Support Us

ރަޝިޔާ ކުށްވެރިކުރާ ޔުކްރޭނާ ބެހޭ އެމެރިކާގެ މަޝްރޫޢަށް ޗައިނާ، އިންޑިޔާ، އިމާރާތް ވޯޓު ނުދޭ

ރަޝިޔާ އިން ޔުކްރޭނަށް ދެމުންގެންދާ ޢަސްކަރީ ޙަމަލާތައް ކުށްވެރި،ކުރުމަށް އެމެރިކާއިން ސަލާމަތީ މަޖިލީހަށް ހުށައެޅި މަޝްރޫޢު ރަޝިޔާއިން ރޭ ވީޓޯ ކުރުމުން ނާކާމިޔާބު ވެއްޖެއެވެ.

މި މަޝްރޫޢާ އެއްކޮޅުން ސަލާމަތީ މަޖިލީހުގެ 11 މެންބަރުން ވޯޓު ދިނެވެ. ވޯޓު ދިނުމުން މަނާވެގަތް ޤައުމުތަކަކީ ޗައިނާ، އިންޑިޔާ އަދި އެކުވެރި ޢަރަބި އިމާރާތެވެ.

މި ނަތީޖާއާމެދު އުފާކުރަމުން ހުޅަނގުގެ ޤައުމުތައް ބުނިގޮތުގައި މިއީ އެ ޤައުމުތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރަޝިޔާ އެކަހެރިވެފައިވާ މިންވަރު މިއިން އެނގެއެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންނަށް ވީޓޯ ކުރުމުގެ ބާރު ލިބިފައިވާތީ އެއިން ޤައުމަކާ ދެކޮޅަށް ސަލާމަތީ މަޖިލީހުގައި އެއްވެސް ޤަރާރެއް ފާސްކުރެވިފައެއް ނުވެއެވެ. އިސްރާއީލުން ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށް ދެމުންދާ އެއްވެސް ޙަމަލާއެއް ސަލާމަތީ މަޖިލީހުގައި ކުށްވެރި ނުކުރެވިފައިވަނީ އެމެރިކާގެ ވީޓޯތަކުގެ ސަބަބުންނެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް