Support Us

ޔުކްރޭނުން ރަޝިޔާގެ ބިލްގްރޯޑް ސަހަރަށް ޙަމަލާދޭން ފަށައިފި

ރޫސީވިލާތުގެ މަޝްހޫރު ޓާސް ނޫސް އޭޖެންސީ ބުނާގޮތުގައި ޔުކްރޭނުން ރަޝިޔާގެ ސަރަޙައްދީ ރަށެއް ކަމުގައިވާ ބިލްގްރޯޑް ސަހަރަށް ބޮޑު ބަޑިން ޙަމަލާދީފިއެވެ. މިއީ ޔުކްރޭނުން ޙަމަލާދިން ރަޝިޔާގެ ފުރަތަމަ ސަހަރެވެ.

ބިލްގްރޯޑް މިއީ ޔުކްރޭނުގެ އެންމެ ބޮޑު ދެވަނަ ސަހަރު ކަމުގައިވާ ޚާރިކޯފާ 70 ކީލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.

އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ޔުކްރޭނުގައި ރަޝިޔާއިން ހިންގަމުންދާ ޢަސްކަރީ ޢަމަލުތަކުގެ ތެރޭގައި އެ ޤައުމުގެ ހަނގުރާމަމަތީ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ. އެއީ ސްޚޯއި- 25 މަރުކާގެ ބޯޓެކެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި މި ބޯޓު ވެއްޓުނީ ފަންނީ މަސްއަލައަކާ ހެދިއެވެ. މި ބޯޓުގެ ޕައިލެޓް ވައިކުޑައިން ފުންމާލައި އޭނާ ވަނީ ސަލާމަތް ކުރެވިފައިވާ ކަމަށް މޮސްކޯއިން ބުންޏެވެ.

އަނެއްކޮޅުން ޔުކްރޭން ބުނާގޮތުގައި އެ ޤައުމުގެ ސިފައިން ރަޝިޔާގެ ހަނގުރާމަމަތީ އެތައް މަތިންދާބޯޓުތަކަކާއި ހެލިކޮޕްޓަރުތަކެއް ވައްޓާލައި ހަލާކުކޮށްލެވިއްޖެއެވެ. އެހެނަސް މޮސްކޯއިން މި ޚަބަރު ދޮގު ކުރެއެވެ.

ރަޝިޔާގެ މީޑިއާތައް އެ ޤައުމުގެ ދިފާޢީ ވުޒާރާއާ ޙަވާލާދީ ބުނާގޮތުގައި ޔުކްރޭނުން ބިންމަތީގައި ބިނާކޮށްފައިވާ ޢަސްކަރީ 74 ބިނާރެއް މިއަދުގެ ޙަމަލާތަކުގައި ހަލާކުކޮށްލެވުނެވެ. އޭގެތެރޭގައި 11 ރަންވޭ ހިމެނެއެވެ.

ޔުކްރޭނުގެ ފުލުހުން ބުނާގޮތުގައި މިއަދު ރަޝިޔާއިން 203 ޙަމަލާދިނެވެ. ޔުކްރޭނުގެ ހުރިހާ ސަރަޙައްދުތަކެއްގައި މިހާރު ހަނގުރާމަ ހިނގަމުން އެބަދެއެވެ.

ޔުކްރޭނުގެ ސަރަޙައްދީ ސިފައިން ބުނާގޮތުގައި އެ ޤައުމުގެ އިރުމަތީ ރަށެއްކަމުގައިވާ ސޯމީގައި ރޫސީ ބާރުތަކާ ދެކޮޅަށް ވަރަށް ވަރުގަދައަށް ހަނގުރާމަ ހިނގަމުން ދެއެވެ .މި ކުރިމަތިލުންތަކުގައި ރޫސީ ސިފައިންގެ އެތައް ބަޔަކު އަސީރުވެސް ވިޔެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *