Support Us

155 މިލިލިމީޓަރުގެ ހޮވިޓްޒް ބަޑި

ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޔުކްރޭނަށް ދޭ ހަތިޔާރުތައް ހެޔޮ އަގެއްގައި މޮސްކޯއަށް ވިއްކަނީ

ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައި ހުޅަނގުގެ ބައެއް ޤައުމުތަކުން ޔުކްރޭނަށް ދެމުން ގެންދާ ހަތިޔާރުގެ ތެރެއިން ބައެއް ހަތިޔާރު ވަރަށް ހެޔޮ އަގެއްގައި މޮސްކޯއަށް ވިއްކަމުންދާ ކަމަށް ހުޅަނގުގެ ބައެއް މީޑިޔާތަކުން ހާމަކޮށްފިއެވެ.

ފަރަންސޭސިވިލާތުން ޔުކްރޭނަށް ދިން 155 މިލިލިމީޓަރުގެ ހޮވިޓްޒް ބަޑި ރޫސީ ސިފައިންގެ އަތަށް އަރައިފި ކަމަށް ރަޝިޔާގެ ޔޫރަލްވެގަންޒާވޮޑް ކުންފުނިން ބުންޏެވެ. ފަރަންސޭސިވިލާތުގެ މި ބަޑީގެ އަގަކީ ހަތް މިލިއަން ޑޮލަރެވެ. އެހެނަސް ރޫސީ ސިފައިން ޔުކްރޭނުން މި ބަޑި ގަނެފައި ވަނީ އެންމެ 120 ހާސް ޑޮލަރަށެވެ.

ރަޝިޔާގެ ޔޫރަލްވެގަންޒާވޮޑް ކުންފުންޏަށް ފަރަންސޭސި އެތައް ހަތިޔާރުތަކެއް ލިބުމުން އެ ކުންފުނިން ރައީސް މެކަރޯނަށް ޝުކްރު ދެންނެވިއެވެ. ފަރަންސޭސިވިލާތުގެ ހަތިޔާރުތައް ރަޝިޔާއަށް ލިބުނުކަމުގެ ޚަބަރު އެންމެ ފުރަތަމަ ހާމަކުރެއްވީ ފަރަންސޭސިވިލާތުގެ ޤާނޫނީ ވަކީލެއް ކަމުގައިވާ ރެޖިސް ޑި ކަސްޓެލްނައޮ އެވެ. މި ހުސްވި މަހު އޭނާ ކުރެއްވި ޓްވީޓެއްގައި ލިޔުއްވައިފައި ވެއެވެ. "މެކަރޯނަށް އިތުރު ކާމިޔާބީއެއް.. ރޫސީން  ފަރަންސޭސި ސީޒަރު ބަޑީގެ މައްޗަށް ވެރިވެއްޖެ… މިހާރު ޔޫރޯވެގަންޒާވޯޑް ކުންފުނިން ދަނީ އެ ބަޑި ދިރާސާކުރަމުން… މެކަރޯނަށް ޝުކްރިޔާ.. އެކަމުގެ އަގު މި ދައްކަނީ އަހުރެމެން…"

ދުވަސްކޮޅެއް ފަހުން ރަޝިޔާގެ މި ކުންފުނިން ޓެލެގްރާމުގެ ތެރެއިން ފަރަންސޭސި ވަކީލަށް ޖަވާބުދެމުން ބުންޏެވެ. "ބާއްޖަވެރި ހަވީރެއް! އަހުރެމެންގެ ފަރާތުން ރައީސް މެކަރޯނަށް ޝުކުރު ދަންނަވާދިނުން އެދެން. އޮޓޮމެޓިކް ބަޑިއެއް އަހުރެމެންނަށް ހަދިޔާއަށް ދެއްވީތީ.. އެހެން ސާމާނަށް ވެސް.. ފެންވަރު އެހާ ރަނގަޅެއްނޫން.. އެހެނަސް އެއިން އަހުރެމެންނަށް ފައިދާ ލިބުނު .. އިތުރު ހަތިޔާރު ފޮނުއްވާ ދެއްވުމަށް ރައީސް މެކަރޯނަށް ދަންނަވާ! އަހުރެމެން ދިރާސާ ކުރާނަން…."

ރޫސީ ސިފައިން އަތުލައިގަތީއެއް ނޫން.. ގަތީ

ހަނގުރާމައާ ބެހޭ ޚަބަރުތައް ޝާއިޢު ކުރާ ބުލްގޭރިޔާގެ ވެބް ޞަފްޙާއަކަށް ކާކުކަން ނޭނގޭ މީހަކު ދިން ޚަބަރެއް ބުނާގޮތުގައި ފަރަންސޭސި ހަތިޔާރުތައް ރަޝިޔާއަށް ލިބުނީ ހަނގުރާމައިގެ މައިދާނަކުން ނޫނެވެ. އެހެނަސް ފައިސާދީފައި ގަތީއެވެ. ހަތް މިލިއަން ޑޮލަރަށް ލިބޭ ހޮވިޓްޒް އޮޓޮމެޓިކް ބަޑި ރަޝިޔާއިން ގަތީ އެންމެ 120 ހާސް ޑޮލަރަށެވެ. އޮޓޮމެޓިކް ބަޑި ހަރުތައް ޢަސްކަރީ ވިޔަފާރިވެރިއަކު މެދުވެރިކޮށް ގަންނަ ލިބެން އެބަހުރި ކަމަށް ވެސް މި ޞަފްޙާ ބުންޏެވެ.

އިންޓަރޕޯލްގެ އަމީން ޢާންމު  ޕޯލް ޔޯރގަން މީގެ ހަފުތާއެއްހާ ދުވަސްކުރީން  ޔުކްރޭނަށް ހުޅަނގުންދޭ ހަތިޔާރުތައް މުޖްރިމު ޖަމާޢަތްތަކެއްގެ އަތަށް އަރައިފާނެކަމުގެ ބިރު އެބަ އޮތްކަމަށް ވަނީ ވިދާޅުވެފައެވެ.

ނޭޓޯއިން ޔުކްރޭނަށް ދީފައިވާ ބަރު ހަތިޔާރުގެ ތެރޭގައި މަތިންދާބޯޓާ އިދިކޮޅު ނިޒާމުތައް ވެއެވެ. އޭގެތެރޭގައި ވޮޝިންގްޓަނުން ޔުކްރޭނަށް ދީފައިވާ މިސައިލަށް ވުރެ ރާސްތާ ދުރު މިސައިލާއި ހަނގުރާމަމަތީ ހެލިކޮޕްޓަރާއި އާޓިލަރީ ހަތިޔާރާ އިދިކޮޅު ނިޒާމުތައް ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *