Support Us

މަޑަވެލީ ރަށުތެރެއަށް އުދަ އަރައިފައި -ފޮޓޯ: މީސްމީޑިއާ

އުދައަރައި އެންމެ ބޮޑު ގެއްލުމެއްވި މަޑަވެލީ ކައުންސިލަށް ގުޅުއްވައި ހާލަތު އޮޅުންފިލުއްވައިފި

މިއަދު ރާއްޖޭގެ ދެކުނުގެ ބައެއް ރަށްރަށަށް އުދައަރައި އެންމެ ބޮޑު ގެއްލުމެއްވި ގދ. މަޑަވެލީ ކައުންސިލަށް ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ރަށުގެ ރައްޔިތުންގެ ހާލު އޮޅުންފިލުއްވައިފިއެވެ.

ރާއްޖޭގެ ރަށްރަށަށް މިއަދު އުދައަރައި އެންމެ ބޮޑު ގެއްލުންތަކެއްވި ކަމަށް ރިޕޯޓުކޮށްފައިވާ، މަޑަވެލީގެ ހާލަތު އޮޅުން ފިލުއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑަވެލީ ކައުންސިލްގެ ރައީސަށް ފޯނުން ގުޅުއްވައި އެރަށުގެ ހާލަތު އޮޅުންފިލުއްވާފައެވެ.

މަޑަވެލީގެ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކައިގައި އުދައެރުމުގެ ހާދިސާގައި އެރަށަށް ލިބުނު ގެއްލުންތަކާއި އަދި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ވަނީ ހިއްސާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ލިވާތު ކުރުމާއި، ޒިނޭކުރުމާއި، ރިޝްވަތާއި، ވައްކަމާއި، މީހުންމެރުމާއި، ސިހުރުހެދުމާއި، މީހުންގެ އަބުރަށް އަރައިގަތުމާއި، ފޯނުން ގޭމް ކުޅެގެން ލާރިހޯދުމާއި، މިފަދަ ފާހިޝް ޢަމަލުތައް އެ މުޖުތަމަޢުގެ އާދައަކަށް ވެއްޖެއްޔާ އެބައެއްގެ މައްޗަށް ގިނަގުނަ އުގޫބާތް ދުނިޔެމަތީގައި ވެސް ލިބޭނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *