Support Us

ޗައިނާއިން ހަނދުގެ އަނދިރި ފަރާތް ދިރާސާ ކުރަނީ

ހަނދުގެ އަނދިރި ފަރާތާ ބެހޭ ރާސާތައް ކުރުމަށް ޓަކައި ޗައިނާއިން އައު ފިޔަވައްސެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ހަވާއާ ބެހޭ ޗައިނާގެ ޤައުމީ އިދާރާ (ސީއެންއެސްއޭ) އިން އިޢުލާންކޮށްފިއެވެ.

މި އިދާރާގެ ނައިބު ރައީސް ވޫ ޔާން ވިދާޅުވިއެވެ. "ހަނދާ ބެހޭގޮތުން ދިރާސާތައް ކުރުމަށް ޓަކައި ޗައިނާގެ މި އިދާރާއިން ފަށައިފައިވާ ޕްރޮގްރާމުތަކުގެ ދަށުން ހަތަރުވަނަ ފިޔަވަހި މިއަހަރު ފެށޭނެއެވެ. މި މަސައްކަތް ކުރުމަށް ޓަކައި މި އަހަރު ޖައްވީ ތިން އުޅަނދު (ޗޭންޖް -6 އާއި ޗޭންޖް-7 އާއި ޗޭންޖް-8) ހަނދަށް ފޮނުވާނެއެވެ."

އޭނާ ހާމަކުރެއްވި ގޮތުގައި މި ދިރާސާތަކުގައި އައު ފަންނިއްޔާތުތަކެއް ބޭނުން ކުރެވޭނެއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޗައިނާއިން އެތާނގައި ސައެންސީ އިސްޓޭޝަނެއް ބިނާކުރާނެއެވެ.

ޗައިނާގެ ހަވާއާ ބެހޭ އިދާރާގެ ނައިބު ރައީސް ވިދާޅުވިގޮތުގައި ޖައްވީ އުޅަނދު ޗޭންޖް-6 ފޮނުވޭނީ ހަނދުގެ އަނދިރި ފަރާތަށެވެ. މި އުޅަނދުން ހަނދުގެ އަނދިރި ފަރާތުން އެތައް ސުންކުތަކެއް ދިރާސާކުރުމަށް ޓަކައި ނެގޭނެއެވެ. އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިގޮތުގައި ހަނދާބެހޭ ނިޔަމިކަމަށާއި މުވާޞަލާތީ މަސައްކަތްތަކަށް ޓަކައި ހެދި ހަނދުގެ ގުރަހައެއް ތަރައްޤީ ކުރެވޭނެއެވެ.

ހަވާއާ ބެހޭ ދިރާސާތައް ކުރުމަށް ޓަކައި އެއްބާރުލުން ޤާއިމު ކުރުމާ ބެހޭގޮތުން ރަޝިޔާގެ "ރޫސް ކޮސްމޮސް" އާއި ޗައިނާގެ ސީއެންއެސްއޭ ވަނީ 2017ވަނަ އަހަރު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިދިޔަ އަހަރުގެ މާރިޗުމަހު ރޫސް ކޮސްމޮސްގެ ރައީސް ވަނީ ޗައިނާގެ ސީއެންއެސްއޭ ރައީސާ އެކު ހަވާއާ ބެހޭ ޢިލްމުތަކާއި ފަންނިއްޔާތުގެ މައިދާންތަކުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ. މި އެއްބަސްވުމުގެ ދަށުން ރަޝިޔާއާއި ޗައިނާ ގުޅިގެން ސައެންސީ ދިރާސާތައް ކުރުމަށް ޓަކައި ހަނދާ ބެހޭ ސްޓޭޝަނެއް ހަވާގައި ޤާއިމު ކުރާނެއެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *