Support Us

އާބާދީގެ ޢަދަދުގައި ޗައިނާ ޖަހައިލައިފާ އިންޑިޔާ ކުރިއަރަނީ

ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އިތުރުވަނީ

މި އަހަރުގެ ނޮވެންބަރު 30ގައި ދުނިޔޭގެ އާބާދީ އަށް ބިލިއަނަށް މައްޗަށްދާނެ ކަމަށް އދ އިން ލަފާކޮށްފިއެވެ. މި ލަފާކުރުން ނިމުތުކުރާ ގޮތުގައި  އަންނަ އަހަރު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމަކަށް އިންޑިއާ ވާނެއެވެ. މިހާތަނަށް ބަލާއިރު ދުނިޔޭގައި އެންމެ އާބާދީ ބޮޑު ޤައުމަކީ ޗައިނާއެވެ.

އދ. ފާހަގަކުރާ ގޮތުގައި ދުނިޔޭގެ އާބާދީ އެއް ބިލިޔަނަށް އިތުރުވުމަށް އެތައް ސަތޭކަ އަދި ކިއެއްތޯ އެތައް ހާސް އަހަރުތަކެއް ހޭދަވެފައި ވެއެވެ. އެހެނަސް ވޭތުވެދިޔަ ދެ ސައްތަ އަހަރުގެ ތެރޭގައި މި ޢަދަދު ވަނީ ހަތް ގުނައަށް އިތުރުވެފައެވެ. އަދި 2011ވަނަ އަހަރު ދުނިޔޭގެ އާބާދީ ވަނީ ހަތް ބިލިއަނަށް އިތުރުވިއެވެ.

އދ. ގެ އިޤްތިޞާދާއި އިޖްތިމާޢީ ކަންތައްތަކާ ބެހޭ އިދާރާ ބުނާގޮތުގައި 1950 އިން ފެށިގެން ދުނިޔޭގެ އާބާދީ އިތުރުވަމުން އައިސްފައި ވަނީ ވަރަށް ތަތް ދުވެއްޔެއްގައެވެ. މި އިދާރާ ބުނާގޮތުގައި ދުނިޔޭގެ  އާބާދީ ފާހަގަކުރެވޭ އަވަސް ދުވެއްޔެއްގައި އިތުރުވާން ފެށީ ވިޔަނަވަރުގެ ނިސްބަތް (fertility rate) އިތުރުވުމާއި ރަށްފުށުން ސަހަރުތަކަށް ހިޖްރަކުރުން އިތުރުވުމާއި ޢުމުރު ދިގުވުމުގެ ސަބަބުންނެވެ. މި ބަހާތައް ކުރިމަގުގައި ވަރަށް މުހިއްމު ދައުރެއް ކުޅޭނެއެވެ.

އދ.ގެ މި ރިޕޯޓު ބުނާގޮތުގައި 2030 އަށް ދާއިރު އާބާދީ 8.5 ބިލިޔަނަށް 2050 ގައި 9.7 ބިލިޔަނަށް، އަދި 2080 ގައި 10.4 ބިލިޔަނަށް އާބާދީ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

އދ. ބުނާގޮތުގައި އާބާދީ އިތުރުވެ ބޮޑުވުމުގެ ސަބަބުތަކުގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީ ހެދި ބޮޑުވުމާއި ޞިއްޙީ ޚިދްމަތްތައް ރަނގަޅުވެ ދުޅަހެޔޮކަން ބޮޑުވުން ވެއެވެ.

އާބާދީ އިތުރުވުމުގެ ސަބަބުން ދުނިޔެއަށް ކުރާ ނުބައި އަސަރުތަކުގެ ތެރޭގައި މޫސުމަށް ކުރާ ނުބައި އަސަރުތައް ގިނަވުމާއި ނަސްލީ އިމްތިޔާޒު އިތުރުވުމާއި ހަރުކަށި ޢަމަލުތައް ގިނަވުން ވެއެވެ.

އދ.ގެ މި ރިޕޯޓް ބުނާގޮތުގައި މި އަންނަ ދަހަރުތަކުގައި އާބާދީ އެންމެ ބޮޑަށް އިތުރުވެގެންދާނީ ޑިމޮކްރެޓުކް ކޮންގޯއާއި މިޞްރާއި  އިތިޔޯޕިޔާއާއި އިންޑިޔާއާއި ނައިޖީރިޔާއާއި ޕާކިސްތާނާއި ޕިލިޕީންސާއި ޓެޒާނިޔާގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *