Support Us

އެމެރިކާގެ އިންޒާރާއެކުގައި ވެސް އުތުރު ކޮރެއާއިން ތަޖްރިބާތައް ކުރިއަށް ގެންދަނީ

އެމެރިކާއިން އުތުރު ކޮރެއާއަށް އިންޒާރުތައް ދެމުން ދަނިކޮށް މަތިންދާބޯޓާ އިދިކޮޅު އައު މިސައިލެއް އިއްޔެ އަނެއްކާ ވެސް ތަޖްރިބާކޮށްފިއެވެ. އުތުރު ކޮރެއާ ބުނާގޮތުގައި މި ތަޖްރިބާތަކުގެ ބޭނުމަކީ އެ ޤައުމުގެ މިސައިލްތަކުގެ ހަނގުރާމަ ކުރުމުގެ ބާރު ވަރުގަދަކޮށް ތަރައްޤީ ކުރުމެވެ. މި ތަޖްރިބާތަކުގެ ތެރޭގައި ރާޑަރާއި މިސައިލް އަރުވާ ހަރުތަކާއި ކޮމާންޑިންގް މަރްކަޒުގެ ސާމާނުތައް ހިމެނެއެވެ.

އުތުރު ކޮރެއާގެ ކަމާބެހޭ ޢިލްމީ މަރްކަޒުން ބުނާގޮތުގައި ހަނގުރާމަމަތީ މަތިންދާބޯޓުތަކާ އިދިކޮޅު  ބޮލިސްޓިކް މިސައިލް ނިޒާމު ތަރައްޤީ ކުރުމާ ބެހޭ ދިރާސާތައް ކުރިއަށް ގެންދިޔުން ވެސް މި ތަޖްރިބާތަކުގެތެރޭގައި ހިމެނުނެވެ. މި އޭޖެންސީން ހާމަކުރިގޮތުގައި ހަނގުރާމަމަތީ މިސައިލްތަކުގައި އައު ފަންނިއްޔާތުތައް ބޭނުންކުރެވުނެވެ.

މި ތަޖްރިބާތައް ބައްލަވައިލައްވަން އުތުރު ކޮރެއާގެ ޒަޢީމު ކިމްޖޮންގ އުންގް ވަޑައިނުގަންނަވާކަން ފާހަގަ ކުރެވެއެވެ. މި ތަޖްރިބާތައް ބޭއްވުނީ ކޮން ތަނެއްގައިކަން ހާމަކޮށްފައެއް ނުވެއެވެ.

މިއީ ހަފުތާއެއްހާ ދުވަހުގެތެރޭގައި އުތުރު ކޮރެއާއިން ބޭއްވި މިފަދަ ދެވަނަ ތަޖްރިބާއެވެ. މި ދިޔަ އަންގާރަ ދުވަހު އުތުރު ކޮރެއާއިން ވަނީ އަޑަށްވުރެ ބާރަށް ދަތުރު ކުރާ މިސައިލެއް ތަޖްރިބާ ކޮށްފައެވެ. މީގެ ދެތިން ހަފުތާކުރިން އުތުރު ކޮރެއާއިން ވަނީ ނިޔުކްލިއަރ ބާރު ލިބިގެންވާ ކްރޫޒް މިސައިލާއި ބޮލިސްޓިކް މިސައިލްތަކެއް ތަޖްރިބާކޮށް އަޖުމަ ބަލައިފައެވެ.

މި ދިޔަ އަންގާރަދުވަހުގެ ތަޖްރިބާއަށްފަހު ޕިއޮންގް ޔޮންގް ބުނިގޮތުގައި އެ ޤައުމުން އަންގާރަ ދުވަހު އަޑަށްވުރެ މާ ބާރަށް ދަތުރު ކުރާ މިސައިލެއް ތަޖްރިބާ ކުރެވުނެވެ. ސައެންސީން ވިދާޅުވާގޮތުގައި އުތުރު ކޮރެއާއިން އަޖުމަބެލި މިސައިލަކީ އަޑަށްވުރެ ފަސް ދުވެލި ބާރު މިސައިލެކެވެ. މި ޚަބަރު ތެދު ޚަބަރަކަށް ވެއްޖެނަމަ މި ކަމުގެ ސަބަބުން ބާރުގެ ދުނިޔޭގެ މާދަލާތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

އުތުރު ކޮރެއާގެ މި ތަޖްރިބާތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން ވިދާޅުވިއެވެ. "އުތުރު ކޮރެއާއިން ކުރަމުންދާ ތަޖްރިބާތަކުގެ ސަބަބުން އެ ސަރަޙައްދުގެ އަމްނަށާއި ހަމަޖެހުމަށް ލޮޅުންތަކެއް އަރައިފިއެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެން އެކަމާމެދު ވަރަށް ކަންބޮޑުވަމެވެ. މިއީ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ޚިލާފު ކަމެކެވެ."

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް

އުތުރު ކޮރެއާގެ މަސްއަލައާ ބެހޭގޮތުން މިރޭ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވޭނެއެވެ. މި ބައްދަލުވުން މި ބޭއްވެނީ އެމެރިކާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން އެދިގެންނެވެ. ސަލާމަތީ މަޖިލީހުން ނެރެފައިވާ ޤަރާރުތައް ބުނާގޮތުގައި ބޮލިސްޓިކް މިސައިލާއި ނިޔުކްލިއަރ ހަތިޔާރު އުފެއްދުމަކީ އުތުރު ކޮރެއާއަށް މަނާ ކަމެކެވެ. އުތުރު ކޮރެއާއިން މި ޤަރާރުތަކަށް އަޅައެއް ނުލައެވެ.

އެމެރިކާގެ އެދުމުގެ މަތިން 2017ގައި ސަލާމަތީ މަޖިލީހުން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް އިޤްތިޞާދީ ފިޔަވަޅުތައް އަޅައިފައެވެ. އުތުރު ކޮރެއާ ބުނާގޮތުގައި އެމެރިކާއިން ދީފާނެ ޙަމަލާއަކަށް ޓަކައި އެ ޤައުމަށް ނިޔުކްލިއަރ ހަތިޔާރު ބޭނުން ވެއެވެ. އެމެރިކާގެ ބައިވެރިއެއް ކަމުގައިވާ ދެކުނު ކޮރެއާ ޙިމާޔަތް ކުރާށޭ ކިޔާފައި އެމެރިކާއިން ދެކުނު ކޮރެއާގައި 28،500 ސިފައިން މަރްކަޒުކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް