Support Us

ރަޝިޔާގެ މަނަވަރަކުން ކްރޫޒް މިސައިލެއް ތަޖްރިބާ ކުރަނީ

ނޭޓޯއިން ޕޯލެންޑަށް ބާރުތައް ޖަމާކުރާތީ ރަޝިޔާއިން ރައްދު ދޭނެކަމުގެ އިންޒާރު ދީފި

ނޭޓޯއިން ޕޯލެންޑަށް ބާރުތައް ޖަމާކުރަމުންދާތީ ރަޝިޔާއިން އެ ކަމަށް ރައްދު ދޭނެކަމުގެ އިންޒާރު މޮސްކޯއިން މިއަދު ދީފިއެވެ. މިކަމާވިދިގެން ކިޔީވް ބުނާގޮތުގައި ފުރިހަމައަށް ތައްޔާރުވެފައިވާ ރަޝިޔާގެ ކްރޫޒް މިސައިލްގެ ހަ މަނަވަރު ކަޅުކަނޑުން ފެނިއްޖެއެވެ.

އަނެއްކޮޅުން ފަރަންސޭސިވިލާތުން ބުނާގޮތުގައި ޔުކްރޭންގެ ގޮވާން ބޭރުކުރުމަށް ޓަކައި އެ ޤައުމުގެ އޮޑީސާ ބަނދަރު ރޫސީ ޙިޞާރުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ޕެރިސް ބައިވެރިވާނެއެވެ.

އިންޓަރފެކްސް ނޫސް އޭޖެންސީ ރަޝިޔާގެ ޑިޕްލޮމެޓަކާ ޙަވާލާދީ ބުނިގޮތުގައި ޕޯލެންޑަށް ނޭޓޯގެ އަސްކަރީ ބާރުތައް ޖަމާކުރަމުންދާ ދިޔުމަށް ރަޝިޔާއިން ރައްދު ދޭނެކަމަށް ރޫސީ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. ރަޝިޔާއިން ބުނިގޮތުގައި އެ ޤައުމުން އެކަމަށް މުނާސަބު ގޮތަށް މުނާސަބު ވަގުތުގައި ރައްދު ދޭނެއެވެ.ރަޝިޔާގެ ޚާރިޖިއްޔާގެ ޔޫރަޕާ ބެހޭ އިދާރާގެ މަސްއޫލުވެރިޔާ އޮލިގް ޓިޔާޕްކިން ވިދާޅުވިގޮތުގައި "ދެވޭ ރައްދު މުނާސަބު ރައްދަކަށް ވާނެއެވެ، މި ރައްދުގެ ބޭނުމަކީ ރޫސީ އިއްތިޙާދުގެ އަމްނު ރައްކައުތެރިކުރުމެވެ."

ޔުކްރޭނުން ގޮވާން ބޭރުކުރުމަށް ޕެރިސް އެހީވާނެ

އިއްޔެ ފަރަންސޭސި ރިޔާސީ ގަނޑުވަރުން ބުނިގޮތުގައި ދެކުނު ޔުކްރޭނުގެ އޮޑީސާ ބަނދަރު ރޫސީ ޙިޞާރުން ސަލާމަތްކޮށް ޔުކްރޭނުން  ބޭރުކުރާން ބޭނުންވާ ގޮވާން ބޭރުކޮށް ދިނުމުގައި ޕެރިސް ބައިވެރިވާނެއެވެ. އެހެނަސް ޕެރިސް ބުނިގޮތުގައި އެކަން ކުރާނީ އދ އާއެކު އެއްބާރުލައިގެންނެވެ.

ފަރަންސޭސި ރިޔާސީ އޮފީހުގެ މުޝީރަކު ވިދާޅުވިއެވެ." އަމާންކަމާއެކު އޮޑީސާ ބަނދަރަށް ވާޞިލުވެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް ޓަކައި މަސައްކަތް ކުރާން އެބަ ޖެހެއެވެ. ކަނޑުގައި މައިން ހުއްޓަސް އަމާންކަމާއެކު ބޯޓުފަހަރަށް އެ ބަނދަރުން ނުކުމެވޭނެ މަގު ތަނަވަސްކޮށްދޭން އެބަ ޖެހެއެވެ. " އޭނާ ވިދާޅުވިގޮތުގައި"  ގޮވާމަށް ބޭނުންޖެހިފައިވާ އެފްރިކާގެ ޤައުމުތަކަށް ރަނގަޅު އަގެއްގައި މި ގޮވާން ލިބޭނެ މަގު ތަނަވަސްކޮށްދޭން އެބަ ޖެހެއެވެ."

އޭނާ ހާމަކުރެއްވި ގޮތުގައި 28 މޭގައި ރައީސް މެކްރޯން ރޫސީ ރައީސް ޕޫޓިނާ ފޯނުން ބައްދަލު ކުރައްވާ ވާހަކަފުޅު ދެއްކެވިއިރު "ރައީސް ޕޫޓިން ވަނީ މި ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ." އެހެނަސް އޭނާ ވިދާޅުވިގޮތުގައި މިކަމާބެހޭގޮތުން ރަޝިޔާއާއ ތުރްކީއާ ދެމެދުގައި ބޭއްވުނު ވާހަކަދެއްކުންތަކުން  ނަތީޖާއެއް ނުނުކުތެވެ.ޕެރިހުން މަސައްކަތް ކުރަނީ މިކަމާ ބެހޭގޮތުން ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރެވޭތޯއެވެ.

ބައިޑްނާއި ޒިލެންސްކީ

އަނެއްކޮޅުން ލިބޭ ޚަބަރުތައް ބުނާގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ޙަމަލާދޭން ފެށުމުގެ ކުރީން ރައީސް ބައިޑްން ޔުކްރޭންގެ ރައީސް ޒިލެންސްކީއަށް ދެއްވި ނަސޭހަތް ޒިލެންސްކީ އަޑްއައްސަވާފައެއް ނުވެއެވެ. ލޮސް އެންޖަލްސްގައި ރައީސް ބައިޑްން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ރަޝިޔާގެ ޙަމަލާގެ ކުރީން އަހުރެން އެކަމަށް އިންޒާރު ދިނުމުން ގިނަ ބަޔަކު ހީކުރީ އަހުރެން ކަންބޮޑުކޮށްލައިގެން ވާހަކަ ދައްކަނީ ކަމަށެވެ."

ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވިއެވެ. "އަހުރެމެންނަށް ލިބިފައިވާ މަޢުލޫމާތުން ރައީސް ޕޫޓިން އެކަމަށް ތައްޔާރުވެ ވަޑައިގަންނަވަމުންދާ ކަން އެނގިފައި ވެއެވެ. އެހެނަސް ޒިލެންސްކީ މި އަޑު އައްސަވާކަން ބޭނުންފުޅެއް ނުވިއެވެ." ޔޫރަޕްގެ ބައެއް ޤއުމުތަކުން ވެސް އެމެރިކާގެ މި ބަސް ޤަބޫލު ނުކުރުކަމަށް ބައިޑްން ވިދާޅުވިއެވެ.

           

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *