ބީބީސީން ބައެއް ބަސްބަހުން ދެމުންގެންދާ ޚިދްމަތްތައް 84 އަހަރަށްފަހު ހުއްޓައިލުމަށް އެ އިދާރާއިން ނިންމައިފިއެވެ. ޚިދްމަތް ހުއްޓައިލުމަށް ހަމަޖެހިފައިވާ ބަސްތަކުގެ ތެރޭގައި ޢަރަބިބަހާއި ފާރިސީ ބަސް ހިމެނެއެވެ.
ބީބީސީގެ ޑިރެކްޓަރު ވިދާޅުވާ ގޮތުގައި މިކަމުގެ ސަބަބުން 382 މީހެއްގެ ވަޒީފާ ގެއްލިގެންދާނެއެވެ.
ބީބީސީ ބުނާގޮތުގައި މި ޚިދްމަތްތައް ހުއްޓައިލަން ޖެހުނީ ލާދަ މައްޗަށް ދިޔުމާއި ޚިދްމަތްދިނުމަށް ހޭދަކުރާންޖެހޭ ޚަރަދުތައް ބޮޑުވުމާއި ބީބީސީ ހިންގުމަށް ދައްކަން ޖެހޭ ފީ ބޮޑުވެގެންދިޔުމެވެ. ބީބީސީ ބުނާގޮތުގައި ޚަރަދުތައް ދެކޮޅުޖެއްސުމަށް ޓަކައި 28.5 މިލިއަން ޕައުންޑް އިތުރަށް ބޭނުންވެއެވެ.
ބީބީސީ ބުނާގޮތުގައި World Service English ގެ ޚިދްމަތް 24 ގަޑިއިރު ދެވޭނެއެވެ. ބީބީސީގެ ޚިދްމަތާބެހޭ ޑިރެކްޓަރު ލިލިއާން ލޭންޑްރޯ ވިދާޅުވާ ގޮތުގައި މި ސްޓޭޝަނުގެ ޚިދްމަތަށް ދުނިޔެ ވަނީ ވަރަށް ބޮޑަށް ބޭނުން ޖެހިފައެވެ. އޭނާ އިތުރަށް ބީބީސީން މިހާރު ދަނީ ސުމޭކު ޚިދްމަތްތައް ފުޅައުކޮށް އިތުރުކުރަމުންނެވެ.
ދާރިސުންނާއި މުޙައްލިލުން ވިދާޅުވާގޮތުގައި ބީބީސީގެ ޢަރަބިބަހުގެ ޚިދްމަތް ހުއްޓައިލާން މި ނިންމީ އަރަބި ދުނިޔޭގައި އަލްޖަޒީރާއާއި އަލްޢަރަބިއްޔާ ފަދަ ޓީވީ ޗެނެލްތަކާ ވާދަ ކުރާން ދަތިވުމުންނެވެ. މި ދެ އިސްޓޭޝަނުން ޢަރަބި ދުނިޔޭގެ ޚަބަރުތައް މާ ތާޒާކޮށް, ސާފުކޮށް ގެނެސްދޭތީއެވެ.



advertisment