Support Us

ހުއްރިޔާ ސްޕޯޓްސް ކުލަބުގެ ފަރާތުން ހުރާ ސުކޫލަށް ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ ތެރެއިން... ފޮޓޯ: ހުއްރިއްޔާ ސ.ކ

ހުއްރިޔާ ސްޕޯޓްސް ކުލަބުގެ ފަރާތުން ހުރާ ސުކޫލަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ކ. ހުރާ، ހުއްރިޔާ ސްޕޯޓްސް ކުލަބުގެ ފަރާތުން ހުރާ ސުކޫލަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.

ފުޓްބޯޅަ، ވޮލީ، ހޭންޑް ބޯލް، ބަށިބޯޅަ، އަދި ބެޑްމިންޓަން ކުޅޭ ސާމާނު ހުރާ ސުކޫލާ ހަވާލުކޮށްފައި ވަނީ އެ ސުކޫލުގައި ރޭ ބޭއްވި ބައްދަލުވުމެއްގައެވެ. މިތަކެތި ސްކޫލާ ހަވާލުކޮށްދިނީ ކުލަބުގެ މަސްއޫލުވެރިޔާ ހުސެއިން ޒަރީރު (ހުސޭނުބެ) އާއި ރައީސް އަޙުމަދު ރިޟާ އާއި ބޯޑް މެންބަރުންގެ ގޮތުގައި ތިބި ކުރީގެ ފުޓުބޯޅަ ތަރިން ކަމަށްވާ އަބުދުﷲ އިބުރާހީމް (ހުރާ އަބުޅޯ) އާއި ޢަލީ ޝިހާމް (ހުރާ އައްޔަ) އަދި ބޯޑް މެންބަރު މުޙައްމަދު ޢިބުރާހީމެވެ. ސްކޫލުގެ ފަރާތުން މި ތަކެއްޗާ ހަވާލުވީ ޕްރިންސިޕަލް އައިމިނަތު އަރީޝާ އާއި ހުރާ ސްކޫލުގެ ލީޑިން ޓީޗަރުންނެވެ.

ހުއްރިޔާ ސްޕޯޓްސް ކުލަބުގެ ފަރާތުން ހުރާ ސުކޫލަށް ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ ތެރެއިން… ފޮޓޯ: ހުއްރިއްޔާ ސ.ކ

މި ބައްދަލުވުމުގައި ހުރިއްޔާގެ މަސްއޫލުވެރިޔާ ހުސޭނުބެ ބުނީ ހުރާ ސުކޫލަށް އެކިއެކި ކަންކަމުގައި އެހީތެރިވެދިނުމަކީ ކްލަބަށް ލިބޭ ފަޚުރެއް ކަމަށާއި، ކުލަބު އޭރަކު އޮންނަ މާލީ ހާލަތަކަށް ބަލައި ވެދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް އަބަދުވެސް ވެދޭނެ ކަމަށެވެ. އަދި ހަދިޔާކުރި ކުޅިވަރު ސާމާނަކީ ކުރިއަށް އޮތް އިންޓަރ ހައުސް ސްޕޯޓްސް މީޓަށް އެހީތެރިވުމަށް ހަދިޔާކުރި ތަކެތި ކަމަށާއި، ސްޕޯޓްސް މީޓަށް ހުއްރިޔާގެ ވޮލީ ކޯޓް ސުކޫލު ދަރިވަރުންނަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދޭނޭ ކަމަށެވެ.

ހުއްރިޔާ ސްޕޯޓްސް ކުލަބުގެ ފަރާތުން ހުރާ ސުކޫލަށް ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ ތެރެއިން… ފޮޓޯ: ހުއްރިއްޔާ ސ.ކ

ހުރާ ސުކޫލް ޕުރިންސިޕަލް އަރީޝާ ވިދާޅުވީ ހުއްރިއްޔާ ސްޕޯޓްސް ކުލަބަކީ އަބަދުވެސް ސުކޫލާ ގާތް ގުޅުމެއް ބާއްވާ، ސުކޫލަށް ގިނަގުނަ އެހީތައް ދެމުންގެންދާ ކްލަބެއް ކަމަށެވެ. އަދި ކުޅިވަރުގެ އިތުރުން ސުކޫލުގެ ކޮމްޕިއުޓަރ ލެބަށާއި އިނާމު ދިނުމުގެ ޖަލްސާތަކަށް ކުލަބުން ދޭ އެހީތެރިކަން އޭނާ ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *