Support Us

ނޭޓޯ ބާރުވެރިކުރުވުމަށް ބޯލްޓިކް ސަރަޙައްދަށް އެމެރިކާއިން ސިފައިންނާއި ހެލިކޮޕްޓަރުތައް ފޮނުވަނީ

ނޭޓޯ ބާރުވެރިކުރުވުމަށް ޓަކައި އެމެރިކާއިން ބޯލްޓިކް ސަރަޙައްދަށް 800 ސިފައިންނާއި އެފް-35 މަރުކާގެ ހަނގުރާމަމަތީ އަށް މަތިންދާބޯޓު ފޮނުވަން ރައީސް ޖޯ ބައިޑްން ނިންމަވައިފިއެވެ.

ނަން ހާމަނުކުރަން ޝަރްޠު ކުރެއްވުމަށްފަހު އެމެރިކާގެ މަސްއޫލުވެރިއަކު ރޮއެޓަރޒް އަށް ވިދާޅުވި ގޮތުގައި އެމެރިކާއިން އަބާޗީ މަރުކާގެ 32 ހެލިކޮޕްޓަރު ބޯލްޓިކް ސަރަޙައްދަށާއި ޕޯލެންޑަށް ފޮނުވާނެއެވެ. މި ހަތިޔާރުތައް އެމެރިކާއިން ފޮނުވާނީ ޔޫރަޕްގެ އެކި ސަރަޙައްދުތަކުން ނަގައިގެން ކަމަށް ވެސް ރޮއެޓަރޒް ބުންޏެވެ.

އެމެރިކާގެ ދިފާޢީ އިސް މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި މި ބާރުތައް މި ފޮނުވަނީ "ނޭޓޯގެ އެކުވެރީންނަށް ހިތްހަމަޖެހުން ދިނުމަށާއި ނޭޓޯގެ މެންބަރު ޤައުމަކަށް ދެވިދާނެ ކޮންމެ ޢުދްވާނެއް މަތަކޮށް ދިފާޢު ކުރުމަށް" ޓަކައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެއްވެސް އައު ބާރެއް އެމެރިކާއިން ސީދާ ފޮނުވާގޮތަށް އަދި ހަމަޖެހިފައެއް ނުވެއެވެ.

ޔުކްރޭނުގެ ރައްދު

ޔުކްރޭނުގެ މަސްރަޙު ހޫނުވަމުންދާތީ ޔުކްރޭންގެ ރައީސް ޒިލެންސްކީ އެ ޤައުމުގެ ރިޒަރވް ބާރުތައް ޚިދްމަތަށް ނެރުމަށް ވަނީ އަމުރުކުރައްވައިފައެވެ. އެހެނަސް އޭނާ ވިދާޅުވިގޮތުގައި މުޅި ޤައުމު ހަނގުރާމައަށް ތައްޔާރެއް ނުކުރެވޭނެއެވެ. ޔުކްރޭނުން މި ފިޔަވަޅު އެޅީ ރޫސީ ސިފައިން ޔުކްރޭނުގެ އިރުމަތީ ސަރަޙައްދަށް އަރައިފާނެތީއެވެ.

ޔުކްރޭނުގެ ރައީސް ޒިލެންސްކީ ވިދާޅުވި ގޮތުގައި އޭނާ އަދިވެސް މި މަސައްކަތް ކުރައްވަނީ މި މަސައްލައަށް ޑިޕްލޮމެޓިކް ޙައްލެއް ލިބިވަޑައިގަންނަވާތޯއެވެ. ގިނަ ފަރާތްތަކެއް ބައިވެރިވާ ވާހަކަދެއްކުންތަކެއް ބޭއްވޭތޯ ތުރްކީން މަސައްކަތް ކުރަމުންދާތީ އޭނާ އެކަމަށް މަރްޙަބާ ވިދާޅުވިއެވެ. އެހެނަސް ޔުކްރޭނުން އެ ޤައުމުގެ ބިމުން އެންމެ އިންޗިއެއްވެސް ރަޝިޔާއަށް ދުކޮށްނުލާނެ ކަމަށް ޔުކްރޭނުގެ ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް