ޔުކްރޭންގެ ޢަސްކަރިއްޔާއަށް ޢަސްކަރީ މުވާސަލާތީ ވަސީލަތްތައް ތަނަވަސްކޮށްދެއްވަމުން ގެންދަވާތީ ރަޝިޔާގެ ރޮސް ކޮސްމޮސް ކުންފުނީގެ ރައީސް ޑިމިޓްރީ ރޮގަޒީން، އެމެރިކާގެ ބިލޔަނޭރެއް ކަމުގައިވާ އެލަން މާސްކަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ރޫސީ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. "އަހުރެމެންގެ މަޢުލޫމާތަށް ބަލާއިރު ޕެންޓަގަނުން ޔުކްރޭނުގެ ޢަސްކަރީ ބާރުތަކަށް ފޮނުވާ އީމޭލްތައް ފޯރުކޮށްދީފައި ވަނީ އެލަން މާސްކްގެ ކުންފުނީންނެވެ. އަދި ސްޓާލިންކް ކުންފުނި މެދުވެރިކޮށް އެމީހުންނަށް ވަނީ ނެޓްގެ ޚިދްމަތް ދީފައެވެ."
އޭނާ އިންޒާރު ކުރެއްވި ގޮތުގައި މިއިން އެނގެނީ އެލަން މާސްކް ޔުކްރޭންގެ ފެޝިސްޓް ލަޝްކަރަށް ޢަސްކަރީ މުވާޞަލާތީ ވަސީލަތްތައް ތަނަވަސްކޮށްދެއްވާ ކަމެވެ. "ބާލިޣުވެފައިވާ މީހެއްގެ ހައިސިއްޔަތުން މި ކަމަށް އެލަން މާސްކް ޒިންމާވާން ޖެހިވަޑައިގަންނަ ވާނެއެވެ. އޭ އެލަންއޭވެ! ތިބާގެ ގަބުކަން ދައްކަން ނޫޅޭށެވެ!"
ރޫސީ ސިފައިން ޔުކްރޭންގެ މާރިޔަޕޮލުން ހައްޔަރުކުރި ޔުކްރޭންގެ ކަނޑުގެ ސިފައިންގެ 36ވަނަ ފައުޖުގެ ޗީފް އޮފް ސްޓާފް ކަރނަލް ޑިމިޓްރީ ކޮރްމިޔާންކޯވް އިޢުތިރާފުވެ ވަޑައިގެންފައިވާ ގޮތުގައި އެލަން މާސްކްގެ ސްޓާލިންކް ކުންފުނީގެ ހެދިހަނދުތަކުން މާރިޔޮޕޮލްގައި ރޫސީ ސިފައިން ޙިޞާރުކޮށްފައިވާ އޮޒްވުސްޓާލް ޞިނާޢީ އެކުވެނީގައި ތިބި ސިފައިންނަށް ދަނީ ނެޓްގެ ޚިދްމަތް ފޯރުކޮށް ދެމުންނެވެ.



advertisment