Support Us

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑްން (ވ)

ޖަޕާނު ދިފާޢުކޮށްދިނުމަށް އެމެރިކާ ވަނީ ކަށަވެތިވެފައި: ރައީސް ބައިޑްން

ޖަޕާނު ދިފާޢު ކޮށްދިނުމަށް އެމެރިކާ ކަށަވެތިވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވެއްޖެއެވެ. ރައީސް ބައިޑްން މި ކަން ހާމަކުރެއްވީ ޖަޕާނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާއާ ބައްދަލު ކުރައްވަމުންނެވެ.

ރައީސް ބައިޑްންގެ ތިން ދުވަހުގެ މި ދަތުރުފުޅުގެ އަމާޒަކީ އިންޑިޔާ ކަނޑާއި ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ގުޅިގެން އިޤްތިޞާދީ މަސައްކަތް ކުރުމުގެ ގިއުގަނޑެއް އެކަށައެޅުއްވުމެވެ. މިއީ ޗައިނާއާ ކުރިމަތިލުމަށް ޓަކައި އެމެރިކާއިން ޤާއިމުކުރާން އުޅޭ އިޤްތިޞާދީ އެއްބާރުލުމެކެވެ. މި އެއްބާރުލުމުގައި ޖަޕާނާއި އިންޑިޔާއާއި އޮސްޓްރޭލިޔާ ބައިވެރި ކުރުމަށް އެމެރިކާއިން ބޭނުންވެއެވެ. އެމެރިކާއިން ވަނީ މި ހަތަރު ޤައުމާއެކު ސަލާމަތީ މަންސައެއްވެސް ޤާއިމުކޮށްފައެވެ. އެމެރިކާއިން މިހާރު އަމާޒު ކުރަނީ މި އިޤްތިޞާދީ ޖަމާޢަތުގައި ދެކުނު ކޮރެއާވެސް ބައިވެރިކުރާށެވެ.

ރައީސް ބައިޑްން ދެކުނު ކޮރެޔާއާށް ކުރެއްވި ދަތުރުފުޅުގައި މި ކަމާމެދު ވަނީ ވަރަށް ފުޅައުކޮށް މަޝްވަރާ ކުރައްވައިފައެވެ، ޖަޕާނުގެ ރޭޑިއޯ ޓީވީ ކޯޕަރޭޝަން ބުނާގޮތުގައި ބޮޑުވަޒީރު ކިޝީޑާއާއެކު ބޭއްވެވި ވާހަކަދެއްކުންތަކުގައި ސަލާމަތީ މަޖިލިސް އިޞްލާޙުކުރުމާ ބެހޭގޮތުން ބަހުސްކުރެއްވިއެވެ. ޖުމްލަ 15 މެންބަރުން ހިމެނޭ މި މަޖިލިސް ބޮޑުކޮށް ފުޅައުކުރުމަށް ދުނިޔެ ދަނީ ގޮވައިލަމުންނެވެ. ރައީސް ބައިޑްން ވިދާޅުވާ ގޮތުގައި ސަލާމަތީ މަޖިލީހުން ދާއިމީ ގޮނޑިއެއް ޖަޕާނަށް ލިބެންވާނެއެވެ. ވައިޓްހައުސް ބުނާގޮތުގައި އެމެރިކާގެ ރައްޔިތުންގެ ފަރާތުން ރައީސް ބައިޑްން ޖަޕާނުގެ އެމްޕެރަރަށް ހެޔޮއެދުންތަކާއި ވެދުން ސަލާން ދެންނެވިއެވެ.

ޗައިނާގެ ބާރުތައް އިތުރަށް ފުޅައުވެ ބިޔަވަމުން ދާތީ މި ބާރުތަކާ ކުރިމަތިލުމަށް ޓަކައި ޖަޕާނުގެ ޢަސްކަރީ ޤާބިލުކަން ވަރުގަދަކުރުމާ ބެހޭގޮތުން ބޮޑުވަޒީރު ކިޝީޑާއާ އެކު މަޝްވަރާކުރެއްވިއެވެ. ރައީސް ބައިޑްންގެ ޖަޕާން ދަތުރުފުޅު ނިމޭނީ މާދަމާއެވެ. އޭނާ ޖަޕާނަށް ވަޑައިގަތީ އިއްޔެއެވެ.

ރައީސް ބައިޑްންގެ އިރުމަތީ އޭޝިޔާ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ދެކުނު ކޮރެޔާއަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *