Support Us

ހަރުކަށި ޢަމަލުތައް ހުއްޓުމަކުން ސިޔާސީ ގަޑުބަޑުކަމަށް ޙައްލެއް ނުލިބޭ: ޢިރާޤުގެ ރައީސް

"ޤައުމީ ތަފާހުމެއް"ގެ ތެރޭގައި ޢިރާޤުގައި ޢާންމު އިންތިޚާބެއް އަވަހަށް ބޭއްވުމަށް ޢިރާޤުގެ ރައީސް ބުރްހުމު ޞާލިޙު ރޭ ގޮވައިލައްވައިފިއެވެ. ހަމަ އެ ނޭވާގައި އޭނާ "ޤައުމީ ޚިދްމަތުގެ ސަރުކާރެއް" އެކުލަވައިލުމަށް ޓަކައި އަވަސް ފިޔަވަޅުތައް އެޅުމަށް "ޢިރާޤުގެ ވިލަރެސް ވިއުގަ"އިގެ ބައިވެރީންނަށް ގޮވައިލެއްވިއެވެ.

ޢިރާޤުގައި މިދިޔަ ހޯމަދުވަހާއި އަންގާރަ ދުވަހު ވެރިރަށް ބަޣްދާދާއި އެހެނިހެން ސަރަޙައްދުތަކުގައި 18 ގަޑިއިރުވާންދެން މެދުނުކެނޑި ހަރުކަށި ޢަމަލުތަކާއި މުޒާހަރާތަކާއި ގަޑުބަޑުތައް ވަނީ ހިނގައިފައެވެ. މި ކަމާ ވިދިގެން ޝީޢީ ޒަޢީމެއް ކަމުގައިވާ މުޤްތަދާ އައް ޞަދްރު ވަނީ ސިޔާސީ މަސައްކަތުން ދުރުހެލިވެ ވަޑައިގެންނެވުމަށް ނިންމަވައި އެ ކަން އިޢުލާން ކުރައްވައިފައެވެ.

ސިޔާސީ ގަޑުބަޑުތައް ނުނިމޭ

ޢިރާޤުގެ ރައީސް ބުރްހުމު ޞާލިޙު ޓީވީގައި ވާހަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޢިރާޤު މީހުންގެ ލޭ ބޭކާރަށް އޮހޮރިގެން ދިޔުން ހުއްޓުވުމަށް ޓަކައި ޙަރުކަށި ޢަމަލުތަކާއި ކުރިމަތިލުންތަކާއި ބަޑީގެ ޙަމަލާތައް ބަދަލުކުރުން ހުއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެނަސް އެއީ ޢިރާޤުގެ ސިޔާސީ ގަޑުބަޑުތަކަށް ނިމުމެއް އައުމެއް ނޫނެވެ."

ޢިރާޤުގައި ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ހިނގި ހަރުކަށި ޢަމަލުތަކުގެ ތެރޭގައި 23 މީހަކު މަރުވެ 380 މީހަކު ވަނީ ޒަޚަމުވެފައެވެ. މި ކުރިމަތިލުންތަކާއި ހަރުކަށި ޢަމަލުތައް ހިނގައިފައި ވަނީ ޞަދްރުގެ ވާގިވެރީންނާއި ސަލާމަތީ ބާރުތަކާ ދެމެދުގައްޔާއި ޞަދްރުގެ ވާގިވެރީންނާއި ވިލަރެސް ވިއުގައަށް ތާއީދު ކުރާ މީހުންނާ ދެމެދުގައެވެ.

ރައީސް ޞާލިޙު ވިދާޅުވި ގޮތުގައި މި ދިޔަ އޮކްޓޯބަރު މަހު ބޭއްވުނު ޢާންމު އިންތިޚާބުން ރައްޔިތުން ބޭނުންވާ ނަތީޖާއެއް ނުނުކުތެވެ. އެކަމުގެ ސަބަބުން މަސްއަލަތަކާއި ގޮންޖެހުންތައް ދިޔައީ އިތުރުވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރެއް އެކުލަވައިލުން ލަސްވުމާއި އިންތިޚާބުގައި އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ޞަދްރު ޖަމާޢަތް އިސްތިޢުފާ ދިނުމުގެ ސަބަބުން މަސްއަލަތައް އިތުރަށް ތައުގީދުވެގެން ދިޔައެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މި ހުރިހާ މަސްއަލަތަކެއްގެ ޙައްލަކީ އަވަހަށް ޢާންމު އިންތިޚާބެއް ބޭއްވުމެވެ.

އަނެއްކޮޅުން ބަލާއިރު މުޤްތަދާ އައްޞަދްރުގެ ވަރަށް އަރިސް ބޭފުޅެއް ކަމުގައިވާ ޞާލިޙު މުޙައްމަދު އަލްޢިރާޤީ ޞަދްރު ޖަމާޢަތާ އިދިކޮޅު ޖަމާޢަތްތަކަށް ވަރަށް ވަރުގަދަ ޙަމަލާއެއް ދެއްވައިފިއެވެ. އޭނާ އީރާނަށް އެ ޤައުމުގެ "ޖަމަލު" މައިތިރި ކުރުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވާ ގޮތުގައި މި ޖަމާޢަތުން ސަރުކާރެއް އެކުލަވައިލާން ވެގެން ބަރްލަމާނުގެ ބައްދަލުވުމެއް އަނެއްކާ ވެސް ބާއްވަން އުޅުމަކީ "ވަރަށް މުޑުދާރު ޢަމަލެކެވެ."

އޭނާ ވިދާޅުވި ގޮތުގައި މި މީހުން މެރި ކުށެއްނެތް ޢިރާޤީންގެ ލޭ އަދި ނުހިކެނިސް އަނެއްކާ ވެސް މި އުޅެނީ ރައްޔިތުންނަށް ގޮންޖަހާށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި "ވިލަރެސް ވިއުގަ" ޖަމާޢަތަކީ އިޞްލާޙެއްވެސް އަދި ރައްޔިތުންގެ ވޭންތައް ވެސް ދަންނަ ބައެއް ނޫނެވެ. އެމީހުންނަކީ ފަސާދައަށް ލޯބިކުރާ މުދަލަށް ހޭބަލިވެފައިވާ ޖަނަވާރުންތަކެއް" ފަދަ ހަޑިމުޑުދާރު ބައެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *