Support Us

"ނާކާމިޔާބު" ގޮތަކަށް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބި މަސްއަލަ ބަލަނީ

އެމެރިކާ ސިފައިން ނާކާމިޔާބު ގޮތަކަށް އަފްޣާނިސްތާނުން އެއްވެސް ޝަރްޠަކާ ނުލައި  ފޭބި މަސްއަލަ ހުޅުވައިލައިގެން ތަޙްޤީޤު ކުރުމަށް އެމެރިކާގެ ހައުސްގެ ޚާރިޖީ ކޮމެޓީގެ ޖުމްހޫރީ މެންބަރުން ގޮވައިލައްވައިފިއެވެ.

ޖުމްހޫރީ މެންބަރެއް ކަމުގައިވާ މައިކަލް މެކޮލް ހުށައެޅުއްވި ރިޕޯޓްގައި އެއްވެސް ޝަރްޠަކާނުލައި އަފްޣާނިސްތާނުން ފޭބި މަސްއަލަ ބެލުމަށް ޓަކައި ޚާރިޖީ ވަޒީރު ބްލިންކަނާއި ޤައުމީ ސަލާމަތާ ބެހޭ މުޝީރު ސޮލިވާނާއި ބައިނަލްއަޤްވާމީ ތަރައްޤީއާ ބެހޭ އެމެރިކާގެ އޭޖެންސީގެ ޑިރެކްޓަރު ސަމަންތާ ޕަވަރާއި ޚާރިޖީ ވަޒީރުގެ ނާއިބާ ވިންޑީ ޝަރމަން ކޮމެޓީއަށް ޙާޒިރު ކުރުވައި ސުވާލުކުރުމަށް ހުށައަޅުއްވައިފައި ވެއެވެ.

މެކޮލް އޭނާގެ ރިޕޯޓްގައި ވިދާޅުވެފައިވެއެވެ. "މި ކާރިސާއާ ކުރިމަތިލާން ޖެހުނު ގޮތް ދެނެގަތުމަށް ޓަކައި މަސްއަލަ ވަރަށް ރަނގަޅަށް ތަޙްޤީޤު ކުރާން ވަނީ ޖެހިފައެވެ." އޭނާ ވިދާޅުވި ގޮތުގައި ތަޙްޤީޤުތަކުން އިތުރު ސުވާލުތައް ފަޅައިގެންދާނެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޚާރިޖިއްޔާއާ ބެހޭ ބޭބޭފުޅުން ހައުސްގެ ކޮމެޓީއަށް  ފޮނުވުމާ ދެކޮޅު ހަދައިފިނަމަ އެ ބޭފުޅުން ހެކިބަސް ދެއްވުމަށް ޓަކައި ފަރްދީ ގޮތުން ހައުސްގެ ކޮމެޓީއަށް ވަޑައިގަތުމަށް މަޖްބޫރު ކުރެވޭނެއެވެ.

މި ރިޕޯޓު ބުނާގޮތުގައި އެމެރިކާއިން ވަނީ އެމެރިކާ މީހުންނާއި އަފްޣާނިސްތާނުގެ ބައިވެރީންގެ ތެރެއިން 130 ހާސް މީހުން ވަރަށް އަވަސްއަވަހަށް ދެތިން ހަފުތާގެ ތެރޭގައި އަފްޣާނިސްތާނުން ބާލައިފައެވެ.މި މީހުން ބޭލުމުގެ މަސައްކަތް ނިމިފައި ވަނީ 30 އޮގަސްޓް 2021 ގައެވެ. އެމެރިކާ ސިފައިން ފޭބީ އެތައް ހާސް ބަޔަކު ދޫކޮށްލައިފައެވެ. އެމެރިކާ ސިފައިން ފައިބަމުން ދަނިކޮށް ޚުރާސާން ދާޢިޝުން ދިން ޙަމަލާއެއްގައި އެމެރިކާގެ 30 ސިފައިންނާއި 160 އަފްޣާނީން ވަނީ މަރުވެފައެވެ.

ހައުސްގެ މި ކޮމެޓީގެ ބައްދަލުވުންތައް ބޭއްވޭނީ ބައިބައިކޮށެވެ. މި އަޑުއެހުންތަކުގައި ބަލާނީ ރައީސް ބައިޑްންގެ ސަރުކާރުން ޠާލިބާނުންގެ މައްޗަށް  ޢަމަލު ކުރާން ޖެހޭ އެއްވެސް ޝަރްޠެއް ކަނޑަނާޅައި ފޭބި ސަބަބުތަކަށެވެ. މި ރިޕޯޓު ބުނާގޮތުގައި އެމެރިކާއިން މިފަދަ ގޮތަކަށް އަފްޣާނިސްތާނުން ފޭބުމުން އެ ބިން ދެވަނަ ފަހަރަށް އަލްޤާޢިދާއަށް އަމާން ވެށްޓަކަށް ވެއްޖެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *