Support Us

ކާބުލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ޗައިނާއިން ގޮވާލައިފި

ސަލާމަތީ މަޖިލީހުގެ ދާއިމީ ހުރިހާ މެންބަރުން ވެސް އަފްޣާނިސްތާނަށް ހަމަޖެހުން އައުމަށް އެދޭ ކަމަށް އދގެ އަމީން ޢާއްމު ގުޓަރެޝް ވަނީ  ވިދާޅުވެފައެވެ. އަފްޣާނިސްތާނަކީ ނިރުބަވެރީންނަށް ފިލަން ދެވޭ ތަނަކަށް ހަދައިގެން ނުވާނެ ކަމަށާއި އަންހެނުންގެ ޙައްޤުތަކަށް އިޙްތިރާމު ކުރާ ތަނަކަށް ވާން ޖެހޭނެ ކަމަށް މި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ޗައިނާގެ ގޮވައިލުން

އަނެއްކޮޅުން ބަލާއިރު 20 ޤައުމުގެ ޖަމާޢަތުގެ ޚާރިޖީ ވަޒީރުން ދާދިވަރުކޮށް އިއްޔެ ބޭއްވެވި ބައްދަލުވުމުގައި، އަފްޣާނިސްތާނާ ދެކޮޅަށް އެކަހެރިކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވީހާ އަވަހަކަށް އުވާލުމަށް ގޮވައިލެއްވިއެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. "އަފްޣާނިސްތާނުގެ ބޭރު ފައިސާގެ ރިޒަރވަކީ އެ ޤައުމުގެ ރައްޔިތުންގެ ވަޠަނީ އުޞޫލުތަކެކެވެ. މި އުޞޫލުތައް ބޭނުންކުރަން ވާނީ އެ ޤައުމުގެ ރައްޔިތުންނެވެ. ސިޔާސީގޮތުން ފިއްތުމަށް ޓަކައި ބޭނުން ކުރެވޭ ގަނޑަކަށް މި އުޞޫލުތައް ހަދައިގެން ނުވާނެއެވެ.

ޝަންހައި މުޢާހަދާގެ ޤައުމުތައް ކަންބޮޑުވޭ

އަނެއްކޮޅުން ބަލާއިރު ޝަންހައި މުޢާހަދާ ޖަމްޢިއްޔާގެ ޗީފް އޮފް ސްޓާފުން ބޭއްވެވި ބައްދަލުކުރެއްވުމެއްގައި އަފްޣާނިސްތާނުން އަތުވެދާނެ ކޮންމެ ނުރައްކަލަކާ ކުރިމަތިލުމަށްޓަކައި ޤަވާޢިދުން މަޝްވަރާތައް ބޭއްވުމަށާއި ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމުގައި އެއްބާރުލުމަށް އެއްބަސްވެ ވަޑައިގަންނަވައިފިއެވެ. މި ޖަމާޢަތުގެ ޢަސްކަރީ ތަމްރީނުތަކެއްގެ ހަވާސާމަތީގައި ބޭއްވުނު ބައްދަލުވުމުގައި ރޫސީ ސިފައިންގެ ޗީފް އޮފް ސްޓާފް ވެލަރީ ގެރަސީމޯފް ހާމަކުރެއްވި ގޮތުގައި މި ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކުން ދަނީ އަފްޣާނިސްތާނުގެ ޙާލަތު ދިރާސާ ކުރަމުންނެވެ. ކުރިމަތިވެދާނެ ނުރައްކަލަކާ ކުރިމަތިލުމަށް ޓަކައި ޢަސްކަރީ މައިދާނުގައި އެއްބާރު ލުމަށާއި ވިލެރެސްކުރުމަށް ހުރިހާ މެންބަރުން އެއްބަސްވިއެވެ.  މި ޖަމްޢިއްޔާގެ މެންބަރުން ޢަސްކަރީ ތަމްރީނުތައް ބާއްވަމުން ދަނީ ރަޝިޔާގެ އޮރެންބަރގްގައެވެ.

ޝަންހައި މުޢާހަދާގައި ހިމެނޭ ޤައުމުތަކަކީ ރަޝިއާއާއި ޗައިނާއާއި އިންޑިއާއާއި ޕާކިސްތާނާއި  އުޒްބަކިސްތާނާއި ކަޒަޚިސްތާނާއި ޠަޖިކިސްތާނާއި ގިރްގީޒިސްތާނާއި ބިލޯރޫސިޔާއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *