Support Us

ޙަމާސުން ހަތިޔާރު އުފައްދާ ވަރކްޝޮޕަކަށް އިސްރާއީލުގެ ބޯޓުތައް ޙަމަލާދީފައި

އިސްރާއީލުން ޣައްޒާއަށް ޙަމަލާދިނުމުން ޤައްސާމު ޖަމާޢަތުން ރޮކެޓުން ރައްދުދީފި

ޙަމާސް ޖަމާޢާތުގެ ހަތިޔާރުއެޅި ފިޔަ ކަމުގައިވާ ޤައްސާމު ޖަމާޢަތުން ރޭ ފަތިހު އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ބިމުން ޖައްވަށް ފޮނުވާ ބާވަތުގެ ރޮކެޓުން ޙަމަލާދީފިއެވެ. މި ޖަމާޢަތުން ނެރުނު ބަޔާން ބުނާގޮތުގައި މިއީ އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ޙަމަލާއަށް ދިން ރައްދު ޙަމަލާއެކެވެ.

ޤައްސާމު ޙަރަކާތުން ނެރުނު ބަޔާން ބުނާގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތައް ޣައްޒާގެ ވައިގެ ރޭ ފަތިހު 4:30 ގައި ވަނުމުން "އަހުރެމެންގެ ޖައްވީ ދިފާޢުތަކުން އެ ބޯޓުތަކަށް ޙަމަލާދީ ފައްސައިލިއެވެ."

މިއީ 2012ގެ ފަހުން ޤައްސާމު ޖަމާޢާތުން އިސްރާއީލުގެ ބޯޓުތަކަށް ބިމުން ޖައްވަށް ފޮނުވާ ބާވަތުގެ ރޮކެޓުން ޙަމަލާދިން ފުރަތަމަ ފަހަރެވެ. މިއީ އޮސްޓްރިޔާގެ ޝްޓަޔަރ ނަމަކަށް ކިޔާ ޝިކާރަކުރާ ބަޑިއެއް  ތަރައްޤީކޮށްގެން ޤައްސާމުން ހަދައިފައިވާ ރޮކެޓެކެވެ. ޤައްސާމުން މި ރޮކެޓަށް ދީފައިވާ ނަމަކީ "ޣައުލް" އެވެ. ޤައްސާމުން މި ޙަމަލާ ދިނީ އިސްރާއީލުގެ ބޯޓުތަކުން ޤައްސާމުގެ މަރްކަޒަކަށް ރޭ ދަންވަރު ޙަމަލާދޭން އުޅުމުންނެވެ. އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާ ބެހޭގޮތުން ޙަމާސުން އަދި އެއްޗެއް ނުބުނެއެވެ.

އިސްރާއީލު ބުނާގޮތުގައި އެމީހުންގެ ބޯޓުތައް ޙަމަލާދިނީ ޙަމާސުން ހަތިޔާރު އުފައްދާ ވަރކްޝޮޕަކަށެވެ. އިސްރާއީލު ބުނާގޮތުގައި މި ޙަމަލާގައި އެ ވަރކްޝޮޕް ހަލާކުކޮށްލެވުނެވެ. އިސްރާއީލު ބުނާގޮތުގައި މި ވަރކްޝޮޕް ހުރީ ޣައްޒާގެ ޚާން ޔޫނުސްގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *