Support Us

ޔުކްރޭނުގެ ޢަސްކަރީ 70 މަރްކަޒެއް ހަލާކުކޮށްލައިފިން: ރަޝިޔާ

ޔުކްރޭނުގެ ޢަސްކަރީ 70 މަރްކަޒެއް ހަލާކުކޮށްލައިފައިވާ ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން މިއަދު އިޢުލާންކޮށްފިއެވެ. މި ވުޒާރާގެ ތަރްޖަމާނު އީގޯރު ކޮނަޝްނިކޯފް ވިދާޅުވާ ގޮތުގައި ރޫސީ ސިފައިން ދަނީ ކަނޑައެޅިފައިވާ ގޮތުގެ މަތިން ޔުކްރޭންގެ ޢަސްކަރީ ބިނާރުތައް ހަލާކުކުރަމުންނެވެ.

ރަޝިޔާގެ ދިފާޢި ވުޒާރާއިން ބުނާގޮތުގައި ޔުކްރޭނުން ވަކިވެގަންފައިވާ ޑޮނަސްކްގެ ހަނގުރާމަވެރީން ޔުކްރޭނުގެ މީ- 24 މަރުކާގެ ދެ ހެލިކޮޕްޓަރު ސޯމީ ސަރަޙައްދުގައި މިއަދު ވައްޓައިލިއެވެ. މީގެ އިތުރަށް މި ހަނގުރާމަވެރީން ދަނީ ޔުކްރޭން ސިފައިން އެ ސަރަޙައްދަށް ފޭބުން މަނާކުރަމުންނެވެ.

އަނެއްކޮޅުން ޔުކްރޭންގެ ބޮޑުވަޒީރުގެ ނައިބާ މާރިޔޯޕޯލުންނާއި ބަރްޑިޔަންސްކުން ޢާންމުން ބޭލުމަށް ޓަކައި އަމާން މަގުތަކެއް ހުޅުވައިލުމާ ބެހޭގޮތުން ވާހަކަދެއްކުންތައް ބޭއްވެމުންދާ ކަމަށް ވިދާޅުވެއްޖެއެވެ. އޭނާ ޔުކްރޭން ސިފައިންގެ މައިމަރްކަޒާ ޙަވާލާދީ ވިދާޅުވާގޮތުގައި ރޫސީ ސިފައިންގެ އިތުރު ފައުޖުތައް ޑޮނެސްކާއި ލޮގާންސްކާއި ސްލޮބަޒާންސްކީއަށް ދަނީ އަރަމުންނެވެ.

އަނެއްކޮޅުން ޝީޝާނުގެ ރައީސް ރަމަޟާން ޤަދީރޯފް އޭނާގެ ޓެލެގްރާމުގައި ވިދާޅުވެފައިވާ ގޮތުގައި ޝީޝާނުގެ ހަނގުރާމަވެރީން ޔުކްރޭންގެ މާރިޔޯޕޮލް ސަހަރުގެ ތަންތަން ހިފަމުން އެބަދެއެވެ. އޭނާ ވިދާޅުވިގޮތުގައި ނިރުބަވެރީންގެ އެއްވެސް މީހަކު ދުލެއް ނުކޮށްލެވޭނެއެވެ.

އަނެއްކޮޅުން ޔުކްރޭންގެ ރައީސް ޒިލްންސްކީ ހާމަކުރައްވާ ގޮތުގައި ޔުކްރޭންގެ އިރުމަތީ ސަރަޙައްދު އޮތީ ވަރަށް ނާޒުކު ޙާލަތެއްގައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ރަޝިޔާއިން ދަނީ ޑޮންބާސަށާއި ޚާރިކީވަށް ޙަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންނެވެ. އޭނާ ހަނގުރާމަމަތީ މަތިންބޯޓު ދިނުމަށް މިއަދު ވެސް ހުޅަނގަށް ގޮވައިލެއްވިއެވެ. މި މޭރުމުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވިއެވެ. "ރަޝިޔާ ބަލިކުރުންނޫން ގޮތެއް ޔުކްރޭނުން ޤަބޫލެއް ނުކުރާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *