Support Us

އިސްރާއީލުން ޖަނީނު ފޭލިގެ އަވަށަށް އަރައި މަސްރަޙު ހޫނުކޮށްފި

އިސްރާއީލު ސިފައިން ޖަނީނު ފޭލިގެ އަވަށަށް އަރައި ފަލަސްޠީނު މީހުންނާ ދެކޮޅަށް ޙަމަލާދީ ފަލަސްޠީނުގެ 14 މީހަކު ޒަޚަމުކޮށްލައިފިއެވެ.

އިސްރާއީލު ބުނާގޮތުގައި އެ ތާނގެ ސިފައިން ހަތިޔާރާއެކު ޖަނީން ފޭލިގެ އަވަށަށް އެރީ ތައްލު އަބީބުގެ ޑެޒިންގޯފަށް ޙަމަލާދިން ފަލަސްޠީނުގެ ފިދާއީގެ ގެއަށް ޙަމަލާދީ އެ ގެ ތަޅައިލުމަށެވެ.

އިސްރާއީލު ސިފައިން މި ފޭލިގެ އަވަށަށް ވަދެ ދެ ގަޑި އިރުވަންދެން މި އަވަށުގެ ގެތައް ބަލައި ފާސްކޮށް މީހުން ހައްޔަރުކުރިއެވެ. އިސްރާއީލަށް ބޭނުންވާ މީހުންނޭ ކިޔައިފާ ފަލަސްޠީނުގެ ދެ ޒުވާނަކު ހައްޔަރުކޮށްގެން ގެންދިޔައެވެ. މީގެތެރެއިން އެކަކު ވަނީ ވަރަށް ބޮޑަށް ޒަޚަމުކޮށްލައިފައެވެ. ޖަނީނު ފޭލިގެ އަވަށުގެ އިތުރަށް އިސްރާއލު ސިފައިން ޖަނީނުގެ ދެކުނުގައި އޮންނަ ބަރްޤީން ރަށަށް ވެސް އެރިއެވެ.

އިސްރާއީލު ސިފައިންގެ ތަރްޖަމާނު އަފީޚާއި އަދްރުޢީ ބުނިގޮތުގައި އިސްރާއީލުން ބޭނުންވާ  މަސައްކަތްކޮށް ނިންމައިލެވިއްޖެއެވެ. އޭނާ ބުނިގޮތުގައި އިސްރާއީލު ސިފައިން ތައްލު އަބީބަށް ވަދެ ޙަމަލާދިން ފަލަސްޠީނުގެ ފިދާއީގެ ގެ ގޮއްވައިލައި ހަލާކުކޮށްލުމަށް ބޭނުންވާތީ އެކަމާ ބެހޭދިރާސާތައް ކުރެވުނެވެ. އިސްރާއީލު ސިފައިން ޖަނީނު ފޭލިގެ އަވަށަށް އެރީ އިސްރާއީލުގެ ޖާސޫސީ އިދާރާއާއި ދާޚިލީ އަމްނާ ބެހޭ ޖާސޫސީ އިދާރާ ޝަބާކުގެ އަމުރަށެވެ.

ޖަނީނުގެ ރައްޔިތުން އިސްރާއީލު ސިފައިން ޝަހީދުކޮށްލި އަޙްމަދުއް ސަޢުދީގެ ޖަނާޒާ ރޭ ބޭއްވިއެވެ. އޭނާގެ ހަށިގަނޑުވަނީ އިސްރާއީލުގެ  ލާއިންސާނީ ވަޒަންތަކުން  އިރައިގެން ގޮސްފައެވެ. ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޖަމާޢާތް ބުނާގޮތުގައި އޭނާއަކީ އެ ޖަމާޢަތުގެ ފިދާއީއެކެވެ. އިސްލާމީ ޖިހާދުން އޭނާއަށް ތަޢުޒިޔާ ކިޔާ ނެރުނު ބަޔާން ބުނާގޮތުގައި ފަލަސްޠީނޔގެ ހުރިހާ ޖަމާޢަތްތަކެއް އޮތީ އެކަތިގަނޑަކަށް ވެގެންނެވެ. ފަލަސްޠީނުގެ ބިންތަކަށް އަރައި ޢުދްވާނީ ޙަމަލާތައް ދިނުން ހުއްޓައިލުމަށް އެ ޖަމާޢަތުން އިސްރާއީލަށް އިންޒާރު ކުރިއެވެ. މި ޖަމާޢަތުގެ ތަރްޖަމާނު ޠާރިޤު ސަލްމާ ވިދާޅުވިގޮތުގައި މިއީ އިސްރާއީލުގެ އެތެރޭގެ ހަމަނުޖެހުންތައް ފޮރުވަން ވެގެން ކުރި ކަމެކެވެ.

ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން ވެސް އިސްރާއީލުގެ މި ޙަމަލާ ކުށްވެރިކޮށް ބަޔާނެއް ނެރުނެވެ މި ޖަމާޢަތުން ނެރުނު ބަޔާން ބުނާގޮތުގައި ފަލަސްޠީނުގެ ޝަހީދުންގެ ލޭ ބޭކާރުވެގެން ނުދާނެއެވެ. ފަލަސްޠީނުގެ ފިދާއީން މި ލޭގެ ބަދަލު ހޯދާނެއެވެ. ޙަމާސުގެ ބަޔާނުގައި އިސްރާއީލާ ކުރިމަތިލުމަށް ތައްޔާރުވުމަށް ފަލަސްޠީނު މީހުންނަށް ގޮވައިލިއެވެ.

ފަލަސްޠީނު ސަރުކާރުން ވެސް އިސްރާއީލުގެ މި ޢުދްވާނު ކުށްވެރިކޮށް ބަޔާނެއް ނެރުނެވެ. އިސްރާއީލުގެ މި ޢުދްވާނުގެ ސަބަބުން މަސްރަޙު ހޫނުވަމުންދާ ދިޔުމުގެ މަސްއޫލިއްޔަތު އިސްރާއީލުން ތަޙައްމުލު ކުރަން ޖެހޭނެކަމަށް ފަލަސްޠީނުގެ ޚާރިޖިއްޔާގެ ބަޔާން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *