ސޯސަންމަގު އުތުރުކޮޅުގައި، މަޖީދިއްޔާ ކައިރީގައި ހުންނަ ސެންޓާއި ފޯނު ފިހާރައެއްގެ ބޭރުގައި ދިއްލާފައި ހުރި ދެ ބޮކި، ވަގަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަރުވަމުންއެބަދެއެވެ.
މިދިޔަ ވަޅު އީދު ދުވަހުގެ ފަތިހުގެ ވަގުތެއްގައި، މަގުމަތީގައި އެއްޗެތި ދުއްވަމުންދަނިކޮށް، "ޕްރޮމިސް ޕާރފިއުމް" ފިހާރައިގެ ދެ ބޮކި ވަގަށް ގެންދަނީ ގޮނޑިއެއް ބަހައްޓައިގެން އަރައި، ކަރަންޓު ވާގަނޑު ބުރިކޮށްލައިގެން ބޮކި ނައްޓާލައިގެންނެވެ. ފުރަތަމަ އެ މީހާ ހުރީ މާސްކު ވެސް ނާޅައެވެ. ނަމަވެސް ފަހުން އުޅުނީ މާސްކު އަޅައިގެންކަން ވީޑިއޯއިން ފެނެއެވެ.
ވަރަށް ހަމަޖެހިލައިގެން ހުރެ ބޮކިތައް ނެއްޓުމުގެ މަސައްކަތް އެހީތެރިއަކާއެކު އެ މީހާ ކުރާއިރު، ކަމާ ބެހޭ އާލާތްތައް އޭނާ ގެންގުޅޭތަން ވެސް ވީޑިއޯއިން ފެނެއެވެ.

އެ ފިހާރައިގެ މީހަކު ބުނިގޮތުގައި އެއީ 300ރ. އަށް ގަނެފައިވާ 100 ވޯޓުގެ ދެ ބޮތްކެވެ.
Majeediya school kaireegai hunna PROMISE shop ge beyru light valhu eid dhuvahu fathihu vagah naganee pic.twitter.com/OWK2fGRyMQ
— fisaarithedhu (@fisaarithedhu) July 31, 2022



advertisment

