Support Us

ބައިޑްން ބިރުދެއްކެވިއިރު ޕޫޓިން ޖާމިނުވުމަށް އެދިވަޑައިގެންނެވި

އެމެރިކާގެ ރައީސް ބައިޑްނާއި ރޫސީ ރައީސް ޕޫޓިން ދާދިވަރުކޮށް އިއްޔެ ބޭއްވެވި ބައްދަލުވުމުގައި ނޭޓޯ އިރުމައްޗާ ވީ ފަރާތަށް އިތުރަށް ފުޅައު ކުރަމުން ނުގެންދާނެ ކަމުގެ ޖާމިނުވުމަކަށް ރައީސް ޕޫޓިން އެދިވަޑައިގެންފިއެވެ. އަނެއްކޮޅުން ބަލާއިރު ރަޝިޔާއިން ޔުކްރޭނަށް ޢަސްކަރީ ޙަމަލާއެއް ދީފިނަމަ އިޤްތިޞާދީގޮތުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް މޮސްކޯއާ ދެކޮޅަށް އެޅޭނެ ކަމަށް ވިދާޅުވެ ރައީސް ބައިޑްން މޮސްކޯއަށް އިންޒާރު ދެއްވިއެވެ.

ޓީވީ ކޮންފަރެންސުކޮށް ބޭއްވުނު ސަމިޓާ ބެހޭގޮތުން ކްރެމްލިނުން ނެރުނު ބަޔާން ބުނާގޮތުގައި ދެ ގަޑިއިރަށް ދެމިގެން ދިޔަ މި ސަމިޓްގައި އިންސާފު ކުރެވުނު އެންމެ މުހިއްމު މައުޟޫޢަކީ ޔުކްރޭނެވެ. ކްރެމްލިނުން ނެރުނު ބަޔާން ބުނިގޮތުގައި މިއީ "ހުޅުވިފައިވާ" ބައްދަލުވުމެކެވެ. މި ދިޔަ ޖޫން މަހުގެ 16ވަނަ ދުވަހު ޖެނީވާގައި ދެ ޒަޢީމުން ބޭއްވެވި ސަމިޓްގެ ނިންމުންތައް ތަންފީޒުވަމުންދާގޮތަށް ވެސް ދެ ޒަޢީމުން މި ސަމިޓްގައި ބައްލަވައިލެއްވިއެވެ.

މި ބަޔާން ބުނިގޮތުގައި ރަޝިޔާއާއި އެމެރިކާއާ ދެމެދުގައިވާ ގުޅުންތަކާ ގުޅޭގޮތުން ޖެނީވާގައި ބަޙުސްކުރެވުނު ރަނގަޅު މަސްރަޙު ދަމަހައްޓަންޖެހޭނެއެވެ. މި ބައްދަލުވުމުގައި އެއްބަސްވެވުނު ކަންތައް ވިލަރެސްކޮށްގެން ތަންފީޒު ކުރުމަކީ ޖެނީވާގެ ރޫޙު ދެމެހެއްޓުމަށް މުހިއްމު ކަމެއްކަމަށް މި ބަޔާނުގައި އައިސްފައި ވެއެވެ. އަލަށް އުފެދޭ މަސްއަލަތައް ވެސް ޙައްލު ކުރާން ވާނީ މި ގިއުގަނޑުގެ ތެރޭގައި ކަމަށް މޮސްކޯއިން ބުންޏެވެ.

އަނެއްކޮޅުން ބަލާއިރު ރަޝިޔާއިން ޔުކްރޭނަށް ޙަމަލާދިނުމާ ދުރުހެލިވުމަށާއި ޔުކްރޭނަށް ޙަމަލާއެއް ދީފިނަމަ ރަޝިޔާއާ ދެކޮޅަށް އިޤްތިޞާދީ ހަރުކަށި ފިޔަވަޅު އެމެރިކާއިންނާއި ޔޫރަޕްގެ އިއްތިހާދުން އަޅައިނެކަމަށާއި ރަޝިޔާއިން ޔޫރަޕަށް ގޭސް ފޮނުވުމަށް ޓަކައި ފަށައިފައިވާ ނޯރޑް ސްޓްރީމް ދެ މަޝްރޫޢު ކުރިއަށް ގެންދިޔުން ހުއްޓައިލެވޭނެކަމަށާއި ޔުކްރޭނަށް ޒަމާނީ ދިފާޢީ ބާރުގަދަ ވަސީލަތްތައް ތަނަވަސްކޮށްދެވޭނެކަމުގެ އިންޒާރު ބައިޑްން ދެއްވިއެވެ.

މި ބައްދަލު ކުރެއްވުމަށްފަހު އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާން ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ވިދާޅުވިއެވެ. "2014ވަނަ އަހަރު އަހުރެމެން ނުކުރި ކަންތައް ކުރާން މިހާރު މި ތިބީ ތައްޔާރުވެގެންނެވެ." އޭނާ މި ތާނގައި އިޝާރަތް މި ކުރައްވަނީ ރަޝިޔާއިން ޔުކްރޭނިޔާގެ ކްރިމިއާ ހިފިހިފުމަށެވެ. އޭނާ ވިދާޅުވިގޮތުގައި ބޯލްޓިކް ސަރަހައްދުގައި ތިބި އެމެރިކާގެ އެކުވެރީން އެމެރިކާގެ އިތުރު "ޤާބިލުކަމަށް" ނުވަތަ ސިފައިން ފޮނުވުމަށް އެދިއްޖެނަމަ އެމެރިކާއިން އެ ޤައުމުތަކަށް ވަރަށް އީޖާބީކޮށް އިޖާބަދޭނެއެވެ.

އެމެރިކާގެ އެހެން މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި "އަހުރެމެންގެ އަމާޒަކަށް ރަޝިޔާގެ އެންމެ ބޮޑެތި ބޭންކުތައް ހަދާނަމެވެ. މިކަމުގެ ސަބަބުން ރަޝިޔާގެ ރޫބެލް ޑޮލަރަށް ނުވަތަ އެހެނިހެން ފައިސާތަކަށް ބަދަލެއް ނުކުރެވޭނެއެވެ." އޭނާ ވިދާޅުވިގޮތުގައި މި ސަމިޓްގައި "ވަރަށް ގިނައިން އެއްލައި ހިފުން" އޮތެވެ. އެހެނަސް އެއީ އިންޒާރު ދިނުމެއްނޫނެވެ. އަދި އެއީ ބިރުގެންވުމެއްވެސް ނުމެނޫންމެއެވެ. ރައީސް ބައިޑްން ވަރަށް ސާފުކޮށް ކޮންމެ މަސްއަލައެއްގައި އެމެރިކާ އޮތް ހިސާބު ބަޔާންކޮށް ދެއްވިއެވެ.

ރައީސް ޕޫޓިން ވިދާޅުވިގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ޙަމަލާއެއް ދޭން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ "ކުށް" ވާހަކަތަކެކެވެ. އެފަދަ ނުބައި ނިޔަތެއް ނެތްކަމަށް ޕޫޓިން ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ރޫސީ ފައުޖުތައް ސަރަޙައްދީ ރޮނގާ ކައިރިއަށް ގޮސް އެތިބީ ދިފާޢީ ފިޔަވަޅެއްގެ ގޮތުންނެވެ. އެ ސަރަޙައްދު ނުތަނަވަސްވަމުންދާ ދިޔުމުގެ ޒިންމާ މޮސްކޯގެ ބޮލުގައި އެކަނި ނޭޅުވޭނެކަމަށް ރައީސް ޕޫޓިން ރައީސް ބައިޑްނަށް ދެންނެވިއެވެ. ހުޅަނގުގެ ޤައުމުތަކުން ޔުކްރޭނަށް ދެމުން ގެންދާ ޢަސްކަރީ އެހީތަކާމެދު މޮސްކޯ ކަންބޮޑުވާކަން އޭނާ ހާމަކުރެއްވިއެވެ.

ޔުކްރޭނަކީ ސޮވިއެޓް ޔުނިއަންގެ ޒަމާނުގައި ސޮވިއެޓް ޔުނިއަންގެ ބައެކެވެ. ސޮވިއެޓް ޔުނިއަން އުވުމާވިދިން ޔުކްރޭން ގުޅުން ބަދަހި ކުރަން ފެށީ ހުޅަނގާއެކުގައެވެ.

ރަޝިޔާއިން ގަރަންޓީ ބޭނުން

ޔުކްރޭނުގެ ބިމުގައި ނޭޓޯއިން އެ ޖަމާޢަތުގެ ޙަރަކާތްތައް ތަރައްޤީ ކުރަމުންދާތީ އެކަމާދެކޮޅަށް ރަޝިޔާއިން ފާޑުކިޔައެވެ. މިހެންވެ ކްރެމްލިން ބުންޏެވެ. "ނޭޓޯ އިރުމަތީ ފަރާތަށް ފުޅައު ކުރަމުން ނުދާނެކަމުގެ ސާބިތު ޤާނޫނީ ޖާމިނުވުމެއް ރަޝިޔާއިން ބޭނުންވެއެވެ. އަދި ރަޝިޔާގެ އަވަށްޓެރި ޤައުމުތަކުގައި ޙަމަލާދޭ ހަތިޔާރުތައް ނޭޓޯއިން ނުބެހެއްޓުމަށް ވެސް ރަޝިޔާއިން އެދުނެވެ."

ކްރެމްލިން ބުނިގޮތުގައި ރައީސް ޕޫޓިން ރަޝިޔާގެ އަވަށްޓެރި ޤައުމުތަކުގައި ނޭޓޯގެ ހަނގުރާމަވެރި ހަތިޔާރުތައް ނުބަހައްޓާނެކަމުގެ ޖާމިނުވުން ވޮޝިންގްޓަނުން ދޭން ޖެހޭނެކަމަށް ވިދާޅުވިއެވެ. ދާދިވަރުކޮށް ބޭއްވުނު މި ސަމިޓް ފެށުނީ ދެ ރައީސުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވެދުން ސަލާން ބަދަލުކުރުމުގެ ތެރެއިންނެވެ.

އެމެރިކާއާއި ރަޝިޔާއާ ދެމެދުގައި ޙައްލުކުރަން ކުރަން ޖެހިފައި ހުރި މަސްއަލަތަކާމެދު ވާހަކަ ދެއްކުމަށް ޓަކައި އެ ދެ ޤައުމުގެ ސީދާ ސަމިޓެއް ބޭއްވުމަށް އެދޭ ކަމަށް އެ ދެ ޤައުމުން ބުންޏެވެ.
މި ސަމިޓަށްފަހު ޔުކްރޭން ސަރުކާރުން އެމެރިކާއަށް ވަރަށް ޝުކުރު އަދާކުރިއެވެ. އެއީ މި ސަމިޓްގައި ސާފު ޞަރީޙަ ބަހުން ރައީސް ބައިޑްން ކިޔީފަށް ތާއީދު ކުރައްވައިފައިވާތީއެވެ.

އެމެރިކާއިން ވަނީ ޔުކްރޭނުގެ ޢަސްކަރިއްޔާގެ ބާރުގަދަ ކުރުމަށް ޓަކައި 300 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް