ތުރްކީގައި އުފައްދާ މިސައިލް ނިޒާމުތަކާއި ޖައްވީ ދިފާޢީ ހަތިޔާރުތައް ތަޖްރިބާކުރުމަށް ޚާއްޞަ މަރްކަޒެއް އުފައްދަން ނިންމައިފިއެވެ.
މި މަރްކަޒު ޤާއިމު ކުރެވޭނީ ވެރިރަށް އަންކަރާގައެވެ. މިއީ ތުރްކީގެ ރައީސް އޮފީހުގެ ސީދާ ބެލުމުގެ ދަށުން ހިންގޭނެ ތަނެއްކަމަށް ތުރްކީގެ އަނާޟޫލް ނޫސް އޭޖެންސީ ބުނެއެވެ. މި އޭޖެންސީ ބުނާގޮތުގައި މި މަޝްރޫޢުގެ ބިނާރުތައް ވަރަށް އަވަހަށް ހަދައި ނިމޭނެއެވެ.
މި މަރްކަޒުގައި ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ޖައްވީ ދިފާޢީ ނިޒާމުތައް ތަރައްޤީކުރުމާއި ތަފާތު ދިފާޢީ ނިޒާމުތައް ގަތައިގެން އައު ނިޒާމުތައް އުފެއްދުމާއި މި ނިޒާމުތައް ތަޖްރިބާކޮށް އަޖުމަބެލުން ވެއެވެ. މި މަރްކަޒުގެ ނަމަކީ (HSTEM) އެވެ. މި ތާނގައި އެންމެ ފުރަތަމަ ތަޖްރިބާ ކުރެވޭނީ ROBOSİM ނަމަކަށް ކިޔާ އާލަތެކެވެ.

"ROBOSİM" ޕްރޮގްރާމަކީ ޖައްވީ ދިފާޢީ ނިޒާމުތަކުގައި މިސްރާބުކޮށްދޭ ސާމާނުތަކާ ބެހޭ ބައެވެ. އޭގެ ސަބަބުން މިސައިލްތައް އަމާޒުފަތްގަނޑަށް ވާޞިލުކޮށްދޭނެތެވެ. ޖައްވީ ދިފާޢީ ނިޒާމުތައް ޙަރަކާތްކުރަންޖެހޭ ގޮތްތައް ކަނޑައަޅައި އެ ދިމާއަށް މިސްރާބުކޮށް ނުވަތަ މިސްރާބު ބަދަލުކުރާނީ މި އާލަތުންނެވެ.
ތުރްކީން ބުނާގޮތުގައި ROBOSİM އާލަތަކީ ދުނިޔޭގައި އަދި އުފައްދައިފައި ނުވާ ޚާއްޞަ އާލަތެކެވެ. މި އާލަތުގެ ސަބަބުން
ޖައްވީ ދިފާޢީ ނިޒާމު އަމާޒުން ކައްސައިލައިގެން ނުދާނެކަމަށް ވެސް ތުރްކީން ބުނެއެވެ.



advertisment