Support Us

އެމެރިކާގެ ރައްޔިތުން އަވަހަށް ރަޝިޔާއިން ބޭރަށް ދިޔުމަށް ނަސޭހަތްތެރިވެއްޖެ

ރަޝިޔާގައި ތިބި އެމެރިކާގެ ރައްޔިތުން ވީހައި އަވަހަށް ރަޝިޔާއިން ބޭރަށް ދިޔުމަށް އެމެރިކާއިން ނަސޭހަތްތެރިވެއްޖެއެވެ.

މޮސްކޯގައި ހުންނަ އެމެރިކާ އެންބެސީން ބުނާގޮތުގައި އިޙްތިޖާޖުތަކުގައި ބައިވެރިވާ އެމެރިކާ މީހުން ހައްޔަރުކުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެންބެސީން ބުނާގޮތުގައި "އެމެރިކާ ރައްޔިތުން މި ދުވަސްވަރު ރަޝިޔާއަށް ޒިޔާރަތްކޮށްގެން ނުވާނެއެވެ. ރަޝިޔާގައި އުޅޭ އެމެރިކާ މީހުންނާއި ދަތުރުވަރުގައި ގޮސް ތިބި އެމެރިކާ މީހުން އަވަހަށް ރަޝިޔާއިން ބޭރަށް ދިޔުމަށް ގޮވައިލަމެވެ."

އެންބެސީން ނެރުނު ބަޔާން ބުނާގޮތުގައި ރަޝިޔާއިން ބޭރަށް ނުކުތުމަށް ލިބިފައިވާ ވިޔަފާރީގެ ފުރްޞަތު ވަރަށް ކުޑައެވެ. މި އެންބެސީ ބުނާގޮތުގައި ކޮންމެ މީހަކު ވެސް ރަޝިޔާއިން ބޭރަށް ދާން ވާނީ އަމިއްލައަށެވެ. އެމެރިކާ އެންބެސީއަށް އެމެރިކާ މީހުންނަށް އެހީވެދިނުމުގެ ފުރްޞަތު ނެތްކަމަށް ވެސް މި ބަޔާން ބުންޏެވެ.

އެންބެސީން އިންޒާރުދޭ ގޮތުގައި އެމެރިކާ- ރަޝިޔާ ރައްޔިތުންނަށް ރަޝިޔާއިން ބޭރަށް ދިޔުން ވާނީ މަނާކޮށްފައެވެ. އެއީ ސިފައިންގެ ޚިދްމަތަށް މީހުން ގެނައުމަށް މޮސްކޯއިން ނެރެފައިވާ ޤަރާރާ އެއްގޮތަށް އެމީހުން ސިފައިންގެ ޚިދްމަތަށް ގެންދިޔުމަށް ޓަކައެވެ.

އެންބެސީ ބުނާގޮތުގައި ރަޝިޔާގައި އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެއްވެސް ޖާމިނުވުމެއް ނެތެވެ. އެހެންކަމުން އެންބެސީން އެމެރިކާ މީހުންނަށް ގޮވައިލަނީ "ސިޔާސީ އަދި އިޖްތިމާޢީ އެއްވުންތަކާ ދުރުހެލިވުމަށާއި ސަލާމަތީ ފަރްދުން ފޮޓޯ ނެގުމާ ދުރުހެލިވުމަށެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *