Support Us

ޢިރާޤުގެ ބޮޑުވަޒީރު އަވަހާރަކޮށްލަން ދިން ނާކާމިޔާބު ޙަމަލައާ ވިދިގެން ޢިރާޤު ސަލާމަތީ ކުއްލި ޙާލަތަށް

ޢިރާޤުގެ ބޮޑުވަޒީރު މުޞްޠަފަލް ކާޡިމީ އަވަހާރަކޮށްލެވޭތޯ މިއަދު ދިން ޑްރޯން ޙަމަލާއާ ވިދިގެން އޭނާ ޢިރާޤުގެ ޤައުމީ ސަލާމަތާ ބެހޭ ކެބިނެޓްގެ ބައްދަލުވުމެއް ބާއްވަވައިފިއެވެ. މި ބައްދަލުވުމުން ސިފަކުރިގޮތުގައި މި ނުރައްކާތެރި ޙަމަލާއަކީ ޢިރާޤުގެ ދައުލަތަށް ދިން ޙަމަލާއެކެވެ.

މި ޙަމަލާގައި ބައިވެރިވި ފަރާތްތައް ހޯދައި އެ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ކެބިނެޓުން ބުންޏެވެ. މި ކަމާ ވިދިގެން ބަޣްދާދުގެ ފެހި ސަރަޙައްދުގައި މިހާރު ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކުރެވިފައެވެ.

ޢިރާޤުގެ ކެބިނެޓުން ނެރުނު ބަޔާން ބުނާގޮތުގައި މި ހަރުކަށި ނިރުބަވެރި ޙަމަލާދިން ފަރާތްތަކަކީ މުޖްރިމުންނެވެ. ކާޡިމީ އަވަހާރަކޮށްލުމަށް މިއަދު ހެދުނު ދެވުނު ޙަމަލާ ދީފައިވަނީ އޭނާ ގޭގައި އުޅުއްވަނިކޮށް ވައިގެ ޑްރޯންތަކަކުންނެވެ.

ކާޡިމީ އަވަހާރަކޮށްލުމަށް ދިން ޙަމަލާގައި ތިން ޑްރޯނެއް ބައިވެރިވިއެވެ. އޭގެތެރެއިން ދޭތި ވަނީ އަމާޒަށް ވާޞިލުވުމުގެ ކުރީން ވައްޓައިލައިފައެވެ. މި ޙަމަލާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. އެހެނަސް އޭނާގެ ގެކޮޅަށް ވަރަށް ބޮޑެތި މާއްދީ ގެއްލުންތަކެއްލިބުނެވެ. މި ޙަމަލާއަށްފަހު ކާޡިމީ ޓީޥި މެދުވެރިކުރައްވައި ބަޔާނެއް ދެއްވިއެވެ. މި ބަޔާނުގައި ޢާންމު ރައްޔިތުން ހަމަހިމޭނުން ތިބުމަށް ގޮވައިލެއްވިއެވެ. ކާޡިމީ މި ބަޔާނުގައި "ޢިރާޤު ބިނާކުރުމަށާއި ޢިރާޤުގެ ކުރިމަގަށް ޓަކައި ބިނާކުރަނިވި އަދި އަމާޒުވެރި ވާހަކަދެއްކުންތަކެއް ބޭއްވުމަށް ގޮވައި ލެއްވިއެވެ. އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ފިނޑި މިސައިލުންނާއި ޑްރޯނުން ވަޠަނެއް ވެސް އަދި ކުރިމަގެއް ވެސް ބިނާއެއް ނުކުރެވޭނެއެވެ."

ޢިރާޤުގެ ރައީސް ބުރްހަމު ޞާލިޙު މި ޙަމަލާ ކުށްވެރިކުރައްވާ ސިފަކުރެއްވި ގޮތުގައި މިއީ ވަރާށް ފިޑި ނިރުބަވެރި ޙަމަލާއެކެވެ.
ޢިރާޤުގެ ޝީޢީ ޖަމާޢާތެއްކަމުގައި ޞަދްރު ޖަމާޢަތުން މި ޙަމަލާ ކުށްވެރި ކުރިއެވެ. މި ޕާޓީގެ ޒަޢީމު މުޤްތަދާ ޞަދްރު ސިފަކުރެއްވި ގޮތުގައި މިއީ ފިޑި ޢަމަލެކެވެ. ނިރުބަވެރި މި ޙަމަލާގެ ބޭނުމަކީ ނިރުބަވެރީން ޢިރާޤުގެ ވެރިކަމަށް އަތްގަދަކުރުމެވެ.

ޢިރާޤުގެ ހުރިހާ ސިޔާސީ ޕާޓިތަކަކުން މި ޢަމަލު ކުށްވެރިކޮށް ބަޔާންތައް ނެރުނެވެ. ހަމައެފަދައިން ބޭރުން ވެސް މި ޙަމަލާ ކުށްވެރި ކުރިއެވެ. އެމެރިކާއިން މި ޙަމަލާ ކުށްވެރި ކުރި ގޮތަށް އީރާނުން ވެސް މި ޙަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރިއެވެ. ތުރްކީންނާއި މިޞްރުންނާއި ސުޢޫދީ ޢަރަބިއްޔާއިންނާއި ޤަޠަރުންނާއި ކުވައިތުން ވެސް މި ހަމަލާ ކުށްވެރިކުރިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް