Support Us

އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓާއި ވަގުތީ ބޮޑު ވަޒީރު ޔާއީރު ލެބިޑް (ވ)

އިސްރާއީލު ސަރުކާރު ވެއްޓި އަލުން އިންތިޚާބަކަށް ދަނީ

އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓާއި ޚާރިޖީ ވަޒީރު ޔާއީރު ލެބިޑް އިސްރާއީލުގެ ބަރްލާމާނު އުވާލުމަށް ރޭ އެއްބަސްވެ ވަޑައިގަންނަވައިފިއެވެ. މިކަމާ ވިދިގެން އިންތިޚާބެއް ބާއްވައި ބަރްލަމާނެއް އުފެދި ސަރުކާރެއް ޤާއިމު ކުރެވެންދެން ބޮޑުވަޒީރުކަމުގެ މަޤާމުގައި ވަގުތީ ހުންނަވާނީ ލެބިޑެވެ.

މި ކަމަށް އެ ދެބޭފުޅުން އެއްބަސްވެ ވަޑައިގަތީ ކޯލިޝަން ސަރުކާރަށް ހަމަޖެހުން ގެންނެވުމަށް ޓަކައި ކުރެއްވި މަސައްކަތް ނާކާމިޔާބު ވުމުންނެވެ.

އިސްރާއީލުގެ މަސްއޫލުވެރިއަކާ ޙަވާލާދީ ރޮއެޓަރޒް ބުނާގޮތުގައި މި އަންނަ ހަފުތާގައި އިސްރާއީލުގެ ބަރްލަމާނު ކަނީސަތުގައި ސަރުކާރާމެދު ވޯޓެއް ނެގޭނެއެވެ. އެއަށްފަހު ލެބިޑް ބޮޑުވަޒީރުކަމާ ޙަވާލުވެ ވަޑައިގަންނަވާނެއެވެ.

އިސްރާއީލުގެ ކޯލިޝަން ސަރުކާރު އެކުލަވައިލެވުނުއިރު ބެނެޓާއި ލެބިޑް އެއްބަސްވެވަޑައިގަންނަވާފައި ވަނީ ދައުރު ބަދަލުވާ ގޮތަށް ސަރުކާރު ޤާއިމު ކުރުމަށެވެ.

އިސްރާއީލުގެ ކާން ޗެނެލް ބުނާގޮތުގައި ބެނެޓާއި ލެބިޑް ރޭ ބެނެޓްގެ އޮފީހުގައި ބައްދަލު ކުރައްވައި ބަރްލަމާނު އުވާލެއްވުމަށް އެއްބަސްވެވަޑައިގަތެވެ. ލެބިޑް ބޮޑުވަޒީރުކަމުގައި ހުންނަވާނީ އަލުން އިންތިޚާބު ބޭއްވި ސަރުކާރެއް އެކުލަވައިލެވެންދެނެވެ.މިއީ ހަތަރު އަހަރު ތެރޭގައި ބޭއްވޭ ފަސްވަނަ އިންތިޚާބެވެ.

އިސްރާއީލުގެ ދުވަހުނޫސްތައް ބުނާގޮތުގައި  އާންމު އިންތިޚާބު ބޭއްވޭނެ ދުވަހެއް ނޭނގެއެވެ.

ބެނެޓްގެ ސަރުކާރަށް ކަނީސަތުގައި ލިބިފައި އޮތް ހަނި އަޣްލަބިއްޔަތު ގެއްލުނީ ވެރިކަންކުރާ ކޯލިޝަނުން  އީދީތު ސުލައިމާނު ހައެއް އެޕްރީލުގައި އިސްތިޢުފާ ދެއްވުމުންނެވެ. އޭނާ ވިދާޅުވިގޮތުގައި އޭނާ ސަރުކާރުން ވަކިވެ ވަޑައިގަތީ  "އިސްރާއީލުގެ ޔަހޫދީ ހުވިއްޔާއަށް" ގެއްލުން ލިބެމުންދާތީއެވެ.

އިސްރާއީލުގެ ބެނެޓްގެ ސަރުކާރަކީ ތަފާތު ޚިޔާލުތަކުގެ އަށް ޕާޓީއެއް ހިމެނޭ ކޯލިޝަނެކެވެ. އެއީ ކަނާތާއި ވާތާއި މެދުތެރޭގެ ޕާޓީތައް ހިމެނޭ  ކޯލިޝަނެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *