Support Us

ޗައިނާއާ ކުރިމަތިލުމަށް ޓަކައި ސީއައިއޭ އިން ވުނަކުރުމުގެ ފަންޑެއް އުފައްދައިފި

ޗައިނާއާ އެމެރިކާއާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ މައިދާނަށް ވަނުމަށް ޓަކައި އެމެރިކާގެ ޖާސޫސީ އިދާރާއިން (ސީ.އައި.އޭ އިން) ވުނަކުރުމުގެ ބޮޑު ފަންޑެއް އުފައްދައިފި ކަމަށް ފަރަންސޭސި ވިލާތުގެ ލެޒް ކޯ ދުވަހު ނޫހުން ބުނެފިއެވެ. ބޭޖިންގާ ކުރިމަތިލުމަށް ޓަކައި މި ފަންޑު މަސައްކަތް ކުރާނީ ޔޫރަޕްގެ ބޮޑެތި ކުންފުނިތަކުގެ އަޑީގައި އޮވެގެން ވަންހަނާކޮށް ކަމަށް މި ނޫސް ބުންޏެވެ.

މި ސިއްރު އައު ފަންޑުގެ ނަމަކީ (In-Q-Tel) އެވެ. މި ފަންޑު ވާނީ ސީއައިއޭގެ މާލީ ދިގު އަތަށެވެ. މި ފަންޑުން ވަނީ ފަރަންސޭސިވިލާތުގެ ޕްރޮފެސީ ކުންފުނިން ގިނަ ޙިއްޞާތަކެއް ގަނެފައެވެ. ފްރާންސް ޕްރެސް ނޫސް އޭޖެންސީ ހުކުރު ދުވަހު ބުނިގޮތުގައި އެމެރިކާ ސަރަޙައްދުން ބޭރުގައި ޗައިނާއާ ކުރިމަތިލުމަށް ޓަކައި ހިންގޭ ޙަރަކާތްތަކުގައި މި ކުންފުނިން ބޮޑު ބައެއް ކުޅޭނެއެވެ.

މި ނޫސް ބުނާގޮތުގައި އެމެރިކާގެ ޖާސޫސީ އިދާރާގެ އެހީގައި ޕްރޮފެސީ ކުންފުނި ދަނީ އާރާސްތުވަމުންނެވެ. މި ކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި އާދައިގެ ކެމެރާއަށް ފޮޓޯ ނުނެގޭފަދަ ކުދިކުދި އެއްޗެހި ފޮޓޯނެގުމަށާއި ވީޑިއޯ ކުރުމަށް ބޭނުންވާ މި ޒަމާނުގެ ފަންނިއްޔާތުގެ އާލަތްތައް އުފެއްދުން ވެއެވެ.

މުދާ އޮއްސުން

ސީއައިއޭގެ މި ފަންޑުން ފަރަންސޭސިވިލާތުގެ ޕްރޮފެސީ ކުންފުންޏަށް ފަންޑު ކުރަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. މި ކުންފުނި އުފެއްދުނީ 2014 ގައެވެ. މި ކުންފުނިން ދަނީ  ޗައިނާގެ ވާވޭ ކުންފުންޏާއި ޖަޕާނުގެ ސޮނީ ކުންފުނި ފަދަ ފަންނިއްޔާތުގެ މައިދާނުގައި ކުރިއަރާފައިވާ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ ގުޅިގެން ވިސްނުންތޫނު އާލަތްތައް އުފައްދަމުންނެވެ.

މި ކަމާ ބެހޭގޮތުން އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި މިއީ (In-Q-Tel) ފަންޑުން ވަންހަނާ ގޮތަކަށް ފައިސާ ވުނަކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މި ފަންޑުގެ އެގްޒަކަޓިވް ޑިރެކްޓަރު ކްރިސް ޑަރބީ ވިދާޅުވާ ގޮތުގައި 2001 ވަނަ އަހަރުން ފެށިގެން އެ ފަންޑުން 310 ވުނަކުރުމުގެ މަޝްރޫޢު ވަނީ ފަށައިފައެވެ. މީގެތެރެއިން 100 މަޝްރޫޢެއްގެ ވާހަކަ އެއްގޮތަކަށް ނުދެކެވެއެވެ.

އެމެރިކާގެ ޖާސޫސީ މި ފަންޑުން އިނގިރޭސިވިލާތާއި ސްޕޭނާއި ފިންލޭންޑާއި ޖަރްމަނު ފަދަ ޔޫރަޕްގެ ބައެއް ޤައުމުތަކުގައި ވުނަކުރުމުގެ މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ. އެހެންކަމުން މި ފަންޑުގެ ޖާސޫސީ މަސައްކަތްތަކަކީ ހަމައެކަނި ފަރަންސޭސިވިލާތުގައި އޮތް ކަމެއްނޫނެވެ.

ޗައިނާއާ ކުރިމަތިލުމަށް އައު ޖަމާޢަތެއް

މި މަހު 7 ގައި ސީއައިއޭ އިން ބުނިގޮތުގައި ޗައިނާއާ ކުރިމަތިލުމަށް އައު ގްރޫޕެއް ވަނީ އެކުލަވައިލެވިފައެވެ. މި ގްރޫޕްގެ މަސައްކަތަކަށް ވާނީ ޗައިނާގެ ސަބަބުން އެމެރިކާގެ ޤައުމީ ސަލާމަތަށް ލިބިދާނެ ގެއްލުންތައް ދިރާސާކޮށް މި ކަންކަމާ ކުރިމަތިލާނެ ވަސީލަތްތައް ތައްޔާރުކުރުމެވެ. ސީއައިއޭ ބުނާގޮތުގައި އެމެރިކާއާ ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ބިރަކީ މިއަދު ޗައިނާއެވެ.

ސީއައިއޭ ބުނާގޮތުގައި މި މަސައްކަތް ކުރުމަށް ޓަކައި ޗައިނާ ބަހުން ވާހަކަދައްކާ ޓީމެއް ޢަސްކަރީކުރެވޭނެއެވެ. އަދި މި މަސައްކަތް ކުރުމަށް ޓަކައި ޚާއްޞަ މަރްކަޒެއް ޤާއިމު ކުރެވޭނެއެވެ. މި މަރްކަޒުން ފަންނިއްޔާތަށާއި މޫސުމަށް އަންނަމުންދާ ބަދަލުތަކަށާއި ދުނިޔޭގެ ޞިއްޙަތުފަދަ ބައިނަލް އަޤްވާމީ މަސްއަލަތަކަށް އިސްކަންދޭނެއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ ވިލިއަމް ބަރންސް ވިދާޅުވާގޮތުގައި އެމެރިކާއަށް އޮތް ހިރާހުގެ އެންމެ ބޮޑު މަސްދަރަކީ ޗައިނާ ސަރުކާރެވެ. ޗައިނާގެ ރައްޔިތުންނެއް ނޫނެވެ. އޭނާ ވިދާޅުވިގޮތުގައި މި ފަންޑުގެ އަމާޒަކީ މި އޭޖެންސީން ޗައިނާއާ ބެހޭގޮތުން އަޅައި ފިޔަވަޅުތައް އެކަތިގަނޑަކަށް ހަދައި ވަރުގަދަ ކުރުމެވެ. އޭނާ ވިދާޅުވިގޮތުގައި މި ސައްތައިގައި އެމެރިކާއާ ކުރިމަތިލާން ޖެހިފައިވާ ޖިޔޯސިޔާސީ އެންމެ ބޮޑު ބިރަކީ "ހަތުރުވެރި ޗައިނާ ސަރުކާރު" އެވެ.

ޗައިނާއަކީ އެމެރިކާގެ  ޖާސޫސީ މުޖްތަމަޢާ ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް އެމެރިކާގެ ތަފާތު މަސްއޫލުވެރީން ދަނީ ވިދާޅުވަމުންނެވެ.އެމެރިކާއިން މަސައްކަތް ކުރަނީ ޗައިނާގެ ޒަޢާމަތާ އެ  ޤައުމުގެ ޢަސްކަރިއްޔަތު އެކަހެރި ކުރެވޭތޯއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް