Support Us

"ޖަމާޢީ ސަލާމަތާ ބެހޭ މުޢާހަދާ"ގެ ސަމިޓް

ނޭޓޯއާ ކުރިމަތިލެއްވުމަށް ޕޫޓިން އެކުވެރީން އެއްކުރައްވަނީ

ހުޅަނގުން ރަޝިޔާއާއި ރަޝިޔާގެ އެކުވެރި ޤައުމުތަކާ ދެކޮޅަށް "ޝާމިލު ނުލަފާ ހަނގުރާމައެއް" ފަށައިފައިވާތީ ރޫސީ ރައީސް ވްލެޑްމީރު ޕޫޓިން ނޭޓޯއާ ކުރިމަތިލެއްވުމަށްޓަކައި ސޮވިއެޓް ޔުނިއަންގެ ޒަމާނުގައި އޮތް "ވޯރސޯ" ޖަމާޢަތް ފަދަ ޢަސްކަރީ ޖަމާޢަތެއް އެކުލަވައިލެއްވުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވައިފިއެވެ. ވޯރސޯ ޖަމާޢަތް އުވާލީ ސޮވިއެޓް ޔުނިއަން ރޫޅިގެން ދިޔުމުގެ ތަންކޮޅެއް ކުރީންނެވެ.

މޮސްކޯގައި އިއްޔެ ފެށި ޖަމާޢީ އަމްނާ ބެހޭ މުޢާހަދާގެ ބައިވެރީންގެ ސަމިޓާ ބެހޭގޮތުން ދާރިސުން ވިދާޅުވާ ގޮތުގައި ޕޫޓިން މަސައްކަތްޕުޅު މި ކުރައްވަނީ ޖަމާޢީ އަމްނާ ބެހޭ މުޢާހަދާ ވަރުގަދަ ކުރެއްވުމަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި މި ޖަމާޢަތުގެ ދައުރު އޮތީ ވަރަށް ހަނިކޮށްނެވެ. މި ޖަމާޢަތަށް ދިރުމެއް އަންނާން ފެށީ އަފްޣާނިސްތާނުން އެމެރިކާއާއި ނޭޓޯ ފޭބުމުންނާއި މި އަހަރުގެ ކުރީކޮޅުގައި ކަޒަޚިސްތާނުގައި ހިނގި ގަޑުބަޑުތަކާ ވިދިގެންނެވެ.

މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި ޖަމާޢީ އަމްނާބެހޭ މުޢާހަދާ ޖަމްޢިއްޔާއަކީ މި ފިޔަވައްސަށް ބަލާއިރު ވަރަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ޖަމްޢިއްޔާއެކެވެ.

މި ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކަކީ ރަޝިޔާއާއި ބިލޯރޫސާއި އަރްމީނިޔާއާއި ކަޒަޚިސްތާނާއި ގިރްގީޒިސްތާނާއި ޠަޖިކިސްތާނާއި އުޒްބަކިސްތާނެވެ. މި ޖަމާޢަތް1992ވަނަ އަހަރު އުފެދުނު ފަހުން ޖޯޖިޔާ ބައިވެރިވިއެވެ. އެހެނަސް 2008ގައި ޖޯޖިޔާ ވަނީ މި ޖަމްޢިއްޔާއިން ވަކިވެފައެވެ. އޭގެފަހުން އުޒްބަކިސްތާނު ވެސް ވަނީ މި ޖަމްޢިއްޔާއިން ވަކިވެފައެވެ. މި ޖަމާޢަތުގައި މިހާރު އޮތީ ހަ ޤައުމެވެ.

މި ހަ ޤައުމުން 2002ގައި މި ޖަމްޢިއްޔާ ވަނީ ޢަސްކަރީ ސިޔާސީ ޖަމާޢަތަކަށް ހަދައިފައެވެ. މި ޖަމާޢަތުގެ އަމާޒަކީ ޖަމާޢީ ގޮތަކަށް ބޭރުގެ ބިރުތަކާ ކުރިމަތިލުމެވެ.

މި ސަމިޓްގެ ފުރަތަމަ ޖަލްސާ އިއްޔެ ފެށުނީ މޮސްކޯގައެވެ. މި އިފްތިތާޙީ ޖަލްސާގައި ހުރިހާ ރައީސުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެއަށްފަހު ދޭދޭ ރައީސުންގެ ޚާއްޞަ ބައްދަލުވުންތަކެއް ފެށުނެވެ. މިއީ ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން މި ހަ ޤައުމު ބާއްވާ ފުރަތަމަ ސަމިޓެވެ.

މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ބިލޯރޫސްގެ ރައީސް އެލްގްޒަންޑަރ ލުކަޝިންކޯ ވިދާޅުވިއެވެ. "ނޭޓޯގެ ފުޅައު ކުރުންތަކާ ކުރިމަތިލުމަށް ޓަކައި މޮސްކޯ އެކަނި ދޫކޮށްލައިގެން ނުވާނެއެވެ." އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަޅުގަނޑުމެން ޖަމާޢީ ގޮތަކަށް ތެދުވަން މިހާރު ވަނީ މަޖްބޫރުކޮށްފައެވެ. އަޅުގަނޑުމެން އެންމެން އެއް ސަފަކަށްވެގެން ނުތެދުވެއްޖެނަމަ އަޅުގަނޑުމެންގެ ހުރިހާ ޤައުމުތަކަކަށް ގެއްލުން ލިބޭނެއެވެ. އަޅުގަނޑުމެން މި މަސްއަލަ ފެށުނުތާނގައި އެކުގައި ތެދުވިނަމަ ދަތިކުރުމުގެ ޖަހަންނަމީ މި ފިޔަވަޅުތައް އަޅާކަށް ނުކުރޭނެތެވެ."

އޭނާ ސިފަކުރެއްވި ގޮތުގައި "ރަޝިޔާއާއި ބިލޯރޫސާ ދެކޮޅަށް ފުޅައު ދާއިރާއެއްގައި ދެމުންގެންދާ ޢުދްވާނީ ޙަމަލާއަކީ ވަރަށް ހަޑިހުތުރު ޝާމިލު ނުލަފާ ޢުދްވާނެކެވެ."

ލުކަޝިންކޯ ވިދާޅުވިގޮތުގައި މި ޖަމާޢަތް ވަރުގަދަކުރުމަށް ޓަކައި ސިޔާސީ އެކަތިގަނޑަކަށްވުން ވަރުގަދަ ކުރުމަކީ ޟަރޫރަތެކެވެ. އަދި "މަޝްވަރާކުރުމުގެ އާލިއްޔަތު އިތުރުކޮށް ސިޔާސަތު އެކަތިގަނޑަކަށް ހަދަން ވަނީ ޖެހިފައެވެ."

އޭނާ ވިދާޅުވިގޮތުގައި ހުޅަނގުން ބައިނަލްއަޤްވާމީ ނިޒާމުގެ އެއްތަނޑިވަންތަކަން މަރުވެގެންގޮސްފައިވާކަން ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. ހުޅަނގުން ބޭނުންވަނީ އަލުން ދުނިޔެ ބައިބައިކޮށްލުމަށެވެ.

ލުކަޝިންކޯ ވިދާޅުވިއެވެ. "އެއްތަނޑިވަންތަކަމުގެ ނިޒާމަކީ މާޒީގެ ކަމެކެވެ. އެ ނިޒާމަށް ދެން އަނބުރާ ނާދެވޭނެއެވެ. އެހެނަސް ހުޅަނގުން ދަނީ މި ނިޒާމު ދެމެހެއްޓުމަށް ބިރުވެރި ހަނގުރާމައެއް ކުރަމުންނެވެ.

އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ހުޅަނގު ސަރަޙައްދު ކައިރިއަށް ނޭޓޯ މި ހަނގުރާމަ ގެނެސްފިއެވެ."

ލުކަޝިންކޯ ވިދާޅުވިއެވެ. "ކުރިން ވަކި ފަރާތަކަށް ނުޖެހި އޮތް ޤައުމުތައް ނޭޓޯގެ ފޭލިގެއަށް ވައްދައިފިއެވެ. އެމީހުންގެ ތަޞައްރުފާތުތައް ބުނަނީ އަހަރެމެންނާ އެކުގައި ނުވާ މީހަކީ އަހުރެމެންނާ އިދިކޮޅު މީހެކެވެ."

ލުކަޝިންކޯ މި އިޝާރަތް ކުރައްވަނީ ފިންލެންޑަށާއި ސްވިޑްނަށެވެ. މި ދެ ޤައުމުގެ ބަރްލަމާނުން މިހާރު ދަނީ މި ދެ ޤައުމު ނޭޓޯއަށް ވެއްދުމަށް ތައްޔާރުވަމުންނެވެ.

މި މައުޟޫޢާ ބެހޭގޮތުން ރޫސީ ޚާރިޖީ ވަޒީރުގެ ނައިބު ސަރގީ ރިޔާބިކޯވް ވިދާޅުވި ގޮތުގައި ސްވިޑްނާއި ފިންލެންޑް ނޭޓޯއަށް ވަންނަ ވަނުމާމެދު ރަޝިޔާއިން އެހާ ލުއިގޮތަކަށް ނުދެކޭނެއެވެ. އޭނާ ވިދާޅުވިއެވެ. "އެ ދެ ޤައުމު ނޭޓޯއަށް ވަދެގެން އެ ދެ ޤައުމުގެ އަމްނު އިތުރަށް ވަރުގަދަވެގެން ނުދާނެއެވެ. ސަރގީ ރިޔާބިކޯވް ވިދާޅުވި ގޮތުގައި މި ދެ ޤައުމު ނޭޓޯއަށް ވަނުމާ ވިދިގެން ދުނިޔޭގެ ޙާލަތަށް އަސާސީ ބަދަލުތަކެއް އަންނާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *