Support Us

މަކުނުވިދުރީގެ ވައިރަސް ތަޙްލީލުތަކަށް ބޭނުންވާ ސާމާނު ރަޝިޔާއިން އެފްރިކާއަށް ހަދިޔާކޮށްފި

މަކުނުވިދުރީގެ ވައިރަހާ ބެހޭ ތަޙްލީލުތައް ކުރުމަށް ބޭނުންވާ ބައެއް ސާމާނުތަކާއި ޢާލަތްތައް ރަޝިޔާއިން މިއަދު މިޞްރަށް ހަދިޔާކޮށްފިއެވެ. މިއީ ވައިރަހާއި ޙަޔަވީ ފަންނިއްޔާތާ ބެހޭ ރަޝިޔާގެ ވިކްޓޯރު މަރްކަޒުން އުފައްދައިފައިވާ ލެބޯޓަރީ ސާމާނުތަކެކެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ލެވްރޯވް މި މަހުގެ 24- 28 އަށް އެފްރިކާގެ ހަތަރު ޤައުމަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހާމަކުރެއްވި ގޮތުގައި ކޮންގޯ ޖުމްހޫރިއްޔާއަށް މި ވައިރަހާ ބެހޭ އާލަތްތަކާއި ސާމާނުތައް ވަނީ ހަދިޔާ ކުރެވިފައެވެ. ދުނިޔޭގައި ފެތުރެމުންދާ ތަފާތު ބަލިތަކަށާއި ވަބާތަކަށް ފަރުވާ ދިނުމަށް ޓަކައި އަދި އެފަދަ ބަލިތަކާ ބެހޭދިރާސާތައް ކުރުމަށް ޓަކައި ރަޝިޔާއިން ގުޅިގެން ދިރާސާކުރާ މަރްކަޒެއް ކޮންގޯގައި ޤާއިމުކުރައްވާނެ ކަމަށް ވެސް ލެވްރޯވް ވިދާޅުވިއެވެ.

ރަޝިޔާގެ ވިކްޓޯރު މަރްކަޒަކީ މަކުނުވިދުރިއަށް ފަރުވާ ދިނުމަށް ޓަކައި ވަރަށް ކާމިޔާބު ބޭހެއް އުފައްދައިފައިވާ މަރްކަޒެއް ކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ.މި ބޭހުގެ ނަމަކީ NIOCH-14 އެވެ. މިއީ  އޯތޯޕޮކްސް ވައިރަހުން ޖެހޭ ހުރިހާ ހުރިހާ ބަލިތަކަށް ވަރަށް ރަނގަޅު ބޭހެކެވެ. މަކުނުވިދުރިއަކީ މި ގިންތީގެ ވައިރަހަކުން  ޖެހޭ ބައްޔެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *