Support Us

ކުރްދިސްތާނުގެ ޔަހޫދީ މަޖިލީހުގެ ރައީސް އިސްލާމްވެވަޑައިގެންފި

ޢިރާޤުގެ ކުރްދިސްތާނު ސަރަޙައްދުގެ ޔަހޫދީ މަޖިލީހުގެ ރައީސް އާރާމު ޢިއްޒަތު ނޫސްވެރީންގެ ކުރިމަތީގައި ޝަހާދަތުގެ ދެ  ކަލިމަ ވިދާޅުވެ އިސްލާންވެ ވަޑައިގެންފިއެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ އިސްލާންވެ ވަޑައިގަތީ "ﷲގެ ރުއްސެވުމާއި ކީރިތި ރަސޫލާގެ ލޯބި ހޯއްދެވުމަށް ޓަކައެވެ."

ޢިއްޒަތު (ފޮޓޯގައި) ނޫސްވެރީންނަށް ވިދާޅުވިއެވެ. "އަޅުގަނޑުގެ މި ނިންމުން އަޅުގަނޑުގެ އެކުވެރީންނަށާއި ޔަހޫދީ ރަޙްމަތްތެރީންނަށް ވާނީ އަންގައިފައެވެ." ކުރްދިސްތާނުގެ ޔަހޫދީ މަޖިލީހުގެ ރައީސްކަމުގައި އޭނާ ހުންނަވާތާ ހަ އަހަރުވެއްޖެއެވެ.

އޭނާ އިތުރަށް ވިދާޅުވިއެވެ. "އެއްވެސް ފަރާތަކުން އެއްވެސް އިންޒާރެއް އަދި އެއްވެސް ފިއްތުމެއް އައިސްފަޔެއް ނުވެއެވެ. އަޅުގަނޑަކީ ބިރުދެއްކުމަށް ބޯލަނބާނެ މީހެއް ނޫންކަން އެންމެންނަށް ވެސް އެނގޭނެއެވެ.

ޢިއްޒަތު ހާމަކުރެއްވި ގޮތުގައި އޭނާގެ ޢާއިލާގެ މޫތައް ރުޖޫޢަވަނީ ޔަހޫދީ ޢާއިލާއަކަށެވެ. އެއީ އަސްލުގައި ހުޅަނގު އުތުރު އީރާނުގެ މަހާބާދު ސަހަރުގެ ބައެކެވެ. މި ޢާއިލާއަކީ އެތައް ހާސް އަހަރެއް ކުރީއްސުރެ ޢިރާޤުގެ ޒަޣްރޫސް ސަރަޙައްދަށް ނިސްބަތްވާ ޢާއިލާއެކެވެ. އޭނާ ވިދާޅުވި ގޮތުގައި ދުރުން ވެސް އަދި ކައިރުން ވެސް އިސްރާއީލާއި އިސްރާއީލުގެ ސިޔާސަތާ އެ ޢާއިލާއާ ގުޅުމެއް ނެތެވެ.

ޖަޒީރާ ނެޓް ބުނާގޮތުގައި މީސްމީޑިޔާގައި އޭނާއާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުކިޔާ މަލާމާތްކޮށް ފުރައްސާރަ ކުރަމުން އެބަދެއެވެ. އަދި ކުރްދިސްތާނު ސަރަޙައްދުން ބޭރުގައި އުޅޭ ބައެއް ޔަހޫދީން އޭނާގެ  އިސްތަށިފުޅުގައި ދޮގު ތުހްމަތުތައް އަޅުވަމުން އެބަ ދެއެވެ.

ކުރިމަގާ ބެހޭގޮތުން ޢިއްޒަތު ވިދާޅުވި ގޮތުގައި ޢުމްރާއަކަށް ޓަކައި މައްކާއަށް ވަޑައިގަތުމަށް އޭނާ ގަސްތު ކުރައްވައެވެ. އޭނާ ކުރިއަށް އޮތް ތާނގައި ހުސްވެވަޑައިގަންނަވާނީ ދަރުމައަށް މަސައްކަތް ކުރެއްވުމަށާއި ފަޤީރުންނަށާއި ޔަތީމުންނަށް އެހީވުމުގެ މަސައްކަތަށް ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ. "އެއީ އިސްލާންދީނުގެ އެންމެ މުހިއްމު އަސާސުތަކާއި އަގުތަކުގެ ތެރޭގައި މި ކަން ހިމެނޭތީއެވެ."

ޢިއްޒަތުގެ އެންމެ ގާތް އެކުވެރިޔާ އަލްޙާއްޖު އައްޝާރުޒައުރީ ވިދާޅުވާ ގޮތުގައި އޭނާ އޭނާގެ އެކުވެރި ޢިއްޒަތު އިސްލާންދީނަށް ވެއްދުމަށް ޓަކައި މަސައްކަތް ކުރައްވާތާ ތިން އަހަރުވެއްޖެއެވެ. "ޢިއްޒަތު އިސްލާންވެ ވަޑައިގަތުމަކީ މަށަށް ލިބުނު ވަރަށް ބޮޑު ފަޚްރެކެވެ. މި ކަމުގެ ސަބަބުން އާޚިރަތް ދުވަހުގައި އޭނާ ނަރަކައިން ސަލާމަތް ކުރެވުނީތީއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *