Support Us

ކެނެޑާގައި ކޯރާޑިއެއް ހިފައިގެން މިސްކިތަކަށް އަރައި ޙަމަލާއެއް ދޭން އުޅެފި

ކެނެޑާގެ މިސިސޯޖާގައި އިއްޔެ ފަތިސް ނަމާދު ވަގުތުގައި މީހަކު މިސްކިތަކަށް އަރައި ނަމާދު ކުރަން ތިބި މީހުންނަށް ކޯރާޑިއަކުން ޙަމަލާދޭން މަސައްކަތްކޮށްފިއެވެ.

ނަމާދު ކުރަން ތިބި މީހުން އޭނާއާ ކުރިމަތިލައި އޭނާ ހައްޔަރުކޮށް ފުލުހުންނާ ހަވާލުކުރިކަމަށް މިސްކިތުގެ އިމާމު ވިދާޅުވިއެވެ. މި ޙަމަލާގެ ސަބަބުން މީހަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ.

މިސްކިތުގެ އިމާމު އިބްރާހީމު ހިންދީ އަނާޟޫލް ނޫސް އޭޖެންސީއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ނަމާދު ކުރަން ތިއްބާ މީހަކު މިސްކިތަށް އަރާ އެންމެން ގަޔަށް މިރުސް ފެން ބުރުއްސާ ފެށީއެވެ.

ޙަމަލާދޭން އުޅުނުމީހާ އަތުގައި ބޮޑު ކޯރާޑިއެއް

ހިންދީ ވިދާޅުވިއެވެ. "އެހިނދު ހިނގަމުންދަނީ ކޮން ކަމެއްތޯ ބަލައިލުމަށް ޓަކައި ނަމާދު ކުރަންތިބި ބައެއް މީހުން ފަހަތަށް އެނބުރިލިއެވެ. އެމީހުންނަށް ފެނުނީ ކޯރާޑިއެއް ހިފައިގެން ހުރިމީހަކު މިރުސް ފެން މީހުންގެ ގަޔަށާއި ބޯމައްޗަށް ޖަހަމުންދިޔަ ތަނެވެ." ޝައިޚު ވިދާޅުވިއެވެ. "އެމީހާ އުޅުނީ އެންމެންގެ ލޮލަށާއި ބޮލަށް މިރުސް ފެން ޖަހައިފާ މީހުންނަށް ޙަމަލާދޭށެވެ. އެހިނދު 19 އަހަރުގެ ޒުވާނަކު މި މިހާއަށް ޙަމަލާދީ ބިންމައްޗަށް ވައްޓައިލިއެވެ. އަދި އެހެން މީހުން އައިސް އޭނާ ހިފަހެއްޓިއެވެ. ދެން ފުލުހުންނަށް އެންގީމާ އައިސް އެމީހާ ހައްޔަރުކޮށްގެން ގެންދިޔައީއެވެ." މިސްކިތުގެ އިމާމު ވިދާޅުވި ގޮތުގައި މި ހާދިސާގައި މީހަކު ޒަޚަމު ނުވިޔަސް މިރުސްފެނުގެ ސަބަބުން ބައެއް މީހުންނަށް ފަރުވާދޭން ޖެހުނެވެ.

މި މީހާ މިސްކިތަށް އެރީ ކެނެޑާ ގަނޑިން ހެނދުނު 7:00 ގައެވެ. މިހާރު ކެނެޑާ ފުލުހުން ދަނީ މަސްއަލަ ތަޙްޤީޤު ކުރަމުންނެވެ.

ހުޅަނގުގެ ތަހްޒީބީ ޤައުމުތަކުގައި މުސްލިމުންނަށާއި މިސކިތްތަކަށް ގޯނާކުރުމަކީ ވަރަށް ޢާންމު ކަމެކެވެ. މިފަދަ ޙަމަލާތައް ދޭ މީހުން މޮޔައަކަށް ހަދައިފާ ދޫކޮށްލައިފައި ވެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ނޭޓޯގެ އެކުވެރިންނަށާއި ހުޅަނގު އަދި އެމެރިކާގެ އިތުރުން އަވަށްޓެރި އިންޑިއާ އަކީ މުސްލިމުންނާ އިދިކޮޅު ކާފަރު މެޖޯރިޓީ. އެމީހުނަށް ތާއީދު ކުރާ ބަޔަކު މިފަސްގަނޑުގަވެސް އުޅޭތީ މައްސަލައަކީ. ދެންވެސް ކިޔަނީ ހަމަ އިސްލާމުން ތޯ އެވެ؟ ރޫސީން މިއަދު ޔަހޫދީ ދައުކަތަކާ ދެކޮޅަށް އެކުރަމުންދާ ހަނގުރާމައިގައިވެސް ޔަހޫދީ ލީޑަރު ޒެލެންސްކީ އަށް ނަޞްރަށް އެދި ބަޔަކު މީހުން ދުޢާ އެބަކުރެއެވެ. ދެންވެސް ކިޔަންވީ އެއީވެސް ހަމަ އިސްލާމުން ތޯއެވެ؟ ނަމާދަށް ހުންނައިރު މުސްލިމުންނަށް ހަމަލަ ދިނުމާއި ޤުރުއާން ފޮތް ވީދައި އެއަށް ކުޑަކަމު ދިޔާމަ ދެންވެސް ކިޔަންވީ ހަމަ އިސްލާމުން ތޯއެވެ؟ އަދި އެފަދަ މުޑުދާރު ޢަމަލު ހިންގީމާ އެމީހަކީ ބުއްދި ހަމަނުޖެހޭ ނުވަތަ ނަފްސާނީ ބަލި މީހެކޭ ކިޔާފަ ދޫކޮށްލާ ހާކިމާ އަށްވެސް ކިޔަންވީ އިސްލާމެއްތޯ އެވެ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *