Support Us

ޔުކްރޭނުން ރަޝިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ކޯޓަށް

ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ ޙަމަލާތަކާ ގުޅިގެން ކިޔޭފުން މޮސްކޯއާ ދެކޮޅަށް ދުނިޔޭގެ އެންމެ މަތީ ކޯޓަށް ދަޢުވާއެއް ހުށައަޅައިފިއެވެ.

ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ޙަމަލާތައް ފެށީ ޔުކްރޭނުން ޖަމާޢީގޮތަކަށް ނަސްލު ނައްތައިލަމުންދާތީ ކަމަށް އެކަން ހުއްޓުވުމަށް ކަމަށް މޮސްކޯއިން ބުނާ ބުނުމަކީ "އެއްވެސް އަސާސެއްނެތް ބިންގަލެއް ނެތް" ތުހްމަތުތަކެއް ކަމަށް ކިޔޭފުން ބުންޏެވެ. ކިޔޭފްގެ މި ދަޢުވާގައި މި ކޯޓުގެ ކިބައިން އެދިފައި ވަނީ އެ ޤައުމު ޙިމާޔަތް ކުރުމަށް ޓަކައި ރަޝިޔާގެ ޙަމަލާތައް ހުއްޓުވުމަށް "ވަގުތީ އަމުރެއް" ނެރެދިނުމަށެވެ.

އަނެއްކޮޅުން ޔުކްރޭނަށް ދެމުންގެންދާ ޙަމަލާތަކާ ބެހޭ ގޮތުން އދގެ ޢާންމު ޖަމްޢިއްޔާގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ސަލާމަތީ މަޖިލީހުން ރޭ ނިންމައިފިއެވެ. މި ޖަލްސާ ބޭއްވުމަށް ސަލާމަތީ މަޖިލީހުގެ 11 މަންބަރުންގެ އަޣްލަބިއްޔަތުން ފާސްވީ ރަޝިޔާ ކުށްވެރިކޮށް އެމެރިކާއިން މި މަޖިލީހަށް ހުށައެޅި ޤަރާރު ރަޝިޔާއިން ވީޓޯކޮށް ބާޠިލުކޮށްލުމުންނެވެ. ސަލާމަތީ މަޖިލީހުގައި ރަޝިޔާއާ ދެކޮޅަށް ވޯޓު ނުދޭ ޤައުމުތަކަކީ ޗައިނާއާއި އިންޑިއާއާއި އިމާރާތެވެ.

ހުޅަނގުން ތުހްމަތު ކުރާގޮތުގައި ރަޝިޔާއިން އެއްގަމާއި ކަނޑާއި ވައިގެ މަގުން ޔުކްރޭނަށް ދެމުންގެންދާ ޢަސްކަރީ ޙަމަލާތަކަކީ ޢުދްވާނެކެވެ. މި ހަނގުރާމައިގެ ސަބަބުން ލައްކައެއްހާ މީހުން ވަނީ ޔުކްރޭނުން ފައިބައިފައެވެ. ދެ ފަރާތުން އެތައް ހާސް ބަޔަކު މަރުވެއްޖެކަމަށް ޚަބަރުތައް ބުނެއެވެ. ރަޝިޔާއިން މިހާރު ދަނީ ޔުކްރޭންގެ ހުރިހާ ސަހަރުތަކަކަށް ޙަމަލާދެމުންނެވެ.

ޔުކްރޭނަކީ 44 މިލިއަން މީހުން ދިރިއުޅޭ އޭރިޔާގެ ގޮތުން ޔޫރަޕްގެ އެންމެ ބޮޑު ދެވަނަ ޤައުމެވެ. ހަނގުރާމަ ފެށުނީ ޔުކްރޭން ނޭޓޯގައްޔާއި ޔުރަޕްގެ އިއްތިޙާދުގައި ބައިވެރިވާން މަސައްކަތް ކުރާން ފެށުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *