Support Us

ތުރްކީ-ރަޝިޔާ–އީރާން ސަމިޓަށް ރައީސް ޕޫޓިން ޠަހަރާނަށް ވަޑައިގަންނަވަނީ

ރޫސީ ރައީސް ޕޫޓިން މި މަހު 19ވަނަ ދުވަހު އީރާނަށް ވަޑައިގަންނަވާނެ ކަމަށް ރޫސީ ރިޔާސީ އޮފީހުގެ ތަރްޖަމާނު ޑިމިޓްރީ ބިސްކޯވް ހާމކުރައްވައިފިއެވެ. މި ދަތުރުފުޅަކީ ޠަހަރާނުގައި ބޭއްވޭ އީރާން- ރަޝިޔާ– ތުރްކީ ސަމިޓް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

ރޫސީ ރިޔާސީ އޮފީހުގެ ތަރްޖަމާނު ހާމަކުރެއްވި ގޮތުގައި މި ސަމިޓްގައި އިރާނާއި ރަޝިޔާއާއި ތުރްކީގެ ޒަޢީމުން ބަހުސްކުރައްވާނީ ސޫރިޔާގެ ފައިލާ ބެހޭގޮތުންނެވެ. މި ކަމާ ބެހޭގޮތުން މި ތިން ރައީސުންގެ މެދުގައި ފުރަތަމަ ބައްދަލުވުމެއް ބޭއްވުނީ ކަޒަޚިސްތާނުގެ ވެރިރަށް ނޫރުސުލްޠާނު (އާސްތާނާ ކުރިން) ގައެވެ. އެއަށްފަހު މި މަސްއަލައާ ބެހޭގޮތުން މި ތިން ޒަޢީމުންގެ މެދުގައި މަޝްވަރާކުރެއްވުންތައް ބާއްވަމުން އައެވެ. ސޫރިޔާގެ އަހްލީ ހަނގުރާމަ ފެށުނީ މީގެ 11 އަހަރު ކުރީންނެވެ.

ވަކިން ތުރްކީގެ ރައީސާ ބައްދަލު ކުރައްވާނެ

ކްރެމްލިނުން ހާމަކުރި ގޮތުގައި ރައީސް ޕޫޓިން ޠަހަރާނުގައި ހުންނަވާއިރު ތުރްކީގެ ރައީސް އުރްދުގާނާއެކު ވަކިން ބައްދަލު ކުރައްވާނެއެވެ. ކްރެމްލިނުން މި ޚާއްޞަ ބައްދަލު ކުރެއްވުމާ ބެހޭގޮތުން އެއްވެސް ތަފްޞީލެއް ނުދެއެވެ. އެހެނަސް ފްރާންސް ޕްރެސް ބުނާގޮތުގައި ޕޫޓިން ރައީސް އުރްދުގާނާއެކު ބަހުސް ކުރައްވާނީ ޔުކްރޭނާ ބެހޭ މަސްއަލަތަކާއި ހަކަތައާއި ގޮވާމާ ބެހޭގޮތުންނެވެ.

މިއީ ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ރައީސް ޕޫޓިން ޤައުމުން ބޭރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މި ހުސްވި ޖޫން މަހުގެ ފަހުކޮޅުގައި ރައީސް ޕޫޓިން ވަނީ ޠަޖިކިސްތާނަށް ދަތުރުފުޅެއް ކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *