Support Us

ފަރަންސޭސިވިލާތުގެ ކަނާތު ފިޔައިގެ ފިއްތުންތަކާ ހެދި ބުރުގާ އެޅުމަށް ތާއީދު ކުރާ ޙަމަލާ ޔޫރަޕްގެ މަޖިލީހުން ކެންސަލްކޮށްފި

ޔޫރަޕްގެ މަޖިލީހުން ފަށަން ނިންމާފައިވާ އަންހެނުންނަށް ބުރުގާ އެޅުމުގެ މިނިވަންކަން ދިނުމަށް ތާއީދު ކުރާ ޙަމަލާއެއް ކެންސަލް ކުރަން އެ މަޖިލީހަށް މަޖުބޫރުވެއްޖެއެވެ.

ޔޫރަޕްގެ މަޖިލީހަކީ އިންސާނީ ޙައްޤުތަކަށާއި ޑިމޮކްރަސީއަށާއި ޤާނޫނުގެ ދައުލަތް ޤާއިމު ކުރުމަށް މަސައްކަތް ކުރާ ޔޫރަޕްގެ އެންމެ ދުވަސްވީ ޖަމްޢިއްޔާއެވެ. މި މަޖިލީހުގެ ޙަރަކާތްތަކަކީ ޔޫރަޕްގެ އިއްތިޙާދުން ބޭރުގައި ހިންގޭ ޙަރަކާތްތަކެކެވެ. އެހެން ނަމަވެސް މި މަޖިލީހަށް ޔޫރަޕްގެ އިއްތިޙާދުން އެހީއާއި މަދަދު ލިބެއެވެ. މި މަޖިލީހުގެ މައިމަރްކަޒު ހުންނަނީ ސްޓްރޮސްބަރގްގައެވެ.

މި މަޖިލީހުން ބުރުގާއަށް ތާއީދު ކުރާ ޙަމަލާތައް ފަށާފައިވަނީ މި ދިޔަ ހަފުތާގައި އިންޓަރނެޓް މެދުވެރިކޮށެވެ. މި ޙަމަލާ ފެށުމާއެކު ފަރަންސޭސިވިލާތުގެ ކަނާތު ފިޔައިގެ ޕާޓީތަކާއި ޖަމާޢަތްތަކުން މި ޙަމަލާއާ ދެކޮޅު ހަދާން ފެށިއެވެ. އަދި ޔޫރަޕްގެ މަޖިލީހަށް ފަރަންސޭސި ވިލާތުން ދެމުންދާ އެހީތައް ކަނޑައިލަން ރައީސް މެކަރޯނަށް ގޮވައިލިއެވެ.

ފަރަންސޭސި ޙަމަލާ

ފަރަންސޭސިވިލާތުގެ ކަނާތު ފިޔައިން އިދިކޮޅު ޙަމަލާތައް ފަށަންދެން ޔޫރަޕްގެ މަޖިލީހުގެ ޙަމަލާ ވަރަށް ސަދާކަމާއެކު ކުރިއަށް ދިޔައެވެ.
ފަރަންސޭސިވިލާތުގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ކަނާތު ފިޔައިގެ ޒަޢީމު އެރިކް ޒެމޫރު އިސްލާންދީނަށް ޙަމަލާ ދެއްވައި ވިދާޅުވިއެވެ. "އިސްލާންދީނަކީ މިނިވަންކަމުގެ ޢަދުއްވެކެވެ. މި ޙަމަލާއަކީ ޙަޤީޤަތުގެ ޢަދުއްވެކެވެ." ލަފާކުރެވޭގޮތުގައި މެކަރޯނާ ދެވަނަ ބުރުގައި ވާދަކުރައްވާނީ ޒެމޫރެވެ.

މެކަރޯނާ 2017ވނަ އަހަރު ވާދަކުރެއްވި ކަނާތު ފިޔައިގެ ޒަޢީމާ މެރީން ލޮ ޕޭން މި ޙަމަލާއާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އިސްލާމީ ބުރުގާއަށް ތާއީދުކުރަން މި ބާއްވާ ޔޫރަޕްގެ ޙަމަލާއަކީ ބޮޑު ފަޟީޙަތެކެވެ. އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. މި ކަމުން މިނިވަން ވެވޭތޯ އެތައް މިލިއަން އަންހެނުންނެއް މިއަދު އެބަ ހަނގުރާމަ ކުރެއެވެ."

ފަރަންސޭސިވިލާތުގެ ޒުވާނުންނާ ބެހޭ ދައުލަތުގެ ވަޒީރާ ސާރާ އަލްހައިރީ ސިފަކުރެއްވި ގޮތުގައި މަޖިލީހުގެ ޙަމަލާގެ ސަބަބުން ބޮޑެތި ސިހުންތަކެއް ލިބިއްޖެއެވެ. އެލްސީއައި ޓީވީއަށް އޭނާ ދެއްވި ބަޔާނެއް ބުނާގޮތުގައި ބުރުގާއެޅުމަށް ތާއީދު ކުރުމަކީ ފަރަންސޭސިވިލާތުގެ އަގުތަކާ ތަޢާރުޟުވާ ކަމެކެވެ. މި ވަޒީރާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަހުރެމެން މި ކަން ކުށްވެރިކުރަމުއެވެ. ފަރަންސޭސި ވިލާތުން ޔޫރަޕްގެ މަޖިލީހަށް މިހާރު ވާނީ މި ޙަމަލާ ހުއްޓައިލުމަށް ގޮވައިލައިފައެވެ."

ފިއްތުންތަކަށް ބޯ ލެނބުން

ފަރަންސޭސިވިލާތުން މި ޙަމަލާއާ ދެކޮޅަށް އަޑުތައް އުފުލުމުން ޔޫރަޕްގެ މަޖިލީހުން ބުންޏެވެ. "މި ޙަމަލާއާ ބެހޭ ޓްވީޓްތައް މިހާރު ވާނީ ނެޓުން ނަގައިފައެވެ. މި ޙަމަލާ ކުރިއަށް ގެންދާނެ އެހެން ގޮތަކާމެދު މަޖިލީހުން ވިސްނާނެއެވެ."

މަޖިލީހުގެ ތަރްޖަމާނު ބީބީސީއަށް ވިދާޅުވިގޮތުގައި ޓްވީޓްތަކަކީ ނަފްރަތްތެރިކަމާ ދެކޮޅު ހަދާ ޙަމަލާއާ ގުޅިފައިވާ ޢިބާރާތްތަކެކެވެ. މި ޙަމަލާ ރާވާފައިވަނީ ނަސްލީ އިމްތިޔާޒާއި ހިޖްރަކޮށްފައިވާ މީހުން މުޖްތަމަޢުގެތެރެއަށް އަހްލުވެރިކުރުވުމާ ދެކޮޅު ހަދާ ޢަމަލުތައް ހުއްޓުވުމަށް ގޮވައިލާ ޙަމަލާއެއްގެ ތެރެއިންނެވެ.

މަޖިލީހުގެ ތަރްޖަމާނު ވިދާޅުވިގޮތުގައި މި ޙަމަލާގައި ބޭނުން ކުރެވިފައިވާ ޢިބާރާތްތަކަކީ ބުރުގާ އެޅުމުގެ މިނިވަންކަމާ ބެހޭގޮތުން ބޭއްވުނު ދެ މަސައްކަތު ބައްދަލުވުމެއްގެ ބައިވެރީން ފާޅުކޮށްފައިވާ ޝުޢޫރުތަކުން ނަގާގައިވާ ޢިބާރާތްތަކެކެވެ.

ތަރްޖަމާނު ވިދާޅުވި ގޮތުގައި މިއީ މަޖިލީހުގެ ސިޔާސަތު ރިވެލިކޮށްދޭ މެސެޖްތަކެއްނޫނެވެ. އަދި އެއީ މަޖިލީހުގެ އަމީން ޢާންމު މާރިޔާ ބިޗްނޮވިޗް ބޮރިޗްގެ ރައުޔެއް ވެސް ނޫނެވެ.

މި ޙަމަލާގައި ބައވެރިވާ މީހުންގެ ތެރެއިން އިސް މީހަކު ބުންޏެވެ. "ފަރަންސޭސިވިލާތުގައި އަޣުލަބިއްޔަތު ނެތި އުޅޭ ޒުވާނުންގެ މި މަސައްކަތަށް ޤައުމުގެ ސިޔާސީ ބޭފުޅުން ޙަމަލާތައް ދެއްވަމުން ގެންދެވުމަކީ ވަރަށް ހިތާމަ ހުރި ކަމެކެވެ. މިއިން އެނގެނީ މުސްލިމު އަންހެނުންގެ ޙައްޤުތައް ނެތް ކަމެވެ. މިނިވަންކަމާއި ހަމަހަމަކަމަށް ގޮވައިލާ މީހުން ޙަޤީޤަތުގައި މިނިވަންކަމެއް ނުދަނެއެވެ."

ފަރަންސޭސިވިލާތުގައި ފަސް މިލިއަން މުސްލިމުން ދިރިއުޅެއެވެ. ޢާންމު ތަންތާނގައި ބުރުގާ އެޅުން މަނާކުރި ޔޫރަޕްގެ އެންމެ ފުރަތަމަ ޤައުމަކީ ފަރަންސޭސިވިލާތެވެ. އެ ޤައުމުގައި 2011ގައި މި ކަން ވަނީ ޤާނޫނުން މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މިލިޔުން ފަހުމެއް ނުވޭ. ޅިޔުންތެރިޔާ އިތުރަށް ބަހަށް ތާޒާވެލަން ބޭނުންވޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް