Support Us

ސްލޮވްޔަންސްކްގެ ރައްޔިތުން އެ ސަހަރުން އަވަހަށް ފޭބުމަށް އަންގައިފި

ލޮގަންސްކް ސަރަޙައްދު ހިފުމަށްފަހު ޑޮނެޓްސްކް ސަރަޙައްދު ހިފުމަށް ޓަކައި ރޫސީ ސިފައިން ކުރިއަރަމުން ދާތީ ޔުކްރޭން ސަރުކާރުން އެ ސަރަޙައްދުގެ މުހިއްމު ސަހަރެއް ކަމުގައިވާ ސްލޮވްޔަންސްކްގެ ރައްޔިތުންނަށް އެ ސަހަރުން އަވަހަށް ފޭބުމަށް ގޮވައިލައިފިއެވެ.

ޑޮނެސްޓްކް ސަރަޙައްދުގެ ގަވަރުނަރު ބަވްލޯ ކިރިލެންކޯ ވިދާޅުވިއެވެ. "އަހުރެންގެ އެންމެ ބޮޑު ނަސޭހަތަކީ ތިޔަބައިމީހުން ރަށް ދޫކޮށް އަވަހަށް ބޭރަށް ދާށެވެ!" އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ހަފުތާގައި ރަޝިޔާއިން މި ރަށަށް ޙަމަލާ ނުދޭ ހަމަ އެންމެ ދުވަހެއްވެސް ނުދެއެވެ.

މިދިޔަ އާދީއްތަ ދުވަހު ރަޝިޔާ ސިފައިން ލޮގާންސްކް ސަރަޙައްދުގެ އެންމެ ފަހު ސަހަރު ލެސިކަންސް ހިފައި މުޅި އެ ސަރަޙައްދު ރަޝިޔާގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް އެ ސަރަޙައްދުގައި މިނިވަން ޖުމްހޫރިއްޔާއެއް އިޢުލާނުކޮށްފައިވާ އިސްވާރުންނާ އެ ސަރަޙައްދުން ހިންގުން ވަނީ ޙަވާލުކޮށްފައެވެ.

މި ސަރަޙައްދުގައި ރަޝިޔާއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ރައީސް ޕޫޓިން ވަނީ އެ ސަރަޙައްދުގައި ހަނގުރާމަ ކުރި ސިފައިންނަށް ޗުއްޓީ ދެއްވައި ބައެއް ސިފައިންނަށް ކުލައާއި މެޑެއްޔާއި މަޤާމުގެ ކުރިއެރުން ދެއްވައިފައެވެ.

ޑޮންބާސް ސަރަޙައްދުން ވަކިވެގަތުމަށް މަސައްކަތް ކުރާ  ޑޮނެސްޓްސްކް ހިފިއްޖެނަމަ ރަޝިޔާއަށް ޑޮންބާސް ސަރަޙައްދު އެކަށް ހިފުނީއެވެ.

ސްލޮވްޔަންސްކް ސަހަރަކީ  އެއްލައްކަ މީހުންގެ އާބާދީއެއް ދިރިއުޅޭ ސަހަރެކެވެ. އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ބުނާގޮތުގައި ޔުކްރޭނާ ދެން ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ސްލޮވްޔާންސްކެވެ. އިނގިރޭސި ދިފާޢީ ވުޒާރާ ބުނާގޮތުގައި ރޫސީ ސިފައިންގެ ފައުޖުތައް މިހާރު އޮތީ އެ ސަހަރާ ފަންސާހަކަށް ކީލޯ މީޓަރު ދުރުގައެވެ. ރަޝިޔާގެ ކުރިއެރުންތަކުގައި ޑޮންބާސްގެ ޞިނާޢީ ބޮޑު ހަ ރަށަކަށް އަމާޒު ކުރެވޭނެއެވެ.

ރަޝިޔާ ސިފައިންނަށް  ލާއިންސާނީ އަދަބުތައް ދީފައިވޭ

އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ޔުކްރޭނުން ދޫކޮށްލި ރޫސީ އަސީރުންނަށް ޔުކްރޭނުން ވަނީ ވަރަށް ލާއިންސާނީ އަދަބުތައް ދީ ގޯނާކޮށް ފުރައްސާރަކޮށްފައެވެ. ރަޝިޔާ ބުނާގޮތުގައި އެ ޤައުމުން މިހާރު ދަނީ މި މަސްއަލަ ތަޙްޤީޤު ކުރަމުންނެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާ ތުހްމަތުކުރާ ގޮތުގައި ޑޮނެސްޓްސްކް ސަރަޙައްދުގައި "ޔުކްރޭންގެ ހައްދުފަހަނަޅައިފައިވާ ސިފައިން" ރޫސީ ސިފައިންނާ ދެކޮޅަށް ވިހަ މާއްދާތައް ވަނީ ބޭނުންކޮށް ފައެވެ." މި ވުޒާރާ ބުނާގޮތުގައި ޔުކްރޭން ސިފައިން ވަނީ ކާރުޚާނާތަކުން ކްލޮރިން ވަގަށް ނަގައިފައެވެ. ރޫސީ ދިފާޢީ ވުޒާރާ ތުހްމަތުކުރާ ގޮތުގައި ޔުކްރޭން ސިފައިން ވަނީ އެ ޤައުމުގެ ކީމާވީ ކާރުޚާނާތައް އެމީހުންގެ ކޮށިތަކަކަށް ހަދައިފައެވެ. "މި ކަމުގެ ސަބަބުން ޢާއްމުންނަށް ވަރަށް ބޮޑަށް ގެއްލުން ލިބިދާނެ" ކަމަށް ރޫސީ ދިފާޢީ ވުޒާރާއިން ބުންޏެވެ.

ޖީ 20ގެ ބައްދަލުވުން

މިއަންނަ ހުކުރު ދުވަހު އިންޑޮނީޝިޔާގެ ބާލީގައި ފެށުމަށް ހަމަޖެހިފައިވާ ޖީ 20ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބަހުސްކުރުމަށް ހަމަޖެހިފައިވާ މަސްއަލަތަކުގެ ތެރޭގައި  ދުނިޔޭގެ ބާޒާރުގައި ގޮވާން ތަދުވެފައިވާ މަސްއަލަ ހިމެނޭނެކަމަށް ޖަކާޓާއިން ބުނެފިއެވެ.މި ބައްދަލުވުމގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައި އެމެރިކާގެ ޚާރިޖީ ވަޒީރު މި ރޭ އިންޑޮނޭޝިޔާއަށް ވަޑައިގަންނަވާނެ ކަމަށް އެމެރިކާއިން ބުނެއެވެ. ޔުކްރޭންގެ ބަނދަރުތަކަށް އަމާންކަމާއެކު ވަދެނުކުވޭނެ މަގު ތަނަވަސްކޮށް ދިނުމަށް މި ބައްދަލުވުމުގައި އޭނާ ރަޝިޔާއަށް ގޮވައިލައްވާނެއެވެ. އަދި ޔުކްރޭން ހަނގުރާމައިގައި ބޭޖިންގުން މޮސްކޯއަށް ތާއީދު ކުރާތީ ވޮޝިންގްޓަނުން ޗައިނާއަށް އިންޒާރެއް ދޭނެކަމަށް ވެސް ލަފާކުރެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *