Support Us

ޔުކްރޭންގައި ރޫސީން ނެގި ވޯޓަކީ "ހެއްވާކަމެއް": ޒިލެންސްކީ

ރަޝިޔާއިން ހިފާފައިވާ ޔުކްރޭންގެ ހަތަރު ސަރަޙައްދެއްގައި ނެގި ފެންނަނުފެންނަ ވޯޓަކީ "ހެއްވާ ކަމެއް" ކަމަށް ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒިލެންސްކީ ވިދާޅުވެއްޖެއެވެ. އޭނާ މި ކަމާ ދެކޮޅުހައްދަވަމުން ސިފަކުރެއްވި ގޮތުގައި އެއީ ޤާނޫނާ ޚިލާފު ކަމެކެވެ.

މި ވޯޓަކީ މި ސަރަޙައްދުތައް ރޫސީ އިއްތިހާދުގައި ބައިވެރިވުމާ ބެހޭ ގޮތުން ނެގި ވޯޓެކެވެ. މި ވޯޓު ނަގަން ފެށީ މި ދިޔަ ހުކުރު ދުވަހުއެވެ. ވޯޓުލުމުގެ ކަންތައްތައް ހަތަރު ދުވަސްވާންދެން ކުރިއަށް ދިޔައެވެ. ޤަވާޢިދާ ޚިލާފު އެއްވެސް ކަމެއް ހިނގައިފައިވާ ކަމަކަށް ރިޕޯޓް ކުރެވިފައެއް ނުވެއެވެ.

ހުޅަނގު މި ވޯޓާ ދެކޮޅު

ޔުކްރޭނުގެ ރައީސް ޒިލެންސްކީ ރޭ ވީޑިޔޯކޮށް ދެއްވި ޚިޠާބެއް ބުނާގޮތުގައި ގަދަ ބާރުން ހިފައިފައިވާ ބިމެއްގައި ވޯޓެއް ނުނެގޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ރައްޔިތުން އެމީހުންގެ ބިންތައް ދިފާޢުކޮށް މިނިވަން ކުރާނެއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެން މިދަނީ ހަނގުރާމައިގެ މައިދާނުގައި ކުރިއަރަމުންނެވެ. ވަރަށް އަވަހަށް އުފާވެރި ޚަބަރެއް ލިބޭނެއެވެ."

މި ޚަބަރާ ބެހޭގޮތުން އިތުރު އެއްވެސް އެއްޗެއް އޭނާ ވިދާޅެއް ނުވެއެވެ.
އދގެ އަމީން ޢާންމުގެ ސިޔާސީ ކަންތައްތަކާ ބެހޭ ވަކީލާ ރޯޒް މޭރީ ޑި ކާލޯ ވިދާޅުވާގޮތުގައި ޤައުމެއްގެ ރައްޔިތުން އެދެޔޭ ކިޔައިފައި ޤައުމެއްގައި ނެގޭ ވޯޓަކީ ޤާނޫނީ ޢަމަލެއް ނޫނެވެ.
އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން ވަނީ މި ވޯޓާ ދެކޮޅު ހަދައިފައެވެ. އެމެރިކާ ބުނާގޮތުގައި މި ވޯޓުގެ ނަތީޖާ އެމީހުން ބަލައެއް ނުގަންނާނެއެވެ.

ވޯޓުގެ ނަތީޖާ

ރަޝިޔާގެ މީޑީއާތައް ބުނާގޮތުގައި ޔުކްރޭނުގެ ޚަރްސޫނާއި ޒަބަރޯޖިޔާއާއި ޑޮނެޓްސްކާއި ލޮގާންސްކްގައި ނެގި ފެންނަނުފެންނަ ވޯޓު ބުނާގޮތުގައި ވޯޓުލުމުގައި ބައިވެރިވި މީހުންގެ ތެރެއިން 98% މީހުން ވޯޓު ދީފައި ވަނީ ޔުކްރޭނުން ވަކިވެ ރޫސީ އިއްތިޙާދާ ގުޅުމަށް ފެންނަ ކަމަށެވެ. ޚާރްސޫންގައި ނެގި ވޯޓުގެ ނަތީޖާއަކީ 87.05% އެވެ. ޒަބަރޯޖިޔާގައި ނެގި ވޯޓުގެ ނަތީޖާއަކީ 93.11% އެވެ. ޑޮނެސްޓްކުގައި ނެގި ވޯޓުގެ ނަތީޖާއަކީ 94.75% އެވެ.

އަނެއްކޮޅުން ރޫސީ އިއްތިހާދުގެ މަޖިލިސް ބުނާގޮތުގައި މި ހަތަރު ސަރަޙައްދު ރަޝިޔާގެ އިއްތިޙާދަށް ވެއްދުމުގެ މަސްއަލައާމެދު ބަޙުސް ކުރުން އޮންނާނީ މި އަންނަ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ބައްދަލުވުމުގައެވެ. މި މަޖިލީހުގެ ރައީސާ ވެލަންޓީނާ މެޓްވެންކޯ ވިދާޅުވި ގޮތުގައި އެ ސަރަޙައްދުތަކުގެ ރައްޔިތުންގެ އެދުމަށް މަޖިލިސް ތާއީދު ކުރާނެއެވެ. އެހެނަސް މި މަސްއަލަ ނިންމުމަށް ޓަކައި ކުއްލި ބައްދަލުވުމެއް ބާއްވާކަށް ނުޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *