މިއަދު ރާއްޖޭގެ ދެކުނުގެ ބައެއް ރަށްރަށަށް އުދައަރައި އެންމެ ބޮޑު ގެއްލުމެއްވި ގދ. މަޑަވެލީ ކައުންސިލަށް ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ރަށުގެ ރައްޔިތުންގެ ހާލު އޮޅުންފިލުއްވައިފިއެވެ.
ރާއްޖޭގެ ރަށްރަށަށް މިއަދު އުދައަރައި އެންމެ ބޮޑު ގެއްލުންތަކެއްވި ކަމަށް ރިޕޯޓުކޮށްފައިވާ، މަޑަވެލީގެ ހާލަތު އޮޅުން ފިލުއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑަވެލީ ކައުންސިލްގެ ރައީސަށް ފޯނުން ގުޅުއްވައި އެރަށުގެ ހާލަތު އޮޅުންފިލުއްވާފައެވެ.
މަޑަވެލީގެ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކައިގައި އުދައެރުމުގެ ހާދިސާގައި އެރަށަށް ލިބުނު ގެއްލުންތަކާއި އަދި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ވަނީ ހިއްސާކުރައްވާފައެވެ.



advertisment
One Response
ލިވާތު ކުރުމާއި، ޒިނޭކުރުމާއި، ރިޝްވަތާއި، ވައްކަމާއި، މީހުންމެރުމާއި، ސިހުރުހެދުމާއި، މީހުންގެ އަބުރަށް އަރައިގަތުމާއި، ފޯނުން ގޭމް ކުޅެގެން ލާރިހޯދުމާއި، މިފަދަ ފާހިޝް ޢަމަލުތައް އެ މުޖުތަމަޢުގެ އާދައަކަށް ވެއްޖެއްޔާ އެބައެއްގެ މައްޗަށް ގިނަގުނަ އުގޫބާތް ދުނިޔެމަތީގައި ވެސް ލިބޭނެ