Support Us

ޔުކްރޭނުގެ 20 އިންސައްތަ ބިން ރޫސީން ހިފައިފި

ޔުކްރޭނުގެ ބިމުގެ ފަސްބައި ކުޅަ އެއްބައި ރަޝިޔާއިން ހިފައިފި ކަމަށް ޔުކްރޭންގެ ރައީސް ޒިލެންސްކީ ހާމަކުރައްވައިފިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭންގެ އިރުމަތީ ސަރަޙައްދު ލޮގާންސްކް އެއްކޮށް ހިފަން ވަރަށް ގާތްވެއްޖެއެވެ. ރައީސް ޒިލެންސްކީ ދާދިވަރުކޮށް ޓީވީ މެދުވެރިކުރައްވައި ލަކްސަންބަރގް ބަރްލަމާނުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ރަޝިޔާއިން މި ދޭ ޢުދްވާނުގައި ރަޝިޔާގެ ޢަސްކަރިއްޔާގެ ހުރިހާ ބާރުތަކެއް މިހާރު ވަނީ މަޝްޣޫލުވެފައެވެ." އޭނާ ވިދާޅުވިއެވެ. "ހަނގުރާމައިގެ ކުރީ ސަފު މިހާރު ވަނީ 1000 ކީލޯ މީޓަރަށް ދެމިގެން ގޮސްފައެވެ."

ރައީސް ޒިލެންސްކީ ވިދާޅުވިއެވެ. "ޤައުމުގެ އިރުމަތީ ސަރަޙައްދު އޮތީ ވަރަށް ނާޒުކު ޙާލަތަކަށް ވެއްޓިފައެވެ." ރައީސް ޒިލެންސްކީ ވިދާޅުވިއެވެ. "ޔުކްރޭންގެ ސިފައިންގެ ތެރެއިން ދުވާލަކު 60 އާއި 100އާ ދެމެދުގެ ޢަދަދަކަށް ސިފައިން މަރުވެއެވެ. އަދި ފަސްސަތޭކައެއްހާ ސިފައިން ޒަޚަމުވެއެވެ."

ރަޝިޔާގެ އަތްގަދަކުރުން

އެސޯޝޭޓެޑް ޕްރެސް ޔުކްރޭނުގެ މަސްއޫލުވެރިއަކާ ޙަވާލާދީ ބުނިގޮތުގައި ޔުކްރޭންގެ އިރުމަތީ ސަރަޙައްދުގެ ލޮގާންސްގެ ސެފްރޮޑޯނެޓްސްކްގެ 80% ބިން ރޫސީ ސިފައިން ހިފައިފިއެވެ.

ލޮގާންސްކްގެ ގަވަރުނަރު ސަރްގީ ގައިޑޭ ވިދާޅުވާ ގޮތުގައި ރޫސީ ސިފައިން ދަނީ މި ސަހަރުގެ އިރުމައްޗާއި އުތުރާއި ދެކުނު ހިފަމުންނެވެ.އޭނާއާ ޙަވާލާދީ އެސޯޝޭޓެޑް ޕްރެސް ބުނިގޮތުގައި ލޮގާންސްކުން ރަޝިޔާ ނުހިފާ ބާކީ އޮތީ އެންމެ ސަހަރެކެވެ.
އަނެއްކޮޅުން ރޫސީ ރައީސް ޕޫޓިންގެ މުޝީރު ވެލަރީ ވެޑިޔޭވް ވިދާލުވާ ގޮތުގައި ރައީސް ޕޫޓިން ޑޮންބާސާ ބެހޭގޮތުން ކަނޑައަޅުއްވައިފައިވާ ލަޑުދަޑިތައް ޙާޞިލު ނުކުރެވެނިސް ހަނގުރާމަ ހުއްޓުމަކަށް ނާންނާނެއެވެ.

އަނެއްކޮޅުން އެމެރިކާގެ ޚާރިޖީވަޒީރު ބްލިންކެން ރަޝިޔާއާއެކު ބޭއްވޭ ވާހަކަދެއްކުންތަކުގައި ކިޔޭވްގެ މަޤާމު ވަރުގަދަކޮށް ދިނުމަށް ޓަކައި އެމެރިކާއިން ޔުކްރޭނަށް ހަތިޔާރު ފޮނުވުން އަވަސްކުރާނެއެވެ. ބްލިންކެން ވިދާޅުވި ގޮތުގައި ޕޫޓިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށްޓެވީ ޔޫރަޕް ބައިބައި ކުރައްވަން ވެގެންނެވެ. އެހެނަސް ނަތީޖާ ނުކުތީ ދިމާ އިދިކޮޅަށެވެ.
ބްލިންކެންގެ މި ބަޔާނަށް ރައްދު ދެއްވައި ކްރެމްލިންގެ ތަރްޖަމާނު ޑިމިޓްރީ ބިސްކޯވް ވިދާޅުވިއެވެ. "ހަނގުރާމައިގެ މައިދާނުގައި ރަޝިޔާއާ ދެކޮޅަށް ބޭނުންކުރަން އެމެރިކާއިން ކިޔޭވަށް ޑްރޯންތައް ދިނަސް މޮސްކޯއިން ޔުކްރޭނާ ދެކޮޅަށް ދެމުންގެންދާ ޢަސްކަރީ ޙަމަލާތަކުގެ ތިލަފަތަށް ބަދަލެއް ނުގެނެވޭނެއެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *