Support Us

ކީރިތި ރަސޫލާއަށް އިހާނެތިކޮށް ހިތި އިންޑޮނީޝިޔާގެ ނައިޓް ކްލަބަކާ ދެކޮޅަށް އިހުތިޖާޖުކުރަނީ

ކީރިތި ރަސޫލާއަށް އިހާނެތިކޮށް ހިތި އިންޑޮނީޝިޔާގެ ނައިޓް ކްލަބެއްގައި މަސައްކަތްކުރާ ހަ މީހަކު އިންޑޮނީޝިޔާގެ ފުލުހުން ރޭ ހައްޔަރުކޮށްފިއެވެ. ފުލުހުން މި ފިޔަވަޅު އެޅީ މި ނައިޓް ކްލަބާ ދެކޮޅަށް އިންޑޮނީޝިޔާގެ އިސްލާމީ ޖަމާޢަތްތަކުން މުޒާހަރާތައް ބާއްވައި ރުޅިވެރިކަން ހާމަކުރުމުގެ އިޙްތިޖާޖުތައް ފެށުމުންނެވެ.

މި އިޙްތިޖާޖުތައް ފެށުނީ ވެރިރަށް ޖަކާޓާގެ ދެކުނުގައި އޮންނަ ބޯގޯރު ސަހަރުގައި ހުންނަ ހޯލީވިންގްސް ނަމަކަށް ކިޔާ ނައިޓް ކްލަބަކުން ކީރިތި ރަސޫލާއަށާއި މަރްޔަމުގެފާނަށް އިހާނެތިކޮށް ހިތާ ޓްވީޓެއް ފެތުރުމުންނެވެ. މި ޓްވީޓް ބުނަނީ މި ނައިޓްކް ލަބުން މުޙައްމަދު ކިޔާ ފިރިހެނުންނަށާއި މަރްޔަމް ކިޔާ އަންހެނުންނަށް ރާ ހިލޭ ލިބޭނެ ކަމަށެވެ. މި ޓްވީޓް މިހާރު ވަނީ ފުހެލައިފައެވެ.

މިއީ އިސްލާމްދީނަށާއި ނަޞާރާދީނަށް ފުރައްސާރަކުރުން ކަމަށް ބުނެ އެކަން ކުރި މީހުން ޝަރީޢަތަށް ހުށައެޅުމަށް މުޒާހަރާކުރި ޖަމާޢަތްތަކުން ގޮވައިލިއެވެ. ދުނިޔޭގައި މުސްލިމުންގެ ޢަދަދު އެންމެ ބޮޑު ޤައުމުކަމުގައިވާ އިންޑޮނީޝިޔާގެ ހަތަރު ޖަމްޢިއްޔާއަކުން ފުލުހުންނަށް ޝަކްވާ ހުށައެޅިއެވެ. މި މަސްއަލައިގައި އިންޑޮނީޝިޔާގެ ފުލުހުން ހައްޔަރުކުރި ހަ މީހުންގެ ތެރޭގައި މި ނައިޓްކްލަބްގެ އިޝްތިހާރާ ބެހޭ މެނޭޖަރު ހިމެނެއެވެ. ފުލުހުން ބުނާ ގޮތުގައި ހައްޔަރު ކުރި ހަ މީހުންނަކީ ވެސް އެ ކުންފުނީގައި މަސައްކަތްކުރާ މީހުންނެވެ.

ހައްޔަރުކުރި މީހުން ބުނާގޮތުގައި އެމީހުން އެފަދަ ޓްވީޓެއް ކުރީ އެތަނަށް މީހުން ގެނައުމަށް ޓަކައެވެ.

އިންޑޮނީޝިޔާގެ ފުލުހުން ބުނާގޮތުގައި އެމީހުންނާ ދެކޮޅަށް ހުށައެޅިފައިވާ ދަޢުވާތަކުގެ ތެރޭގައި ދީނަށް ފުރައްސާރަކުރުމާއި ދީނީ ނަފްރަތްތެރިކަން ފެތުރުން ވެއެވެ. އެމީހުންގެ މައްޗަށް މި ދަޢުވާތައް ސާބިތުވެއްޖެނަމަ އެމީހުން 10 އަހަރު ދުވަހަށް ޖަލަށް ލެވޭނެއެވެ.

މާފަށް އެދިއްޖެ

މިކަމާ ވިދިގެން ހޯލީވިންގްސް ޗޭނުން މިހާރު ވަނީ ރަސްމީކޮށް މާފަށް އެދިފައެވެ. އެމީހުން ބުނާގޮތުގައި އެ ކުންފުނީގެ އިދާރާއަށް އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް އެނގިފައެއް ނުވެއެވެ.

އިންޑޮނީޝިޔާގެ ޢިލްމުވެރިއަކު ވިދާޅުވި ގޮތުގައި ކުންފުނިން މާފަށް އެދުނަސް އެ ކުންފުނިން އެކަން ކޮށްފައި މިވަނީ ގަސްތުގައި މުޖްތަމަޢު ގަޑުބަޑު ކުރުމަށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *