Support Us

ސުޢޫދީ ކެބިނެޓަށް ބޮޑު ބަދަލެއް، ކެބިނެޓްގެ ރައީސްކަން ވަލީ ޢަހްދަށް

ސުޢޫދީ ރަސްގެފާނު ޝާހީ ތިން އަމުރެފުޅެއް ރޭ ނެރުއްވައި ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން ވަޒީރުންގެ މަޖިލީހުގެ (ކެބިނެޓްގެ) ރައީސްކަމަށް ޢައްޔަން ކުރައްވައިފިއެވެ. މިއީ ސުޢޫދީ ޢަރަބިއްޔާގެ ރަސްކަމާބެހޭ އަސާސީ ނިޒާމުގެ 56ވަނަ މާއްދާއާއި ކެބިނެޓާ ބެހޭ އުޞޫލުތަކާ ޚިލާފަށް ކެބިނެޓްގެ ރައީސްކަމަށް ސުޢޫދީ ވަލީޢަހްދަކު އިސްކުރި ފުރަތަމަ ފަހަރެވެ.

ސުޢޫދީ ރަސްކަމުގެ އަސާސީ ނިޒާމު ބުނާގޮތުގައި ކެބިނެޓްގެ ރައީސަކީ ޚުދް ރަސްގެފާނެވެ. ޝާހީ އަމުރުފުޅު ބުނާގޮތުގައި ކެބިނެޓްގެ ޖަލްސާއަށް ރަސްގެފާނު ޙާޒިރުވެ ވަޑައިގެންފިނަމަ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ރަސްގެފާނެވެ.

ރޭ ނެރުއްވި ޝާހީ އަމުރުފުޅުގެ ދަށުން ޚާލިދު ބިން ސަލްމާން ސުޢޫދީ ދިފާޢީ ވަޒީރުކަމަށް އިސްކުރިއެވެ. ޚާލިދަކީ ސަލްމާން ރަސްގެފާނުގެ ދަރިކަލެކެވެ.

ކެބިނެޓަށް ރޭ ބަދަލުތަކެއް ގެންނެވި ނަމަވެސް ހަތަރު ބޭފުޅަކު އެ ބޭފުޅުންގެ ވުޒާރާގައި ދެމެހެއްޓެވިއެވެ. އެއީ ހަކަތައާ ބެހޭ ވަޒީރު ޢަބްދުލްޢަޒީޒު ބިން ސަލްމާނާއި ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާނާއި މާލީ ވަޒީރު މުޙައްމަދުލް ޖަދްޢާނާއި ވުނަކުރުމާބެހޭ ވަޒީރު ޚާލިދުލް ފާލިޙެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *