Support Us

ރޫސީ ސިފައިންނާ ކުރިމަތިލުމަށް "ބައިނަލްއަޤްވާމީ ފައުޖެއް" އެކުލަވައިލަނީ

ރޫސީ ސިފައިން ޔުކްރޭންގެ ވެރިރަށް ކިޔޭފާ ކައިރިވަމުން އަންނާތީ ރޫސީ ސިފައިންގެ ފައުޖުތަކާ ކުރިމަތިލުމަށް "ބައިނަލްއަޤްވާމީ ފައުޖެއް" އެކުލަވައިލުމަށް ޔުކްރޭނުން ގަސްތުކުރާކަން އިޢުލާން ކޮށްފިއެވެ.

އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ޔުކްރޭންގެ ވައިގެ މުޅި ސަރަޙައްދަށް ރޫސީ ސިފައިން މިހާރު ވަނީ ވެރިވެގަންފައެވެ.

މެކްސާރ ކުންފުނިން ބުނާގޮތުގައި އެ ކުންފުނީގެ ހެދިހަނދުތަކުން ނަގައިފައިވާ ފޮޓޯތައް ދައްކާގޮތުގައި ރޫސީ ސިފައިންގެ ފައުޖުތައް ޔުކްރޭންގެ ވެރިރަށާ ދަނީ ކައިރިވަމުންނެވެ. އިއްޔެ މި ފައުޖުތައް އޮތީ 72 ކީލޯ މީޓަރު ދުރުގައެވެ. ރޭ މި ފައުޖުތައް 27 ކީލޯ މީޓަރާ ކައިރިއަށް ޖެހިއްޖެއެވެ. މެކްސާރ ކުންފުނި ބުނާގޮތުގައި ރޫސީ ސިފައިންގެ ފައުޖުތަކުގައި އެތައް ސަތޭކަ އާޓިލަރީ އުޅަނދާއި ޓޭންކާއި ލޮޖިސްޓިކް އެހީ ފޯރުކޮށްދޭ އުޅަނދުތައް ވެއެވެ.

އިއްޔެ ބޭއްވި ޞުލްޙައާ ބެހޭ ވާހަކަދެއްކުންތައް ހަމަ ނިމުމުން ރޫސީ ސިފައިން ކިޔޭފަށް ޙަމަލަދޭން ފަށައިފި ކަމަށް ވެސް ޚަބަރުފަތުރާ ނޫސް އޭޖެންސީތައް ބުންޏެވެ. ރަޝިޔާގެ ނޫސް އޭޖެންސީތައް ބުނާގޮތުގައި ވާހަކަތައް ކުރިއަށް ގެންދިޔުމަށްޓަކައި  އައު ބުރެއް ބާއްވާނެ ދުވަހަކަށް އެއްބަސްނުވެ ދެ ވަފްދު ޤައުމަށް އެނބުރި ދިޔައީއެވެ.

ޖަޒީރާގެ މުރާސިލު ބުނާގޮތުގައި ވާހަކަދެއްކުންތައް ހަމަ ނިމުމާއެކު ޔުކްރޭންގެ ވެރިރަށް ކިޔޭފުގައި ވަރަށް ބާރުގަދަ ތިނެއްޗެއް ގޮވިއެވެ. އޭނާ ސިފަކުރިގޮތުގައި މި އެއްޗެހިތައް ގޮވުމާއެކު އެތައް ތަނެއްގައި އަލިފާން ރޯވިއެވެ.

އެއްގަމު ފާލަމެއް

ޖަޒީރާ ބުނާގޮތުގައި ރަޝިޔާއިން މިހާރު ދަނީ ކިޔޭފަށް ޙަމަލާތައް ދިނުމަށް ޓަކައި ރޫސީ ސިފައިންނާއި ހަތިޔާރު މެދުނުކެނޑި ފޮނުވުމަށް ޓަކައި އެއްގަމު މަގުން ފާލަމެއް އަޅަމުންނެވެ.

ޔުކްރޭންގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ ޔުކްރޭންގެ އޮޑީސާ ސަހަރަށް ރޫސީ ސިފައިން ރޭ ވެސް ޙަމަލާތައް ދިނެވެ.ޔުކްރޭންގެ އެންމެ ބޮޑު ދެވަނަ ސަހަރު ކަމުގައިވާ ޚާރުކޭފަށް ރޫސީން ޙަމަލާތައް މެދު ނުކެނޑި ދެމުން އެބަ ދެއެވެ. މިއީ1.5 މިލިއަން މީހުން ދިރިއުޅޭ ސަހަރެކެވެ.  ޔުކްރޭންގެ ޑޮންބާސް ސަރަޙައްދުގައި ވަކިވެގަންފައިވާ ޔުކްރޭން ބާރުތަކާ ޔުކްރޭންގެ ސިފައިންނާ ދެމެދުގައި ހަނގުރާމަ ހިނގަމުންދާ ކަމަށް ވެސް ޔުކްރޭނުން ބުންޏެވެ. ރަޝިޔާއިން ބުނާގޮތުގައި ޔުކްރޭންގެ ނިޔުކްލިއަރ ހަކަތައާ ބެހޭ ސްޓޭޝަނެއް ކަމުގައިވާ ޒަބަރޯޖިޔާ ސްޓޭޝަންގެ ވަށައިގެން މިހާރު ތިބީ ރޫސީ ސިފައިންނެވެ. ރޫސީ ދިފާޢީ ވުޒާރާއިން ބުނާގޮތުގައި ރޫސީ ވިލާތުގެ ތަޖްރިބާކާރުން މިހާރު ދަނީ މި ސްޓޭޝަން މަރާމާތުކޮށް ބަލަހައްޓަމުންނެވެ.

އަނެއްކޮޅުން ބަލާއިރު ރަޝިޔާއިން މަނާ ހަތިޔާރު ބޭނުންކުރަމުންދާ ކަމަށް އެމެރިކާގައި ހުންނަވާ ޔުކްރޭން  ސަފީރާ ތުހްމަތު ކުރައްވައިފިއެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިޔާއިން އިއްޔެ ވަނީ "ކޯޅި ބޮން" ބޭނުންކޮށްފައެވެ. އަދި ރޭ ވަނީ "ވެކިއޫމް ބޮން" ބޭނުންކޮށްފައެވެ.

ހަތިޔާރާއި ވޮލަންޓިއަރުން

ޔުކްރޭންގެ ދިފާޢީ ވަޒީރު ހާމަކުރެއްވި ގޮތުގައި ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ޙަމަލާ ދިނުމަށް ޓަކައި ޔުކްރޭނުން ދަނީ ތުރްކީގެ ބައިރަޤްދާރު ޑްރޯން ބޭނުން ކުރަމުންނެވެ. ޔުކްރޭނުން ބުނާގޮތުގައި ރޫސީ ސިފައިންގެ ފަސް ހާސް ސިފައިން މަރައިލެވިއްޖެއެވެ. އަދި އެތައް ސަތޭކަ ސިފައިންނެއް ހައްޔަރުކޮށް އަސީރު ކުރެވިއްޖެއެވެ. ޔުކްރޭނުން ބުނި ގޮތުގައި "ރަޝިޔާއަށް އޮތީ މަރުވުމެވެ. ނުވަތަ އަމާންދިނުމެވެ."

ޔުކްރޭނުން ބުނާގޮތުގައި ކިޔޭފުން މަސައްކަތް ކުރަމުންދަނީ ބޭރުގެ ހަނގުރާމަވެރީންނަށް ޔުކްރޭނާ އެއްކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައި އައު ޔުނިޓްތައް އުފައްދަމުންނެވެ. މި ފައުޖަށް ކިޔާނީ "ބައިނަލްއަޤްވާމީ ފައުޖު" ކަމަށް ޔުކްރޭންގެ ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

އަނެއްކޮޅުން ޔޫރަޕްގެ އިއްތިޙާދު ބުނާގޮތުގައި ސްޕޭންގެ ވެރިރަށް މެޑްރިޑްގައި ހުންނަ ހެދި ހަނދުގެ މަރްކަޒުން ރޫސީ ސިފައިން ޙަރަކާތްތެރިވަމުންދާ ގޮތުގެ މަޢުލޫމާތު ޔުކްރޭނަށް ދިނުމަށް އެންގިއްޖެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް