Support Us

މަކުނުވިދުރި ޖެހިފައިވާ ބައެއް މީހުންގެ މަނިން ވައިރަސް ފެނިއްޖެ

ޖިންސީ ގުޅުމުގެ ސަބަބުން މަކުނުވިދުރީގެ ވައިރަސް އެރުމުގެ އިޙްތިމާލު އޮތް މިންވަރު ދިރާސާކުރުމުގެ މަސައްކަތް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ފަށައިފައިވާ ކަމަށް އެ ޖަމްޢިއްޔާގެ މަސްއޫލުވެރިއަކު މިއަދު ވިދާޅުވެއްޖެއެވެ. އޭނާ މި ބަޔާން ދެއްވީ މަކުނުވިދުރި ޖެހިފައިވާ ބައެއް މީހުންގެ މަނިން އެ ބަލީގެ ވައިރަސް ފެނުމުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނާގޮތުގައި މި ބަލި ޖެހެނީ ގިނައިރު މާ ގާތްކޮށް އެއްތާވުމުގެ ސަބަބުންނެވެ.

އިޓަލީއާއި ޖަރްމަނުގައި މި ބަލި ޖެހިފައިވާ ބައެއް މީހުންގެ މަނީގެ ސުންކުތަކުން މި ބަލީގެ ވައިރަސް ފެނިފައިވާ ކަމަށް އެ ޤައުމުތަކުން ބުނެއެވެ. މި ސުންކުތަކުގެ ލެބް ތަޙްލީލުތައް ދައްކާ ގޮތުގައި މަނީގައި މި ވައިރަސް ހުރި މީހަކާއެކު ޖިންސީ ގުޅުން ހިންގައިފިނަމަ އެ ބަލި ފެތުރޭނެއެވެ. ޔޫރަޕްގައި ހުންނަ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އޮފީހުގެ ސީނިއަރު އިމަރޖެންސީ އޮފިސަރު ޑރ. ކެތުރިން ސްމޯލްވުޑް  ނޫސްތަކަށް ދެއްވި ބަޔާނެއް ބުނާގޮތުގައި އެންމެފަހުގެ ރިޕޯޓުތަކުން މި ވައިރަސް އިންސާނާއަށް ޖިންސީ ގުޅުންތަކުގެތެރެއިން ލައިފާ ނަޤްލުވާކަށް އަދި ކަށަވަރެއް ނުވެއެވެ. އޭނާ ވިދާޅުވިގޮތުގައި މި ބަލި އަރަނީ ބީހުމުގެ ތެރެއިންކަން ކަށަވަރެވެ.

މިހާތަނަށް އައިއިރު 30 ޤައުމަކުން މި ބަލީގެ 1300 ވޭދަނާ ވަނީ ކަށަވަރުވެފައެވެ. މީގެ ތެރޭގައި ގިނައީ ޔޫރަޕްގެ ޤައުމުތަކެވެ. ޢާންމުކޮށް މި ބަލި ރެކޯޑު ކުރެވިފައި ވަނީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރޭގައެވެ.

މި ބަލި ފެތުރެން ފެށުމާ ވިދިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ބަލިޖެހިފައިވާ މީހުންނާ އެއްތާވެގެން ނޫޅުމަށް ނަސޭހަތްތެރިވެފައެވެ. ކަށިވިދުރީގެ ވެކްސިނުން މި ބައްޔަށް ކޮންމެވެސް ވަރެއްގެ ރައްކައުތެރިކަމެއް ލިބޭ ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ކޮންޑަމް ބޭނުންކުރީމާ މަނިން ތިޔަ ވައިރަހެއް ނާރާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *