާ ދިމާއަށް އިނގިލި ދިއްކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *