Support Us

ޝިހާބުގެ ތާރީޚީ ހައްޖު ދަތުރު ފައިމަގުން: ހެޔޮ ދުޢާއާއި މާމެލާމެލީގެ ވާރޭތެރޭގައި

މި ސަރަހައްދުން އެންމެ ފުރަތަމަ އިސްލާމީ ހިދާޔަތުގެ އަލި ނޫރުފޯރީ އުތުރުކަރައިގެ ކެރެލާ ސަރަހައްދަށްކަމަށް ބުނެވެއެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވި ކައު އިތުރު ނަބިއްޔާ ހެޔޮ ޙާލުކޮޅުގައި ރިސާލަތު ފެތުރުއްވުމައިގެން މިންނަތް ކުރައްވަނިކޮށެވެ. އުތުރު ކަރައިގެ ކޮޑްން ގަލޫރުގައި ހުންނަ ޗަރަމަން ޖުމުޢަ މަސްޖިދުން ފެންނަން ހުރި ތާރީޚުތަކުން މި ކަން އެނގެއެވެ. އެއީ މި ސަރަހައްދުގެ ފުރަތަމަ މިސްކިތެވެ. އެ މިސްކިތަށް އަޅުގަނޑު ވެސް ދިޔައިމެވެ. އެ މިސްކިތް ބިނާކުރިކަމަށް ވަނީ މީލާދުން 629 ގައެވެ. އެ ހިސާބުގެ މުސްލިމުން ފާހަގަކުރެވެނީ ވަރަށް ހިތް ހެޔޮ ރޫޙު ވަރުގަދަ ބައެއްގެ ގޮތުގައެވެ.

މި އަދު މި ސަރަހައްދުން އުދުހިގެންފައިވަނީ ވަރަށް އާދަޔާ ޚިލާފު ޚަބަރެކެވެ. އުމުރުން 29 އަހަރުގެ ޒުވާން ޝިހާބު ޗޮއްތުރާ ނަމަކަށް ކިޔުނު ޒުވާނެއްގެ ޚަބަރެވެ. އޭނާ ވަނީ ކެރެލާއިން ފުރަ އިތުރު މައްކާއަށް ފައިމަގުގައި ދާން ދަތުރު ފަށައިފައެވެ. އެއީ 2023ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޓަކައެވެ. އެ ކަމަށް ޓަކައި އޭނާގެ ކުރިމަތީގައި 8،640 ކމގެ ދިގު ރާސްތާއެއް އެބަ އޮތެވެ. މި އަހަރުގެ ޖޫން ދޭއްގައި ފެށި 280 ދުވަހުގެ މި ދިގު ދަތުރަށްފަހު އޭނާ މައްކާއަށް ފޯރާނީ 2023ގެ ފެބްރުއަރީގައެވެ. (އަންނަ އަހަރުގެ ހައްޖު ދުވަހަށް ވާނީ ޖޫން 27 އެވެ.) ޝިހާބަށް ޓަކައި ފަޚުރުވެރިވާން އޭނާއަށް ހިތްވަރުދީ ހެޔޮ ދުޢާކުރާން އަބަދު ވެސް ހާހެއް ހައި މުސްލިމުން އޭނާޔާ އެކީ ތިބެއެވެ. އެކި ހިސާބުން އެކި ވަގުތަށް އޭނާއަށް އިސްތިޤުބާލުކުރާ އަދި އަލްވަދާޢުކިޔާ ހިތްތަކާއި އަތްތަކެވެ. ލޯބިން ފެންކަޅިވެފައިވާ ލޯތަކެވެ. އުފަލުން ފޮޅިފައިވާ މޫނުތަކެވެ.

ޝިހާބު ދުވާލަކު 25ކމ އަށް ހިނގައެވެ. ޕާކިސްތާނު، ޢިރާޤު، އީރާނު، ކުވައިތުގެ ޒުވާނުންނާއި ހަރުމީހުން ތައްޔާރުވަމުންދަނީ އިންތިޒާރުކުރަމުންދަނީ މި ހިތްވަރު ގަދަ މުސްލިމު ޒުވާނާއަށް މަރުޙަބާ ކިޔޭނެ ވަގުތަކަށެވެ. އެ ގައުމުތަކުން އޭނާއަށް ވަނީ ވީސާ ދީފައެވެ.

"އަޅުގަނޑު ބޭނުންވަނީ މުސްލިމު ކާބަފައިން މި ދީނަށް ޓަކައި ޤުރުބާންވި ގޮތް ތަޖުރިބާކުރަން. އެ މީހުން ޙައްޖު އުމްރާވި ދަތި ހާލު އިޙްސާސްކުރަން. އެ ޙަޤީޤަތް އަދުގެ ޖޫލަށް ސާބިތުކޮށްދޭން،" ޝިހާބު ބުންޏެވެ.

ޝިހާބުގެ މާނައަކީ ތަރިއެވެ. ހެޔޮކަމުގެ އަހުލުވެރީންނަށް ތަރީންނަކީ މި ފަދަ ތަރިތަރިއެވެ.

ރަޙްމާނުވަންތަ ﷲ މި ޒުވާނާއަށް އޭނާގެ އެ އުންމީދު ފުދުމުގައި ތައުފީޤު ދެއްވާށިއެވެ. ދުުޅަ ހެޔޮ ކަމުގައި ލަހައްޓަވާށިއެވެ. މަބްރޫރު ޙައްޖެއް މިންވަރުކުރައްވާށިއެވެ. އަޅުގަނޑުމެންގެ ދިވެހި އުންމަތުގެ ޒުވާނުންނީ އަޅުގަނޑުމެންނީ ހެޔޮ ކަންކަމުގައި ވާދަކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *