Support Us

ފިހާރައެއްގެ ބޭރުގައި ދިއްލާފައި ހުރި ދެ ބޮކި، ވަގަށް ގެންދާ ވީޑިއޯއެއް

ސޯސަންމަގު އުތުރުކޮޅުގައި، މަޖީދިއްޔާ ކައިރީގައި ހުންނަ ސެންޓާއި ފޯނު ފިހާރައެއްގެ ބޭރުގައި ދިއްލާފައި ހުރި ދެ ބޮކި، ވަގަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަރުވަމުންއެބަދެއެވެ.

މިދިޔަ ވަޅު އީދު ދުވަހުގެ ފަތިހުގެ ވަގުތެއްގައި، މަގުމަތީގައި އެއްޗެތި ދުއްވަމުންދަނިކޮށް، "ޕްރޮމިސް ޕާރފިއުމް" ފިހާރައިގެ ދެ ބޮކި ވަގަށް ގެންދަނީ ގޮނޑިއެއް ބަހައްޓައިގެން އަރައި، ކަރަންޓު ވާގަނޑު ބުރިކޮށްލައިގެން ބޮކި ނައްޓާލައިގެންނެވެ. ފުރަތަމަ އެ މީހާ ހުރީ މާސްކު ވެސް ނާޅައެވެ. ނަމަވެސް ފަހުން އުޅުނީ މާސްކު އަޅައިގެންކަން ވީޑިއޯއިން ފެނެއެވެ.

ވަރަށް ހަމަޖެހިލައިގެން ހުރެ ބޮކިތައް ނެއްޓުމުގެ މަސައްކަތް އެހީތެރިއަކާއެކު އެ މީހާ ކުރާއިރު، ކަމާ ބެހޭ އާލާތްތައް އޭނާ ގެންގުޅޭތަން ވެސް ވީޑިއޯއިން ފެނެއެވެ.

"ޕްރޮމިސް ޕާރފިއުމް" ފިހާރައިގެ ބޮކިތަކުގެ ވާގަނޑު ބުރިކޮށްލައިގެން ބޮކިތައް ވަގަށް ނަގައިފައި.. -އަދިވެސް ފޮޓޯ: މާޒިން

އެ ފިހާރައިގެ މީހަކު ބުނިގޮތުގައި އެއީ 300ރ. އަށް ގަނެފައިވާ 100 ވޯޓުގެ ދެ ބޮތްކެވެ.